ދިވެހިރާއްޖެއާއި ޗައިނާ އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުޅޭ އޭޝިއަން ކޮލިފިކޭޝަން މެޗު ބޯ މަތީގައި އޮތް އިރު އަދިވެސް ދަނޑުގެ ލައިޓިންގް ސިސްޓަމް ރަނގަޅު ނުކުރެވޭ ކަމަށް އެފްއޭއެމް ރައީސް ބައްސާމް އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.

ބައްސާމް މިހެން ވިދާޅުވީ މިރޭ ވީޓީވީގެ ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުންނެވެ.

މާދަމާ ރޭގެ 10 ޖެހުމާ ހަމައަށް ދަނޑުގެ ލައިޓިން ކަންތައް ނިންމުމަށް މެޗު ކޮމިޝަނަރު ވަގުތު ދީފައި ވާއިރު އަދިވެސް ލައިޓިންގް ސިސްޓަމް ރާއްޖެ ގެނެވިފައި ނުވެއެެވެ.

ބައްސާމް ވިދާޅުވީ ލައިޓިންގް ސާމާނު ގެންނަނީ ޗައިނާގެ ކުންފުންޔަކުން ކަމަށާއި އެ ސާމާނުތައް މާދަމާ މެންދުރުފަހު ވަގުތެއްގައި ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި މާދަމާރޭ 09:00 - 08:30 ހިސާބުގައި މަސައްކަތް ނިމޭނެ ކަމަށް އުއްމީދުކުރާ ކަމަށް ބައްސާމް ވިދާޅުވިއެވެ.

ފީފާއާއި އޭއެފްސީގެ ގަވާއިދުތަކަށް ފެއްތުމަށްޓަކައި ކޮންމެ ސަޕޯޓަރަަކަށް ވަކި ގޮނޑިއެއް ބަހައްޓަންޖެހޭއިރު މިހާރު ދަނޑުގެ ހާލަތު ހުރިގޮތުން ސަހަރާ ފަޅިއާއި ރެސްޓްރޫމް ކުރިމަތީގައި އޮންނަ ފަޅި އޮތީ ބޭނުންނުކުރެވޭ ހާލަތުގައި ކަމަށް ބައްސާމް ފާހަގަކުރިއެވެ. އެހެންކަމުން މެޗުގަ އެ 2 ފަޅި ބޭނުންނުކުރެވޭނެއެވެ.

މެޗަށް ދޫކުރެވެން އޮތް 3400 ޓިކެޓުގެ ތެރެއިން 1000 ޓިކެޓު ކަނޑައެޅިފައިވަނީ ޗައިނާ ސަޕޯޓަރުންނަށެވެ. އަންގާރަ ދުވަހުގެ ރޭގެ މެޗަށް ޗައިނާ ސަޕޯޓަރުންނަށް ކަނޑައެޅި 1000 ޓިކެޓު މިހާރުވެސް ވިކި ހުސްވެފައިވާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މޯދީ

    ތިޔަވިދާޅުވީ ލައިޓިންގް ސިސްޓަމަކީ ޗައިނާއިން ގެންނައެއްޗެކޭ އެހެންވީމާ ޗައިނާގެ ފުޓްބޯޅަޓީމު ރާއްޖެއަންނައިރު ލައިޓިންގް ސިސްޓަމް ގެންނާށޭބުނޭ އެހެންޏާފަހެ އަހަރެން މިއޮތީ އަތްދިއްކޮއްލީމަ އަތުގަޖެހޭހިސާބުގަ އެކަމަކުވެސް ހަމަ ޗައިނާއިންނޯ ލައިޓިންގ ސިސްޓަމް ގެންނާނީ އަޅޭ މަށާފަހެ ރުޅިވީތަ؟

    16
    1
  2. ާަޕޮގުބާު

    ކޮބާ؟ އަނގާފުޅާކޮއްކޮއްފަ އުޅޭ ޔޫތްމިނިސްޓރ

    17
    1
    • ބޭބީ

      ޔޫތު މިނިސްތަރުގެ ޒިންމާއެއް ނޫން ދަނޑަކީ އެފްއޭއެމްގެ ހަވާޅުގަ އޮންނަ ތަނެއް އެއީ މިނިވަން ނުފޫޒެއް ނުފޯރުވޭ ފީފާގެ ބޭބީއެއް

  3. ސައްދާމް

    ތިޔަގޮތައް ތިކަން ހުއްޓާތާދޯ އެހެންކަންކަމަށް ފައިސާތައް ފޮޅާތިލަނީ. ތިޔައުޅެނީ ސަރުކާރު ބޮލައްޖަހައިގެން ތިޔަކަން ހިންގުވަންވެގެން. އެފް އޭ އެމް މިހާރު އޮތީ ފެއިލްވެފަ.

    7
    8
  4. މުއްތު

    މަނިކުފާނު އިސްތިއުފާދޭންވީނޫން މަނިކުފާނަށް ތިކަމެއް ނުވިއެއްނޫން

    11
    3
  5. ކާފަބޭ2019

    ބައްސާމެވެ. ދަނޑުގެލައިޓުތައް ނުދިއްލޭތާ ކިހާދުވަހެއްވެއްޖެތޯ؟ އަމިއްލައަށްތިޔަގަބޫލުކުރީ އެއްވެސްގޮތަކަށް ތިޔަތަންހިންގުމުގެޤާބިލުކަމެއް ނެތްކަމުގައެވެ. ވީމާ އިސްތިއުފާދެއްވާފަގެއަށް ވަޑައިގަންނަވާށެވެ. ޤައުމީކަންކަމަށްފަރުވާތެރި ނުވެވޭނަމަކޮންމެވެސްއެހެންކަމަކާއުޅޭށެވެ.

    6
    1
    • ބޯޅަ

      ދަނޑު ބެލެހެއްޓުމަކީ އެފް އޭ އެމް ގެ ޒިންމާއެއް ނޫން. ދަނޑު ބަލަހައްޓަނީ ޔޫތު މިނިސްޓްރީއިން

  6. ވަގުތު

    އަދި ޓިކެޓު ވިއްކާ މިންމާފަ ނުވިތާކަށް މީހުން ދަނޑަށް ދިޔައިމަ ތިވާހަކަ ދައްކަން މަޑުކޮށްލަންވީނު

    13
  7. ޑޭ ލައިޓް

    ބައްތި ނެތިއްޔާ ދުވާލަށް ބަދަލު ކުރަންވީނުން.

  8. ސަޕޯޓަރު

    އަހަރުން ހުންނާނެ ޔޫތުމިނިސްޓަރަކު ބަހައްޓާފަ ތިކަން ކުރަން. އެސޮރު ކޮންތާކުވީ މިހިސާބަށް ދިޔައިރު؟ މިރޭ މެޗު ކުޅޭކަން އެނގުނީ ރޭގަތަ އަދިވެސް ތިޔަކަމެއް ނުވެފަ ތިއޮތީ؟ ސަހާދަތްމިބުނީ މިމީހުން ގޮވައިގެން ނުވާނެ މިކަމެއް.

    4
    1
  9. ހިޔަމި

    ފީފާއިން ކުރާކަމެއް ވޯލްޑްކަޕް ކޮލިފައި މެޗުތަޢް ބޭވުމަކީ އެހެން ވީމަ އެފް އޭ އެމް ޒިއްމާ ވާން ޖެހޭނީ