ވ. ފެލިދޫ ކައުންސިލަށް ލިބެން ޖެހޭ ފައިސާ ނުދައްކާ މީހުންނަށާއި، އެ މީހުންގެ އާއިލާތަކަށް (އަނބި، ފިރިން، ދަރިންނަށް) ކައުންސިލުން ދޭ ޚިދުމަތްތައް ދިނުން ހުއްޓާލުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

ފެލިދޫ ކައުންސިލްގެ ނައިބު ރައީސް ހުސައިން ވިސާމް "ވަގުތަށް" ވިދާޅުވީ ކައުންސިލަށް ފައިސާ ދައްކަން ޖެހި، ނުދައްކާ ހުރި ފަރާތްތަކަށާއި އެފަރާތްތަކުގެ އާއިލާއަށް ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް ދިނުން ހުއްޓާލަން ނިންމާފައިވާ ކަމަށެވެ.

މިމަހުގެ ފުރަތަމަ ދުވަހު އެ ކައުންސިލުން ގެޒެޓުކުރި އިއުލާނެއްގައިވާ ގޮތުން، އެ ދުވަހު ބޭއްވި ކައުންސިލުގެ އާންމު ޖަލްސާގައި އެހެން ނިންމާފައިވަނީ އެ މީހުންގެ އަތުން ފައިސާ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ފަހު ވެސް، އެކަށީގެންވާ ކުރިއެރުމެއް ލިބިފައި ނުވާތީއެވެ.

އިއުލާނުގައި ބުނާގޮތުން ކައުންސިލަށް ދަރާފައިވާ މީހުންނަށް ފައިސާ ދެއްކުމަށް ވަނީ ފަސްދުވަހުގެ މުއްދަތެއް ދީފައެވެ. އެހެންކަމުން މި މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކަށް ކައުންސިލުންދޭ ޚިދުމަތްތައް މެދުކެނޑިގެންދާނެއެވެ. އަދި އެ ފަރާތްތަކުގެ ވަނަވަރު ލިސްޓު އާންމު ކުރުމަށް ވެސް ކައުންސިލުން ވަނީ ނިންމާފައެވެ.

ނަމަވެސް މިއީ އެންމެ ރަނގަޅުގޮތް ކަމަށް ނުފެންނާތީ އެރަށު ކައުންސިލުން ދަނީ އެކަން ބަދަލުކުރުމަށް މަސައްކަތްކުރަމުންނެވެ. އަދި މެދުނުކެނޑި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފެލިދޫ ކައުންސިލުން ބުނި ގޮތުގައި ކައުންސިލަށް ނުލިބިވާ ފައިސާގެ ތެރޭގައި ހިމެނެނީ ކައުންސިލުން ފޯރުކޮށްދޭ ބައެއް އަސާސީ ޚިދުމަތްތަކުގެ އަގުގެ ގޮތުގައި ނުލިބި ގިނަ ދުވަސްވެފައިވާ ފައިސާއެެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޖުއްބާ އިދުރީސް

    ކޮސް ކައުންސިލް

    14
    2
  2. މާމި

    ދޭމީހާ އަބަދުވެސް ދެނީ ނުދޭމީހާ ނުދިނަސް އޯކޭ

    14
    1
  3. ސާފުވެއްޖެ

    މަގޭ އާއިލާ މީހަކު ތިތަނަށް ދަރާފަ އޮތޭކިޔާފަ މަށަށް ތިތަނުން ހިދުމަތް ނުދެންޏާ ކަލޭމެންޖެހޭނީ ގޭގައިތިބެން

    25
    4
    • ނުރަބޯ

      ލިޔެފައޮތް އެއްޗެއް ފުރަތަމަ ކިޔާބަލަ، ހެޑްލައިން ކިޔާފަ ތިކޮމެންޓްކޮށްގަންނަނީ. އާޢިލާ މާނަކޮށްފަ އެއޮތީ އަނބި/ފިރި، ދަރިންނަށް އެކަނި. މުޅި ކަށްދިން ހިސާބުން އާޢިލާއަކަށް ނޫން.

    • ހުސްނޫ

      ތީ މާ ގަދަ މީހެއްދޯ؟

  4. ކައުންސިލް

    ގާނޫނާއި ގަވާއިދު ދަސްކޮށްބަލަ!!

  5. ތަކުރު

    ކޮސް ނުގަވާ އެގްރިމެންޓެއް ކޮށްގެން ހަދާފައިވާ އަގެއްނަމަ ކޯޓަށް ހުށަހަޅައިގެން ހޯދޭނެ
    ރައްޔިތުންނަށް ދެމުން ގެންދާ ޚިދުމަތެއް ހިފެހެއްޓުަމަކީ ގޯހެއް!

    1
    1
  6. ސިދުގީ

    ތަންތަނަށް ގަމާރުން ލީމާ ތިޔަކަހަލަ ނިންމުން ނިންމާނެ. މާދަމާ ސްކޫލަށް ދަރައިފިނަމަ ކުއްޖާއަށް ސްކޫލަށްވެސް ނުދެވޭނެ. އަނެއްކާ މިސްކިތް ބޭނުން ކުރެވޭތަ.

  7. ސަމްސިއްޔާ

    ހެހެހެ. ސަރުކާރުން އާންމު ރައްޔިތުންގެ ބުލުތަކަށް ނުދީ އޮތްހާ ލާރިއޯ؟؟ ކައުންސިލަށް ކޮން ގާނޫނަކުން ލިބުނުބާރެއްތީ؟؟