މިމަހު އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒު ކުރަން ގޮވާލައި އެމްޑީޕީގެ ޒުވާނުންގެ ގޮފިން މިއަދު ކުރި މުޒާހަރާގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ ޒުވާނުންގެ ގޮފިން މިއަދު ހަވީރު އިންތިޒާމްކުރި މި މުޒާހަރާ ބާއްވާފައި ވަނީ މަޖީދީ މަގާއި ޗާންދަނީ މަގު ގުޅޭ ޖަންގްޝަންގަ އެވެ.
މުޒާހަރާގެ ތެރެއިން އެމްޑީޕީގެ ޒުވާނުންގެ ރައީސްއާ އެކު ޖުމްލަ ފަސް މީހަކު ހައްޔަރުކުރިއިރު އޭގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
ސުޕްރީމް ކޯޓްގެ ހުކުމް ތަންފީޒު ކުރަން ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ފޮތިގަނޑަކާއި ބޯޑްތަކެއް ހިފައިގެން މުޒާހަރާ ކުރަމުން ދަނިކޮށް އެ ސަރަހައްދަށް ފުލުހުން އައިސް ވަނީ އެ މީހުން މަގު މެދުން ޕޭމަންޓަށް އަރުވައިފަ އެވެ.
އަދި އެއަށް ފަހު އެ މީހުން އަތުގައި ހުރި ފޮތިގަނޑުތަކާއި ބޯޑްތައް ފުލުހުން އަތުލަން މަސައްކަތް ކުރުމުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުންތަކެއް ވެސް ހިނގިއެވެ.
ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ވަނީ ހައްޔަރުކޮށްފައި ތިބި ސިޔާސީ ބައެއް ފަރާތްތައް ދޫކޮށްލަން އަންގާފައެވެ. ނަމަވެސް އެ އަމުރު ސުޕްރީމް ކޯޓުން ވަނީ މިދިޔަ ހަފްތާގައި ބާތިލުކޮށްފައެވެ.
އެމްޑީޕީން ކުރި މުޒާހަރާއެއްގެ ތެރެއިން ފަސް މީހަކު ހައްޔަރުކޮށްފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ސްޓޭޓް އޮފް އެމެޖެންސީ ހިންގާ ފައި އޮތްވާ މާލޭގެ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރުމަކީ އެއީ ގާނޫނީ ގޮތުން ކުށެކޭ އެމެން ވަޅު ބުރި ތައް އެކަމަކު ލަދު ހަޔާތް ކުޑަ ކަމުން ބުރުގާ އަޅާ ލޯ ބޮޑު ކަޅު އައިނު އަޅައިގެންނޭ ތިބެނީ ދޯ ތަމެން ތިޔާ ކިއެއް ކުރަން އަޅާ ބުރުގާ އެއްތޭ ހަރާމްކޯރުން ތަކާ ތިޔާއީ ތަމެންގެ ބިލީފް އަށް ވެސް ބަތާހަރާމީ ވަނީ އެއް ނޫންތޭ ކަންޓްރީ ސައިޑް ވަން ސެންސް މިސިންގް އެއްޗެހި ތަކާ ފަތް ބޮއިގެްނ ކަން ނޭގޭ އާލާތް ގަނޑު ތިޔާ ތިބީ އެެޒާތުގެ އެއްޗިއްސާއި ވަަރަށް ވައްތަރޭ މަމެން ބުނަން ނެތީމު ދޯ. އައި ރިފުއުޒްޑް ޓު ބިލީވް ޔޫ އޯއް އޯއް އޯއް އައި ރިފުއްޒްޑް ޓު އެކްސެޕްޓް ޔުއަރ ކޮރަޕްޓް އެޓެމްޕް ރަށަށް ކަނޑާލާ ށޭ ތަމެން ރަށަށް ދޭބަލަ ދެން.