އުމުރުން 28 އަހަރުގެ އާމިނަތު ޝަމާއަކީ އެންޑޯމެޓްރިއޯސިސް ސްޓޭޖް 4 ގެ ވޭން ތަހައްމަލް ކުރަމުން އަންނަ ޒުވާނެކެވެ. މިކަމާއި ގުޅޭގޮތުން "ވަގުތު"އަށް މައުލުމާތު ދެމުން ޝަމާ ބުނީ އޭނާ މިބަލި ތަހައްމަލްކުރާތާ މިހާރު 7 އަހަރުވެފައިވާ ކަމަށާއި މިހާތަނަށް 4 ސާޖަރީއެއް ކުރެވުނު ކަމަށެވެ. ކޮންމެ ފަހަރަކުވެސް އެތައް ހާސް ޑޮލަރު ހޭދަކޮށްގެން ސާޖަރީ ކުރަން ރާއްޖެއިން ބޭރަށް ދާންޖެހެއެވެ.

ޝަމާ ވަނީ 2 ސިޒޭރިއަން ހަދާފައެވެ. އެހެންކަމުން މިހާރު ކުރަން ޖެހެނީ 7 ވަނަ އޮޕަރޭޝަން ކަމަށް އޭނާ ވަނީ ބުނެފައެވެ. ޝަމާބުނީ އޭނަ ގޮހޮރު ޔުޓްރެސްގައި ތައްލައިގެން ޑޮކްޓަރަށް ދެއްކުމުން ބުނީ އޯވަރީ އާ ޔުޓްރެސް ނަގާށެވެ. ބްލެޑާވެސް ތަތްލާފައި ހުރުމުން އޮޕަރޭޝަންކުރެވުނެވެ.

"ކުރީފަހަރުވެސް ބޮވެލް ޔުޓްރެސްގައި ތައްލަވައިގެން ޑޮކްޓަރަށް ދައްކާ އޮޕަރޭޝަން ކުރުމުން ބުނީ ޔުޓްރެސް އާއި އޯވަރީ ނަގާށޭ ޖެހޭނީ، ދެން އޯވަރީއާ ޔުޓްރެސް ނެގޭ ކަހަލަ ގޮތަކަށް ނޫން އިނީ ތަތްލަވާފައި، އޯވަރީވެސް އިނީ ފްލިޕްވެފަ ޔުޓްރެސްގެ މައްޗަށްވާ ގޮތަށް." ޝަމާ ކިޔައިދިނެވެ.

އޮޕަރޭޝަންކޮށްގެން އައި ފަހުން ދެމަސްވަންދެން ރަނގަޅަށް ހުރުމަށްފަހު އަނެއްކާވެސް ބަނޑަށް ތަދުވެ ވޭންތައް ތަހައްމަކުރަން ޖެހުނެވެ. ފާހާނަ ކުރަން އުދަގޫވެ އެތަކެއް ވޭން ޝަމާ ދަނީ ތަހައްމަލް ކުރަމުންނެވެ.

ޓްރީޓޮޕަށް ދައްކާފައި ހެދި އެމްއާރުއައި އެއްވެސް މައްސަލައެއް ނޫޅޭ ކަމަށް ވަނީ ބުނެފައެވެ. އެހެންނަމަވެސް އެންޑޯމެޓްރިއޯސިސްގެ ހާއްސަ ޑޮކްޓަރަަށް އެމްއާރުއައި ދެއްކުމުން ބުނީ އަނެއްކާވެސް 12 ސެންޓިމީޓަރަށް ބެނދިފައިވާ ކަމަށެވެ. އިތުރަށްވެފައިން ބޮޑުވަރު އެނގޭނީ ލެޕްރޮސްކޮޕީ ހެދުމުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

"މިވަގުތުގެ ހާލަތަށް ބަލާފައި އަޅުގަނޑުގެ ސާޖަރީ އިޖިޕްޓުން، މިހާރު އަޅުގަނޑު މިބެލީ އިޖިޕްޓާއި މުމްބާއީ ހޮސްޕިޓަލުން އެބަ ބަލަން. މުމްބާއީ އިން ބުނީ 5000 ޑޮލާސް އެއީ ހަމަ އެކަނި އޮޕަރޭޝަނަށް، އިޖިޕްޓުން ބުނީ 6500 ޑޮލަރު އަރާކަމަށް." ޝަމާ ބުންޏެވެ.

ޝަމާގެ ބޭސްފަރުވާއަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ. ކުޑަ ދެކުދިންގެ މަންމައެކެވެ. ޝަމާގެ އެންމެ ހަނގު ދަރިފުޅަށް 1 އަހަރާއި 6 މަހެވެ. ދޮށީ ދަރިފުޅަށް 2 އަހަރުވެއްޖެއެވެ. ޝަމާގެ ބަލިހާލަތު ހުންނަ ގޮތުން އަބަދު ބޭސްފަރުވާގެ ކަންތައް ކުރަން ޖެހުމުން މާލީ ދަތިކަން އެ އާއިލާއަށް ވަނީ ކުރިމަތިވެފައެވެ.

ޝަމާއަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް:

ގުޅޭނެ ނަމްބަރު: 9555122 (އާމިނަތު ޝަމާ)

އެކައުންޓް ނަމްބަރު: ބީއެމްއެލް ދިވެހި ( 7730000445180 ) އާމިނަތު ޝަމާ.

އެކައުންޓް ނަމްބަރު: ބީއެމްއެލް ޑޮލަރު ( 7730000611573 ) އިސްމައިލް ނަސީމް.

މީސްތަކުންނަށް އެހީވުމާއި ބެހޭގޮތުން ބައެއް އާޔަތްތަކާއި ޙަދީޘްތައް:

މީސްތަކުންނަށް އެހީތެރިވުމަކީ އަދި މީސްތަކުންގެ ޙާޖަތްތައް ފުއްދައިދިނުމަކީ އިޙުސާންތެރިކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَأَحْسِنُوا ، إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ) سورة البقرة: 195

މާނައީ: "އަދި ތިޔަބައިމީޙުން އިޙުސާންތެރިވާށެވެ. ހަމަކަށަވަރުން ﷲ އިޙުސާންތެރިވާ މީސްތަކުންދެކެ ލޯބިވެވޮޑިގަންނަވައެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(الْمُسْلِمُ أَخُو الْمُسْلِمِ لَا يَظْلِمُهُ وَلَا يُسْلِمُهُ وَمَنْ كَانَ فِي حَاجَةِ أَخِيهِ كَانَ اللَّهُ فِي حَاجَتِهِ) متفق عليه.
(رواه البخاري 6551 و مسلم 2850)

މާނައީ: އެއްމުސްލިމަކީ އަނެއްމުސްލިމްގެ އަޚާއެވެ. އޭނާ (އެމީހެއްގެ އަޚާގެ މައްޗަށް) އަނިޔާވެރިއެއްނުވާނެއެވެ. އަދި އަނިޔާ ލިބެން ދޫނުކުރާނެއެވެ. އެމީހެއްގެ އަޚާގެ ޙާޖަތް ފުއްދުމުގައި ދެމިހުރި މީހާގެ ޙާޖަތުގައި ﷲ ވޮޑިގެންވާނެއެވެ."

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ نَفَّسَ عَنْ مُؤْمِنٍ كُرْبَةً مِنْ كُرَبِ الدُّنْيَا، نَفَّسَ اللهُ عَنْهُ كُرْبَةً مِنْ كُرَبِ يَوْمِ الْقِيَامَةِ، وَمَنْ يَسَّرَ عَلَى مُعْسِرٍ، يَسَّرَ اللهُ عَلَيْهِ فِي الدُّنْيَا وَالْآخِرَةِ، وَمَنْ سَتَرَ مُسْلِمًا، سَتَرَهُ اللهُ فِي الدُّنْيَا وَالْآخِرَةِ، وَاللهُ فِي عَوْنِ الْعَبْدِ مَا كَانَ الْعَبْدُ فِي عَوْنِ أَخِيهِ) رواه مسلم في صحيحه: 2699

މާނައީ: "އަދި އެމީހެއްގެ އަޚާގެ ކިބައިން ދުނިޔެ މަތީގައި ދަތިކަމެއް ފިލުވައިދީފި މީހަކަށް، އެމީހަކަށް ޤިޔާމަތްދުވަހުން ޖެހޭ މުޞީބާތްތަކުގެ ތެރޭން މުޞީބާތެއް ﷲ ފިލުއްވައިދެއްވާހުއްޓެވެ. އަދި އުނދަގުލެއް ޖެހިފައިވާ މީހާއަށް ފަސޭހަކޮށްދީފިމީހަކަށް، ﷲ އެމީހަކަށް ދުނިޔެމަތީގަޔާއި އާޚިރަތުގައި ފަސޭހަކޮށްދެއްވާނެއެވެ. އަދި މުސްލިމެއްގެ (ޢައިބު ފޮރުވައިދީފިމީހާ)ގެ ޢައިބު، ދުނިޔެއާއި އާޚިރަތުގައި ﷲ އެމީހެއްގެ ޢައިބުފޮރުވައިދެއްވާ ހުއްޓެވެ. އަދި ހަމަކަށަވަރުން އެމީހެއްގެ އަޚާއަށް އެހީވުމުގެ މަތީގައި ހުންނަމީހާއަށް އެހީތެރިވޮޑިގަތުން މަތީގައި ﷲ ވޮޑިގެންވެއެވެ."

އަދިވެސް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަމަށް ބާރުއެޅުއްވުމުގެ ގޮތުން ޙަދީޘްކުރައްވާފައިވެއެވެ.
(أَحَبُّ النَّاسِ إِلَى اللَّهِ تَعَالَى أَنْفَعُهُمْ لِلنَّاسِ ، وَأَحَبُّ الْأَعْمَالِ إِلَى اللَّهِ تَعَالَى سُرُورٌ تُدْخِلُهُ عَلَى مُسْلِمٍ ، أَوْ تَكْشِفُ عَنْهُ كُرْبَةً ، أَوْ تَقْضِي عَنْهُ دَيْنًا ، أَوْ تَطْرُدُ عَنْهُ جُوعًا) رواه الطبراني في المعجم الكبي: 13646 و صححه الألباني.

މާނައީ: "ﷲތަޢާލާއަށް އެންމެ ލޮބުވެތިވެގެންވަނީ މީސްތަކުންނަށް އެންމެ މަންފާބޮޑު މީހެކެވެ. ﷲއަށް އެންމެ ލޮބުވެތިވެގެންވާ ޢަމަލަކީ މީހަކު މުސްލިމަކަށް ގެނެސްދޭ އުފާވެރިކަމެކެވެ ނުވަތަ މީހެއްގެ ކިބައިން މުޞީބާތް ފިލުވައިދޭ ފިލުވައިދިނުމެވެ. ނުވަތަ ދަރަނި އަދާކޮށްދޭ ކޮށްދިނުމެވެ. ނުވަތަ މީހެއްގެ ކިބައިން ބަނޑުހައިހޫނުކަން ފިލުވައިދޭ ފިލުވައިދިނުމެވެ."

އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން!

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިބްރާހީމް52

    މާތް ރަސްކަލާނގެ އަވަސް ޝިފާ މިންވަރު ކުރައްވާށިއެވެ.

    55
    0
  2. ޙދުެޖިއ

    ރައްޔިތުން މިހާލުގައި އުޅޭކަށް ނުޖެހޭނެ

    12
    1
  3. މީ

    ހިޖާމާއިންވެސް ބައެއް ކަންކަން ރަނގަޅު ކުރެވިދާނެ އިންޝާﷲ އޮޕްރޭޝަން އަށް ނުގޮސް

    11
    1
  4. ޙދުެޖިއ

    ބޭކާރު މަގާމުތަކުގެ ތެރެއިން 5 ވަރަކަށް މަގާމް އުނިކުރުމަށްފަހު އެފައިސާ މިކަހަލަ ދެރަގޮތް މެދުވެރިވާ ފަރާތްތަކަށް އެހީތެރިވެ ދިނިއްޔާ ކިިހާރަނގަޅު

    10
  5. އައްޔު

    އެންސްޕާގެ އެހީތެރިކަމަށްއޭދޭ މިވަގުތު ހަވާލުވެހުރީ އެއްވެސް ރައްޔިތަކު އެކަހެރި ނުކުރާނެ ވެރިއެއް އަދި ރައްޔިތުންނަށް ކުރިން އެންސްޕާ މެދުވެރިވެގެން ނުކުރެވޭ ބައިވަރު ކަންތައްތައް އެކަމަނާ އެދަނީ ސާބިތުކަމާއިއެކު ކުރަމުން ސަމާ އަށް އަވަސް ޝިފާއެއްމިންވަރު ކުރައްވާންދޭވެ އާމީން

    3
    1
  6. Anonymous

    ބޭކާރު މަގާމުތަކުގެ ތެރެއިން 5 ވަރަކަށް މަގާމް އުނިކުރުމަށްފަހު އެފައިސާ މިކަހަލަ ދެރަގޮތް މެދުވެރިވާ ފަރާތްތަކަށް އެހީތެރިވެ ދިނިއްޔާ ކިިހާރަނގަޅު