ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި މާލެއިން ލިބިލެއްވި ނަތީޖާއަށް ވުރެ ގިނަ ވޯޓު ދެވަނަ ބުރުން ލިބިވަޑައިގަންނަވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އެގޮތަށް ވިދާޅުވީ ރޭ "ދަރުބާރުގެ" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މާލެއިން ލިބުނީ ވަރަށް ހޫނު ތަރުޙީބެއް ލިބުނު ކަމަށެވެ. އަދި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް މާލެއިން އެންމެ ގިނަ ވޯޓު ހޯއްދެވީ ޑރ. މުއިއްޒު އެވެ. އެއީ 17،189 ވޯޓާއެކު 44.85 އިންސައްތަ ވޯޓެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 35.55 އިންސައްތަ ވޯޓެވެ.

"އަޅުގަނޑަށް ޔަގީންވާކަމަކީ އިރާދަ ކުރެއްވިއްޔާމު ހޮނިހިރު ދުވަހުގެ އިންތިހާބުގެ ދެވަނަ ބުރުގައި މި ނަތީޖާއަށް ވުރެ މާ މަތީ އިންސައްތައަކުން މާލޭގެ ރައްޔިތުން އަޅުގަނޑަށް ތާއިދު ދެއްވާނެކަމަށް. މި ތަނުންވެސް ފެންނަނީ އެ މަންޒަރު. މިއަދު ގަލޮޅު ކަންމަތިން ގަލޮޅުގެ ރައްޔިތުންވެސް ދެއްކެވީ އެ މަންޒަރު." މުއިއްޒު ވިދާޅުވި އެވެ.

ހަމަ އެހެންމެ ހުޅުމާލެއާއި ވިލިމާލެ، މާފަންނު މައްޗަން ގޮޅިންވެސް ފެންނަނީ އެ މަންޒަރު ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ހުރިހާ ފޮއްޓަކުންވެސް ފުރަތަމަ ބުރުގައި ފެނިގެން ދިޔައީ ވަރަށް ހޫނު ތަރުހީބެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ މި މަސައްކަތް ތިބޭފުޅުން ކުރައްވާ ގޮތުގައި ޖޯޝާއި ފޯރީގައި ކުރިއަށް ގެންގޮސް ހޮނިހިރު ދުވަހު ވަރަށް ހެނދުނާ ހުރިހާ ބޭފުޅުން ނުކުމެ ވަޑައިގެން ހުރިހާ ބޭފުޅުން މިއަށްވުރެ މާ މަތީ ނަތީޖާއެއް ނެރުމަށް ތި ކުރައްވާ މަސައްކަތުގައި ވޯޓު ދެއްވަވާ ވޯޓުން އިރާާދަ ކުރެއްވިއްޔާމު އަޅުގަނޑުމެންގެ މި ގައުމުގެ ކަންކަން ދިވެހީންގެ ރާއްޖެއަށް ގެންދިއުމަށްޓަކައި ނަތީޖާ ނެރެދެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވުން." މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ީއިންޝާﷲ ،

    11
    1
  2. ވޯޓުލުން

    މުއިޒަށް ވޯޓު ގިނަވުމަކީ މިސަރުކާރުގެ ހިން ގުމުގެ މައްސަލަ އެއް. މިސަރުކާރުގަ އެމެ ގިނަ ކަންކަން ފަހިކޮށް އަދި ކޮށްދިނީ އެކަމަކު ވޯޓު ލިބުނު ވަރު މަދު އަދި ލިބުނީ މިސަރުކާރުގަ ރައްޔަތުން ނަށް އެއްވެސް ކަމެއް ނުކޮށް ދޭ މީހަކަށް.މިކަމަށް އަހަރެން ދޭ ނަމަ ކީ "ބޮލަށް ޗިޕު ޖެހުން". އެއީ މިހުަނަށް ކަމެއް އޮތްގޮތް ނުން ގޮތެއް ވިޔަސް އަދި އޮތަ ގޮތެއް ވިޔަސް މޮޅަށް ވިސްނައިދިނުން. މިހާރު މީހުންގެ ބޮލުގަ ހުރީ ތަރައްގީއަކީ ކޮންމެ ވެރިޔަކު ވިޔަސް އަޔަސް ކުރާނެ ޔޭ. އެކަމަކު ދީނާ ގައުމިއްޔަތު މާމުހިންމު ކަން. މިއި ދެތެއްކަމެ ދޮގެން ކަމެއް އިނގޭ މިހަކު ނޫޅެ. މި ވިސަނުން ސަރުކާރުން ރައްޔަތުންނަށް ސާފު ކޮށް ނުދެވިއްޖެ ޔާ އަދިވެސް ވާނީ ބަލި. އެކަން ދެން ލާ ވޯޓުން އެގޭނެ. ސަރު ކާރު ނުން ފަޅި އަކަށް ލެވޭ ވޯޓަކީ ހުވަފެނަ ކަން ލެވޭވޯޓެއް އެއީ ޖެހިފަ ހުރި ޗިޕުގެ ،މޮޅުކަން . އިދިކޮލުން ބުނަނީ ކުރާނަމޭ. ސަރުކާރުން ހުރީކޮށްފަ.

    4
    6
    • ނުބައިމީހުން ގިނަވެއްޖެ

      މުޢިއްޒަށް ގިނަ ވޯޓު ލިބުމަކީ ދިވެހި ޤައުމުގައި ނުބައި މީހުނާއި ކަނޑުކޮހުން ގިނަވެއްޖެ ކަމުގެ ސާފު ހެއްކެކެވެ.

      4
      8
      • މާނަ

        މާނަޔަކީ ކިޔަވަނީވެސް އިސްލާމްދީނައްއުޅުންވެސް އެއީ ކަނޑުކޮސްކަމެކޭ ދޯ؟؟؟

  3. ފާތުމަތު މާލެ

    އިރާދަކުރެއްވިޔާ މުއިއްޒު އަށް ކާމިޔާބް ދެއްވާށި. އާމީން

    13
    2
  4. އަނދޭ

    ދެން ވެރިކަން ހިންގާނީ ސީދާ ޖަލުން އަންގާ ގޮތަށް.

    • ވަތުކިބަ

      އެހެނެއްނުވާނެ ބާލާނައް އިންޝާ ﷲ

  5. Anonymous

    ރައީސްމީހާގެ ޖަގަހައިން ގުޅާފައި ސުވާލުކުރަނީ އިބްރާހިން މުހަންމަދު ސޯލިހަށް ތާއީދުކުރަންތަ؟ އާނއެކޭ ބުނީމަ ދެން ކުރާ ސުވާލަކީ އިބްރާހިން މުހަންމަދު ސޯލިހަށް ވޯޓުލާނަންތަ؟ އާނއެކޭ ބުނީމަ ދެން ކުރާ ސުވާލަކީ އިބްރާހިން މުހަންމަދު ސޯލިހުގެ ސިޔާސަތު ރަނގަޅުތަ؟ އާނއެކޭ ބުނީމަ ދެން ކުރާ ސުވާލަކީ އިބްރާހިން މުހަންމަދު ސޯލިހު ނޫން އެހެން ގޮތެއް ނެތެއްނު؟ އާނއެކޭ ބުނީމާ ދެން ފޯނު ކަނޑާލާފަ އެހެން ނަންބަރަކުން ގުޅަނީ. ގުޅާފަ ބުނަނީ މިގުޅާލީ ޑރ. މުއިއްޒުގެ ޖަހައިންނޭ، ދެން އަހަނީ ޑރ. މުއިއްޒު އަށް ތާއީދުކުރަންތަ؟ އާނއެކޭ ބުނީމާ ބުނަނީ ފުލެޓު ލިސްޓުން ކަލޭގެ ނަން އުނިކޮށްލާނަމޭ، ދީފައި އޮތް ގޯތި އަތުލާނަމޭ، ވަޒީފާއިން ވެސް ވަކިކޮށްލާނަމޭ. މިމީހުން މިހެން މިކަން ކުރާކަން ރައީސްމީހާ އަށް ނޭނގޭހެން ހީވަނީ. މިމީހުން މިހެން މިކަން ކުރީމާ ރައީސްމީހާއަށް ވޯޓު ލާން ނިންމައިގެން ހުންނަ މީހާ ވެސް ރުޅިއައިސްގެން ޑރ. މުޢިއްޒަށް ސަޕޯޓުކުރަނީ.

    2
    1