މިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑެތި އަދަދުތަކުން ގެއްލުމުގެ ބަދަލު ދީފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މިހާރުގެ ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އޭނާ މީގެ ކުރިން ވަނީ މިވެރިކަމުގައި ގާނޫނާ ގަވާއިދު ދެމެހެއްޓުމަށް ނަމޫނާ މިންގަނޑުތަކެއް ކަނޑައަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

އުޝާމް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްވެސް ގާނޫނަކުން ބާރު ލިބިގެން ނޫން ގޮތަކަށް އުސޫލެއް އެކުލަވާލެވިގެން ނިމިދިޔަ ސަރުކާރުން އެކި ފަރާތްތަކަށް ބޮޑޭތި އަދަދުތަކުން ގެއްލުމުގެ ބަދަލުގެ ނަމުގައި ދައުލަތުގެ ފައިސާ އާއި މުދާ ދެމުން ގެންދިޔައީ ގާނޫނާ ހިލާފަށް ކަމަށެވެ.

އުޝާމް ވިދާޅުވީ، އެކަން އެގޮތަށް ކުރިއަށް ނުގެންދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވާނީ ގާނޫނީ ލަފާ އަރުވާފައި ކަމަށާއި، އަދި މިލަފައާ ގުޅިގެން ރައީސް ވަނީ ''ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު'' ބާތިލް ކުރައްވާފައި ކަމަށެވެ.

އަދި އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ އުވާލައްވާފައިވާ ކަމަށްވެސް އުޝާމް ވިދާޅުވިއެވެ.

" އެކަން އެގޮތަށް ކުރިއަށް ނުގެންދެވުމަށް އަޅުގަނޑުވާނީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ލަފައެއް އަރުވާފައި. އަދި މިލަފައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާވަނީ 'ސަރުކާރާ އަމިއްލަ ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު' ބާތިލް ކުރައްވައި، އެ އުސޫލުގެ ދަށުން އެކުލަވާލާފައިވާ މައްސަލަ ހައްލުކުރުމަށް ލަފާދޭ ކޮމިޓީ އުވާލައްވާފައި.'' އުޝާމް ވިދާޅުވެފަވެއެވެ.

އުޝާމަކީ ގާނޫނީ ދާއިރާއާ، ބައިނަލްއަގްވާމީ ގުޅުންތަކުގެ ދާއިރާއިން، މެލޭޝިއާއާ އިނގިރޭސިވިލާތުގައި މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ 10 އަހަރު ވަންދެން އެޓާނީ ޖެނެރަލްގެ އޮފީހުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ތެރޭގައި ޑެޕިއުޓީ ސްޓޭޓް އެޓާނީ ކަމާއި، ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ އެޓާނީ ޖެނެރަލްކަމުގެ މަގާމު ފާހަގަކޮށްލެވެއެ

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    ގާނޫނަކުން ބާރު ލިބިގެން މެނުވީ ދަވްލަތުގެ މުދަލެއް އެއްވެސްފަރާތަކަށް މިލްކުކޮށެއްވެސް ނުދެވޭނެ. ދަވްލަތުން ދަރަނި ނަގައިގެންހިއްކާފަ އޮތް ބިމަކުން އެދަރަނި ނުލިބޭގޮތަށް އެއްވެސް ފަރާތަކަށް ބިމެއްވެސް ނުދެވޭނެ. އެއީ ގާނޫނުއަސަސީގެ 97 ވަނަ މާއްދާގަ ބުނާ ވާހަކައެއް މަބުނާ އެއްޗެއްނުން.

  2. Anonymous

    ނިޒަމާނުގައި ސީދާ ދައުލަތުން ވައްކަން ކުރަންވެސް ޤާނޫނެއް ހެދިދާނެ !