ކުރީގެ އޮޑިޓަރ ޖެނެރަލް ނިޔާޒް އިބްރާހިމަށް މިހާރުގެ ސަރުކާރު ކުރާ ވައްކަން ނުފެންނަނީތޯ ނޫސްވެރިޔަކު މަގުމަތިން ސުވާލު ކުރުމުން އޭނާ ވަރަށް ބޮޑަށް ކޯފާވެ އެއީ ޕީޕީއެމް އިން ކުރި ކަމެއް ކަމަށް ވިދާޅުވެއްޖެއެވެ.

މީޑިއާތަކެއްގައި މަސައްކަތްކުރާ ބައެއްގެ ފޮޓޯއަކާ އެކީ ނިޔާޒް ކުރި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއަދު ހެނދުނު އޭނާ ބެންކަށް ވަޑައިގަތް މަގުމަތީގައި ބަޔަކު އޭނާއާ ދިމާކޮށްފައިވާ ކަމަށެވެ. އަދި ފުރައްސާރަކޮށް އިންޒާރުދީ ބިރުދައްކާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ނިޔާޒު ވިދާޅުވެފައި ވަނީ އޭނައާ ދިމާކޮށް އިންޒާރު ދީފައި ވަނީ ޕީޕީއެމްގެ ވެރިކަން އިޔާދަވެއްޖެ ނަމަ ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާ ބެހޭ ގޮތުން ދެއްވި އިންޓަވިއުއަކާ ގުޅިގެން ކަމަށެވެ.

ނަމަވެސް "ދިޔަރެސް" ގެ ނޫސްވެރިޔާ އަހްމަދު އިބްރާހިމް އޭނާގެ ފޭސްބުކްގައި އާއްމުކޮށްފައިވާ ވީޑިއޯއަކުން އެނގޭ ގޮތުގައި އޭނާ ނިޔާޒް އާއި ސުވާލުކޮށްފައި ވަނީ މިހާރުގެ ސަރުކާރުން ހިންގަމުން ގެންދާ ވައްކަންތަކާއި ގުޅޭ ގޮތުން އޭނާ އެއްވެސް އެއްޗެއް ވިދާޅުނުވާތީ އެކަމާއި ގުޅޭ ގޮތުންނެވެ. އަދި ނިޔާޒަށް ކުއްލިއަކަށް ލިބުނު މުއްސަނދިކަމާއި، އެމުއްސަނދިކަން ލިބުނު ގޮތާއި ގުޅޭ ގޮތުން ސުވާލު ކޮށްފައި ވެއެވެ.

އެ ސުވާލުތައް އޭނާއަށް އަމާޒުކުރުމުން ނިޔާޒު ބުނެފައިވަނީ، "ކަލެއަށް ކީއް؟"، "މަގޭ ބޭނުން ވާހަކައެއް މަގޭ ދުލުން ދެއްކޭނެ" ކަމަށެވެ. ނިޔާޒަށް ލިބުނު ކުއްލި މުއްސަނދިކަމާއި ގުޅޭ ގޮތުން ކުރި ސުވާލުތަކަށް އޭނާ ޖަވާބުދީފައެއް ނުވެއެވެ.

މި މައްސަލަ ނިޔާޒު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ވޯޓް

    ތީގަނެތް އިންޒާރެއް ދީ ފުރައްސާރަ ކޮއްފަކަ

    52
    2
    • ާއާގުބޯޓް

      ނޫސްވެރިން ހާދަ ދަށުދަރޖައަކުން އިންޓަވިއު ތިކުރަން އުޅެނީ. ނޫސްވެރިޔާގެ އަޚުލާގު ފުރަތަމަ ދަސްކުރަންވީ. އޭގެ ފަހުގަ ނޫސްވެރިކަންކުރަންވީ. ހީވަނީ ސިޔާސީ އެކްޓިވިސްޓެއްހެން. ނިޔާޒްގެ ވާހަކަ ބަރާބަރު. ނޫސްވެރިޔާކަޑަވާނެ ކަމެއްނެތް

      4
      11
  2. ފަކުރީ

    ނިޔާޒު ބުނީ ކަލޭވެސް ނަގަންވީނޫން ހޭ. މާނައަކީ ނިޔާޒުވެސް ނަގަމޭ، އޭނާ އެއްބަސް ވީ.

    59
    1
  3. ޖަމަލު ފޮޑި

    މީނާ އަކީ މި ސަރުކާރުން ބައިއަޅާ ވަގެއް.....

    51
    1
  4. އެނގިއްޖެތަ

    ޔާމީން ކުރި ވައްކަންތައް އޭރު ފެނުނީ ނިޔާޒް އޭރުހުރި މަޤާމުގެ ސަބަބުން. އަދި އެކަންކަން ރައީސާ ހަމައަށް ގެންދިޔައީވެސް މަޤާމުގެ ހައިސިއްޔަތުން. މިއަދު ނިޔާޒަކީ އެފަދަ މަގާމެއްގައި ހުރި މީހަކަށް ނުވާތީވެ ބަޔަކު ދައްކާހާ ވާހަކައެއްގެ މައްޗަށް ނިޔާޒް ނުޖެހޭ ވާހަކަ ދައްކާކަށް.

    15
    52
    • މުންނި

      މި ބުރުގައި އިބޫއަށް ވޯޓު ނުލާނަން. މީނާވެސް އޭނާވެސް ވަގުންނަށް ބައި އަޅަނީ. ކޮން އޮޑިފަހަރެއް.
      ކުރިން އިބޫއަށް ވޯޓު ލިޔަސް ދެން ނުލާނަން

      14
      1
  5. ޢަލިފް

    ޥޯޓު4

    47
    1
  6. އައްޒާމު

    މިލެވެލަށް ކަކަން ދިޔާމަ ތަންކޮޅެއް ބޮޑުވަރު. މީސްމީހުންގެ އަބުރަށް އަރަމޖން ފާޅުގައި ފަހަތުން ޕަބްލިކްގަ އެދުވެ ނަގަނީ ނޫސްވެރިކަން ކުރާށޯ. ގޮތެއް ފޮތެއް ނެތަސް ފުކެއް ބޮޑުވަރު.

    11
    46
  7. މަޑުއްވަރި އައްޔަބޭ

    ނިޔާޒު އެކަނި އިނދެ ވިސްނާލަބަލަ ﷲ ބިރުވެތިވެބަލަ ، ތިޔަ ފައިސާ އަކީ ހަރާން އެއްޗެއްކަން ހުދު އަންހެނުންވެސް ސައްކު ކުރާނެ ، އަނބިކަނބަލުން ފާތުން ގެ ބަލި ހާލަތާ މެދު އެއްވެސް ވަރަކަށް ވިސްނާލިންތަ؟ ކޮވިޑްގެ ކުރީކޮޅު ވަރަށް ހާލުގައި ފާތުން އަމިއްލަ ރަށުގައި އެއްބަނޑު މީހެއް ގާތުގައި ދިރިއުޅުނީ ދަރިންކޮޅު ގޮވައިގެން އުޅުނީ ، ކުއްލިއަކަށް މުއްސަދިކަން އައީމަ އެންމެނަށް އެކަން އެނގޭނެ ކޮންމެސް ކަމެއް އެބަ އުޅޭކަން ،

    44
    2
  8. ނަނަނަ

    ފާޓިޕްލަސް އަކީ ސީދާ އެމްއެމްޕީއާރސީ ގެ ފައިސާ.. ރިޝްވަތު ފައިސާ.. އެއީ ތި ނިޔާޒަށް ބްރޯ ދިން ފައިސާ.. ކިތަންމެ ނޫން ކަމަށް ހެދުނަސް ހަގީގަތަކީ އެއީ.. އޭނަގެ މައްސަލަ އިބޫ ނުބެލީމަ ވައްވައް ޖަހަނީ..

    14
  9. ނަންނި

    މީ ނޫސްވެރިކަމެއް ނޫން. މުއިއްޒަށް ތާއިދުކުރާ ބަޔަކު މިހާ ދަށުދަރަޖާގެ ކަމެއް ހިންގާނެކަމަކަށް ނުބެލެވޭ. މުއިއްޒުގެ ފަރާތުން މިކަން ކުއްވެރިކުރަން ގޮވާލަން. ނޫންނަމަ މި ބުރުގައި މަ އަދި މަގޭ ފެމިލީގެ ވޯޓެއް މުއިއްޒަކަށް ނުދޭނަށް

    2
    15