މިއަދު ކުރިއަށްގެންދިޔަ ފަދަ އިތުރު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް އޮތްތަނުގައިވެސް ކުރިއަށްގެންދާނެކަމުގެ އުފާވެރި ހަބަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފިއެވެ.
މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދިޔަ "ދުޅަހެޔޮ ހަށިހެޔޮއީދު" ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނާއި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ، ދުޅަހެޔޮ ހަށިހެޔޮ އީދުގެ ގޮތުގައި، ފާހަގަކުރެވުނު ހަވީރުގައި ބައިވެރިވި ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. ރައީސް ސޯލިހު ވިދާޅުވީ، މިއީ އެންމެ ދުވަަހަކު ފާހަގަކުރާނެ އީދެއް ނޫން ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު މިކަހަލަ އިވެންޓްތައް ބޭއްވިގެންދާނެ ކަމަށެވެ.
"އަޅުގަނޑަށް މިއަދު މިތަނުން ފެނިގެން މިދިޔައީ ދުޅަހެޔޮ ކަމާއި ރަނގަޅު ސިއްހަތުގައި، އެކުވެރިކަމާއެކު ކުރިއަށްދާން ތިިބި ރައްޔިތުންތަކެއް ތިބިތަން". ރައީސް ސޯލިހު ވިދާޅުވިއެވެ.
މިއަދު ކުރިއަށްގެންދިޔަ އެ ހަރަކާތުގައި ކުދި ބޮޑު ވަރަށް ގިނަ ބަޔަކު ބައިވެރިވިއެވެ. މިއަދުން ހެނދުނުން ފެށިގެން ކުރިއަށްގެންދިޔަ މި ހަރަކާތްތައް މާދަމާވެސް ކުރިއަށްދާއިރު، މި އިވެންޓް އިންތިޒާމް ކުރި ހުރިހާ ފަރާތްތަކަށް ރައީސް ސޯލިހު ވަނީ ޝުކުރު އަދާކުރައްވާފައެެވެ.
މާދަމާ ރޭ އޮންނާނީ، އިހުގެ މީހުންނާއި މިހާރުގެ މީހުންނާއި ކުޅޭ ހާއްސަ ފުޓްބޯޅަ މެޗެކެވެ.
ބިިރަކާ ނުލާ މަޖާ ކުރޭ.
މީހަކު ސަލާމް ކުރީމާ އެއްޗެހި ގޮވިއިރު ހީވަނީ އެހެން ކަމެއް ހެން.. އެތާގަ ތިބި އަންހެނުން ކުރުސޯޓުލާގެން އާންމުން ތެރޭ ތިބިއިރު މީހަކައް ފެނުނުތޭ..