މަތީގައި ހުރި ފޮޓޯއިން އެ ފެންނަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހުއެވެ. 2014 ވަނަ އަހަރު، ޣައްޒާ ސަލާމަތް ކުރުމަށް ގޮވާލާ ޕޯސްޓަރެއް ޖަހާފައި ހުރި ފޮޓޯއެއް ހިއްޕަވައިގެންނެވެ. އެއީ މިއަދު ރާއްޖޭގެ ރައީސްއެވެ. އެމަނިކުފާނު މިއަދުވެސް ހުންނެވި ހަމަ އެގޮތަށެވެ. ފަލަސްތީނާއެކުއެވެ.
މުޅި ދިވެހި ދައުލަތްވެސް އޮތީ ފަލަސްތީނާއެކުއެވެ. ރައްޔިތުންވެސް ތިބީ ފަލަސްތީނާއެކުއެވެ. އެކަން ދަނީ ސާބިތުކޮށްދެމުންނެވެ. ނިމިގެން ދިޔަ ރޯދަމަހުގެ ފަހުކޮޅު އިސްރާއީލްގެ ޝެއިހް ޖައްރާގައި ތިބި ފަލަސްތީނު ރައްޔިތުން ނެެރެ އަލް ގުދުސްގައި ނަމާދުކުރަން ހުރަސްއަޅަން ފެށުމާއި އެކުވެސް ރައީސް ސޯލިހު ވަނީ އެކަން ކުށްވެރިކޮށް ޓްވީޓެއް ކުރައްވާފައެވެ. އެއަމަލުތައް ކުށްވެރިކޮށް ރައީސް ވިދާޅުވީ އިސްރާއީލުން އަމަލުކުރަމުންދަނީ ބައިނަލްއަގްވާމީ ގާނޫނުތަކާއި ހިލާފަށް ކަމަށެވެ. އެ ޓްވީޓް ނިންމަވާލައްވަމުންވެސް ރައީސް ދެއްވި ޔަގީންކަމަކީ ރާއްޖެ އޮންނާނީ ފަލަސްތީނާއެކުކަމެވެ.
By forcefully evicting Palestinian families from Sheikh Jarrah, and escalating attacks on Muslims offering prayers in the Al Aqsa complex, Israel continues to violate international law. Maldives condemns Israel's actions and remains in solidarity with the Palestinian people.
— Ibrahim Mohamed Solih (@ibusolih) May 11, 2021
ހަމަ އެ މެސެޖް މިއަދުވެސް ރައީސް ތަކުރާރު ކުރެއްވިއެވެ. އަޑުހަރުކޮށް މުޅި ދުނިޔެއަށް އަޑުއިވޭވަރަށެވެ. ފަލަސްތީނުގެ ދިދައިގެ ފޮޓޯ އެއް އަޕްލޯޑް ކުރައްވާ، ފްރީ ޕަލަސްތީން ހޭޝްޓެގް ބޭނުންކުރައްވާ ރައީސް ވަނީ އެމަނިކުފާނުގެ އިތުރުން މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ތިބީ ފަލަސްތީނާއެކުކަން އަންގައިދެއްވާފައެވެ.
ރައީސްގެ އެހެން ޓްވީޓްތަކަށްވުރެ ގިނަ ރީޓްވީޓާއެކު މުޅި ޓްވިޓާ ފުރާލީ ރައީސަށް ޝުކުރު ބަސްތަކުންނެވެ. އެއްވެސް ގައުމަކަށް ބެލުމެއް ނެތި މި ކުޑަކުޑަ ރާއްޖޭގެ އެންމެ މަތީ ވެރިޔާ މުޅި ދުނިޔެއަށް އަންގައި ދިނީ ރާއްޖެ ފަލަސްތީނާއެކު އޮތްކަމެވެ. ރައީސްގެ ޓްވީޓަށް ރާއްޖެއިން ބޭރުގެ މީހުންގެވެސް ސަމާލުކަން ލިބުނެވެ. އެމަނިކުފާނުގެ ޓްވީޓް ރީޓްވީޓްކުރެއްވި މީހުންގެ ތެރޭގައި ބޭރުގެ ނޫސްވެރިންނާއި ފަލަސްތީނަށް ތާއިދުކުރާ އެތައް ބަޔަކު ހިމެނެއެވެ.
The people of Maldives
stand in solidarity with Palestine. #FreePalestine pic.twitter.com/lBGEG0jhXY— Ibrahim Mohamed Solih (@ibusolih) May 18, 2021
ހަތް އަހަރަށް ފަހު، ރާއްޖޭގެ ރައީސަކު އދ.ގެ އާންމު މަޖިލީހުގައި 2019 ވަނަ އަހަރު ދެއްވި ތަގުރީރުގައިވެސް އެމަނިކުފާނު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ވަކާލާތުކުރައްވާފައެވެ. އާންމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ވަނީ އިސްރާއީލްގެ މައްސަލަ ހައްލުކުރުމަށް އ.ދ. ގެ މެންބަރު ގައުމުތައް ނުކުޅެދިފައިވާކަން ހިތާމައާއެކު ފާހަގަ ކުރައްވާފައެވެ. 1967 ވަނަ އަހަރު ފަލަސްތީން އޮތް އިމުގެ ތެރޭގައި ފަލަސްތީނަށް މިނިވަން ކަން ލިބެން ޖެހޭނެ ކަމަށާއި ގުދުސް އަކީ ފަލަސްތީންގެ ވެރިރަށް ކަމަށް ރާއްޖެ އިން ތާއިދު ކުރާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
"މިނިވަން ދައުލަތެއް ގާއިމްކުރަން ކުރާ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނީ ފަލަސްތީނާއެކު" ރައީސް އދ. ގައި ވިދާޅުވިއެވެ.
ރައީސްގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް "ވަގުތު" އަށް ވިދާޅުވީ، މުޅި ރާއްޖޭގެ ރައްޔިތުން ފަލަސްތީނާއެކު ނިކުތުމަކީ ރައީސަށް ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. އަދި ދިވެހިން މުޅި ދުނިޔެއަށް ދައްކައިދެމުން އެދަނީ ނަމޫނާއެއް ކަމަށެވެ. ފަލަސްތީނުގެ ރައްޔިތުންގެ ދިފާއުގައި ސަރުކާރު އޮންނާނެކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު މީގެ ކުރިންވެސް ރާއްޖެއާ އިސްރާއީލާއި ދެމެދު ގުޅުން ކަނޑާލާފައި އޮތް އޮތުން ދެމިއޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރައްޔިތުން އާދޭސް ދަންނަވަިއގެން ، ލީޑަރެއްގެ އެއްމެ މުހިއްމު އެއްސިފަޔަކީ އިސްނަގައިގެން ކުރުން ، މިޔައް މިކިޔަނީ ދުރުވިސްނުމޭ
މަގޭ ތާއިދު މި ރައިސް އަށް
މިއީ ކާކުބާ؟ ކީއްކުރާ މީހެއްބާ؟
މީ ޅޮސް އިބޫ ބޮޑު ޅޮސްގަހެއް
މަނިކުފާނޫ...މަނިކުފާނޫ....ހާދަހާވާ އޯގާތެރިއޭ..ދެއްތޯ..
ރައީސް އިބުރާހިމް މ. ސޯލިހު އަކީ ހެޔޮވިސްނޭ ނަމޫނާ ބޭފުޅެއް ސާބަސް ރައީސް
ޝުކުރުކުރަން. އިސްލާމީ ޤައުމުތަކުގަ ވެރިން ތިޔަގޮތައް ދައްކަވާ ޢަމަލުބެހެއްޓެވުމަކީ ވަރަށް
އުފާވާ ކަމެއް.
އިސްތަށި ގިނަ ހެން ހީވޭ
މީނާ ކިހާ ގަދަ. އެމެރިކާގެ ދެކެ އަދި ޔަހޫދީން ޖެހިލުންނުވާކަން އަމަލުން އެވަނީ ދައްކަވާފައެވެ، ސަބަހޭ ކިބޫ ހިތްވަރު ކުރާތީ 2023 މަަނިކުފާނަށް ހައްގު. ކޮވިޑުން ދިވެހިން ހަނާވެ އިގްތިސާދު ވަޅުޖެހުނުކަމުގައިވިއަސް.
މީނާގެ ޓްވިޓާ ހެންޑްލް ކުރަނީ ފަޒްނާ ކަމަށް ލަފާކުރެވެނީ. ޔަގީނުންވެސް މީނާއަކަށް ނޭގޭ ލިޔާކަށެއް. އަދި އަމުދުން ކިޔާކަށްނޭގެނެ. މީނާއެންމެ މޮޅުވާނީ ލިޔެފަހުންނަ އެއްޗެހިބަލައިގެން ހުރުމަށްފަހު ރޯށެވެ. ގިސްލަގިސްލާފައެވެ. ކޮމެންޓްތަކުގެ ދިވެހިއަޚުން ލިޔާލިޔުންތައް ކިޔާނަމަވެސް މީނާ މިހާރު އިސްތިއުފާދީފި ފިލީހެވެ. މިވަރުވެސް މިކަލޭގެއަށްނޭގެއެވެ.
އިއްޒަތްތެރި މަނިކުފާނު ތިޔަހހ ހެން ކުރާ ތާއީދަކުން ނުފުދޭނެ ޔަ ހޫދީން ނިންމާގެން އެތިބީ މަސްޖިދުލްއަޤްޞާ ފުޑުފުޑުކުރަން މަސްޖިދުލްއަޤްޞާ ހުރި ތަނުގައި ޖީސަސް (ސޮލިބަށް) އަޅުކަން ކުރާ ތަނެއް ހަދަން
މުސްލިމުންގެ ނެތް ބާރެއް މުސްލިމުންގެ އޮތީ ބޮޑު އަގައެއް އިޒްރޭލު ދެކެ ގަންނާ ކުރައްވާ ބިރުން ތުރުކީ ފިޔަވައި އެއްވެސް އަރަބި ވެރިޔަކަށް އެއްޗެއް ބުނާކަށް ނުކެރޭ ދިވެ ހި ރާއްޖެއަށް ވާވަރުވެސް އަރަބި ވެރިންނަކަށް ނުވޭ ދިވެ ހިރާއްޖެ އަށް ހަމަ ސާބަސް އިޒުރޭލު ފަދަ ގައުމަކަށް ކެރިގެން ބަސްބުނާތީވެ
ރައީސް އާއި މުޅި ރާއްޖޭގެ ރައްޔިތުން ފަލަސްތީނާއިއކު އޮތްއިރު ސަރުކާރު ޕޮލިސީއާއި ޚިލާފަށް އެމް.އޭ.ސީ.އެލް. ގެ ހޭޝް ޓެގް ރިމޫވް ކުރަން އެންގި އިޒްރޭލް އުފެއްދި ޤައުމުގެ ސީއީއޯ ވަގުތުން ވަކިކުރުމަށް އަޅުގަޑު ގޮވާލަން. އަދި އެ ރިމޫވް ކުރިމީހުނާ އެކަމަށް ތާއިދު ކުރި މީހުންވެސް ވަކިކުރަން އަޅުގަނޑު ގޮވާލަން.