އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ކަމަށް ތ. ތިމަރަފުށި، މާލޭގެ އަހުމަދު ޝަރީފް އައްޔަންކުރުމަށް މަޖިލީހުން ކޮމެޓީއަށް ފޮނުވާފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވި އަހުމަދު ޝަރީފުގެ ނަން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވައި މަޖިލީހުގެ މިއަދުގެ ޖަލްސާވަނީ ނިންމާލައިފިއެވެ. ޝަރީފުގެ ނަން ދިރާސާ ކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފޮނުވިއިރު މިއަދުގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަޑައިގެންނެވީ 24 މެންބަރެކެވެ.
ޝަރީފަކީ ކުރިން ތިމަރަފުށި ދާއިރާގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ އެމްޑީގެ މަގާމުގައެވެ.
ޝަރީފު އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް އައްޔަން ކުރަނީ އެކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާން އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެންމެ 24؟ މާތްﷲއަށް ބިރުވެތިވޭ! ބޮޑު މުސާރައެއް ނަގައިގެން ކެވޭއިރު މުސާރަ ޙަލާލުވާވަރަށް މަސައްކަތްކުރޭ! މިއީ ޓީޗަރެއް! ހެދުނު 7 ން މެންދުރު 1 ޖަހަންދެން ހުއްޓުމެއްނެތި ކުލާސްތަކުގަ! މެންދުރު ފަހާއި ރޭގަޑުގެ ގިނަ ވަގުތު އަނެއް ދުވަހަށް ތައްޔާރުވުމުގަ ނުަވަތަ ކޮންމެވެސް ސުކޫލުގެ ޙަރަކާތެއްގަ! ގެޔަށް ގިނަދުވަހު ދެވެނީ ދަންވަރު 12 ޖަހާއިރު! މުސާރަޔާ ޢިނާޔަތްތަކުގެ ޖުމްލައަކީ 12000 ރުފިޔާ! މަޖްލިސްގެ މެމްބަރުން ޖަލްސާއަކސްވެސް ނުގޮސް ހަމައެކަނި ނަމެއްގައި ތިބެގެން 82000 ރުފިޔާއާއި ބައިވަރު އެހެނިހެން ޢިނަޔަތްތައް!
އަސްލުވެސް ތިޔައީ ހަމަ ތެދެއް..
ނަންދީރާސާ ކުރުމަކީ މާ އުނދަގޫ ކަމެއްނޫން. އޭނަޔައް ކީޔަނީ ޝަރީފު މީހެންނެވެ.. ދެން ކޯޗެއްތަ އޮތީ ދީރާސާކުރަން..
ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފިނަމަ ކޮންމެހެން ތިޔާ ކޮމެޓީން މާ ބޮޑަށް ބަލަން ނުޖެހޭނެއޭ މަމެން ހާކިމާ ވަނީ ތިޔާ ކަން ބަލާފައޭ އަވަހަށް ތިޔާ ކަން ނިންމަވާ ދެއްވާށޭ ޕީޕީއެމްގެ މަޖްލީހުގެ މެމްބަރުން ތައް. ހާކިމާ އަންގާ ގޮތަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަން މެމްބަރުން އަމަލު ކުރަން ޖެހޭނެއެވެ.
މުސާރަ ހަލާލު ވާނެބާ
ކޮރަޕްޝަނުގެ ބޮޑުމީހާ މީ، މުޅި ފެނަކަ ކޮރަޕްޝަނުގެ ހާއްޔަކަށް ހަދާފަ މިހާރު އީސީ އަށްވެސް ހަދާލާނީ އެހެން، މިހާރުވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރު ގުޅާފަ ބުނާ މީހަކަށް ނޫނީ ފެނަކަ އިންޖީނުގެ ކެނދިކުޅުދޫ ބްރާންޗްއިން ވަޒީފާއެއްވެސް ނުލިބޭ، އެހެޔޮ އެދާއިރާއިން ކިޔަވައިގެން އަދި މަސައްކަތުގެ ތަޖުރިބާ ހުއެްޓަސް ، މިަފަރު ޓެކްނީޝަނަކަށް ލީ ކުއްޖާއަށް ރީޑިން ނަގާލަންވެސް ނޭގެ، އެކަމަކުވެސް ކެނދިކުޅުދޫ ދާއިރާގެ މެންބަރުގެ އެންމެ ފޯނު ކޯލަކުން ވަޒީފާދޭ