އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖު 1445ގައި ބޮޒްނިއާ ސްޕޯޓްސް ކުލަބް އަދި ސީކޭ ކާސިންޖާސް ވާދަކުރި މެޗު ގަދަ ހިފުމުން ސީކޭ ކާސިންޖާސް ކާމިޔާބުކޮށްފިއެވެ.

ފުރަތަމަ ގޭމުގައި ބޭރުން ކުޅެމުންދިޔަ ސީކޭ ކާސިންޖާސް ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށްފައެވެ. އެތެރޭގައި ކުޅެމުންދިޔަ ބޮޒްނިޔާ ސްޕޯޓްސް ކުލަބަށް ސީކޭ ކާސިންޖާސް ގެ 8 ކުޅުންތެރިއަކު ނުބައި ކުރިއެވެ. ނަމަވެސް ސީކޭ ކާސިންޖީއިން ނުބައިވާ ކުޅުންތެރިން އާކުރަމުން ގޮސް ގޭމު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ވަނީ ކާސިންޖާސް ކޮށަށް ގޭމު އަނބުރާލާފައެވެ. މި ގޭމު ސީކޭ ކާސިންޖާސް އިން ކާމިޔާބުކުރީ 8-9 ގެ ނަތީޖާއަކުންނެވެ.

އެމްޓީސީސީ ބައިބަލާ :ބޮޒްްނިއާ އަދި ސީކޭ ކާސިންޖާސް ބައްދަލް ކުރި މެޗް:ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

ދެވަނަ ގޭމުގައި ބޮޒްނިއާ ސްޕޯޓްސް ކުލަބުން ބޭރުންއަރާ އެތެރޭގައި ކުޅެމުންދިޔަ ސީކޭ ކާސިންޖީގެ މައްޗަށް ކުރިހޯދާ މެޗުގެ ދެވަނަ ގޭމު ހޯދިއެވެ. މި ގޭމުވެސް ނިމެސް މިނެޓަކަށް ވެފައިވަނިކޮށް ބޮޒްނިއާ އިން ވަނީ މި ގޭމު އެ ޓީމުގެ ކޮޅަށް އަނބުރާލާފައިއެވެ. މި ގޭމު ބޮޒްނިއާއިން ކާމިޔާބުކުރުމާއި އެކު ކޮންމެ ޓީމަކަށް ގޭމެއް ލިބުނުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ގަދަ ހިފުމަށް ގޮސްގެންނެވެ.

ގަދަ ހިފުމުގެ ފުރަތަމަ ހިފުމުގައި ބޮޒްނިޔާގެ ކުޅުންތެރިޔާ އޮތީ އެތެރޭގައެވެ. ސީކޭ ކާސިންޖީގެ ކުޅުންތެރިޔާ އެރީ ބޭރުންނެވެ. ބޭރުންއެރި ކުޅުންތެރިޔާ ވަނީ 15 ސިކުންތު ވުމުގެ ކުރިން އެތެރޭގައި އޮތް ބޮޒްނިޔާ ކުޅުއްތެރިޔާގެ ގައިގައި އަތްލާފައި ނިކުމެފައެވެ. އަދި ގަދަ ހިފުމުގެ ދެވަނަ ހިފުމުގައި ސީކޭ ކާސިންޖާސްގެ ކުޅުއްތެރިޔާ ބޮޒްނިޔާގެ ކުޅުންތެރިޔާގެ ގައިގައި އަތްލާފައި ނުކުތެވެ.

މެޗުގެ ނަތީޖާ ނެހެން ފަހު ހިފުމެއް ހިފަން ޖެހުނެވެ. މި ހިފުމުގައި ގުރު ދިމާވެގެން ސީކޭ ކާސިންޖާސް ގެ ކުޅުންތެރިޔާ އެރީ ބޭރުންނެވެ. ބޮޒްނިޔާގެ ކުޅުންތެރިޔާ އޮތީ އެތެރޭގައެވެ. މި ހިފުމުގެ ވަގުތު ހަމަވާން 5 ސިކުންތަށް ވެފައިވަނިކޮށް ސީކޭ ކާސިންޖާސްގެ ކުޅުންތެރިޔާ ވަނީ އެތެރޭގައި އޮތް ބޮޒްނިޔާގެ ކުޅުންތެރިޔާގައިގައި އަތްލާފައި ނިކުމެފައެވެ. އެހެންކަމުން މި މެޗު ސީކޭ ކާސިންޖާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.

އެމްޓީސީސީ ބައިބަލާ :މޭން އޮފް ދަ މެޗު ސީކޭ ކާސިންޖާސް : ހުސެއިން ރަޝީދު :ވަގުތު އިިމޭޖެސް: އަހްމަދް މަމްދޫހް

އެމްޓީސީސީ އީދު ބައިބަލާ ޖެލެންޖު 1445ގައި ސީކޭ ކާސިންޖާސް އަދި ބޮޒްނިއާ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީކޭ ކާސިންޖާސްގެ ހުސެއިން ރަޝީދު އެވެ.

މިއަހަރުގެ ބައިބަލާ ޗެލެންޖުގެ ޓައިޓްލް ސްޕޮންސަރ އަކީ އެމްޓީސީ އެވެ. އަދި މީގެ އިތުރުން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެސްޓީއޯ އަކީ މިއަހަރުގެ މުބާރާތުގެ ޕާޓްނަރުންނެވެ. އަދި މީގެ އިތުރުން އާރުޑީސީ، ކެފޭޑިމާލެ، މުލަ މޯލްޑިވެސް ، ޖޮޒްޓީ، ޕީއެސްއެމް، ކޮޕިއަރ ޕްލަސް މި މުބާރާތުގައި އެކި ގޮތްގޮތުން އެހީތެރިކަންވެދެއެވެ. އަދި މި މުބާރާތުގެ އިވެންޓް މެނޭޖްމަންޓް ޕާޓްނަރަކީ އޮފިޝަލް އިވެސްޓްއެވެ. މީގެ އިތުރުން ޓެކްނިކަލް ޕާޓްނަރަކީ ނިއޯ ވޭވް އެވެ. އަދި މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަގުތު" އޮންލައިން އެވެ.