ފަހަތުން އަރާ ކާމިޔާބުކުރި ހަތަރު ލަނޑާއެކު "ޑުޕަ ފިފްޓީން" މަޅި ފުޓްސަލް ޗެލެންޖުގެ ފައިނަލުގައި ވަރުގަދަ މަސްއޮޑި ސްޕޯޓްސް ކުލަބް 4-3 ގެ ނަތީޖާއަކުން ބަލިކޮށް މަސްއޮޑި ޓައިޓަންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މުބާރާތުގެ އެއް ފެވަރިޓް މަސްއޮޑި ސްޕޯޓްސް ކުލަބުގައި ރާއްޖޭގެ ނަން މަޝްހޫރު ގިނަ ފުޓްސަލް ތަރިންތަކެއް ތިއްބެވެ. އެ ޓީމު ބަލިވީ ތިން ގޯލުގެ ލީޑެއްގައި ވަނިކޮށް މެޗުގެ ދެވަނަ ހާފުގައި މަސްއޮޑި ޓައިޓަންސް އިން ކާމިޔާބުކުރި ހަތަރު ގޯލާއެކު އެވެ.
މެޗު ވަރުގަދަކޮށް ފެށީ މަސްއޮޑި ސްޕޯޓްސް ކުލަބުންނެވެ. އާދައިގެމަތިން އެ ޓީމުން ކުރިޔަށްޖެހި އިދިކޮޅު ޓީމަށް ކުރާ ޕްރެޝަރު މި މެޗުގައިވެސް ކުރިއެވެ. ނަތީޖާއެއްގެ ގޮތުން މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ކުރިހޯދީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަހުމަދު (އަޔާ) އެވެ. މި ގޯލަށްފަހު މަސްއޮޑި ޓައިޓަންސް އަށްވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. ނަމަވެސް މަސްއޮޑި ސްޕޯޓްސްގެ ފަހަތުން ކީޕަރު ތާޑޭ ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ.
މަސްއޮޑި ސްޕޯޓްސް ކުލަބުގެ ދެވަނަ ލަނޑު ކާމިޔާބުކުރީ ހުސެއިން ޝަރީފް (އޮންލީ) އެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބުކުރީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި އަޔާ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ތިން ގޯލުގެ ލީޑުން މަސްއޮޑި ސްޕޯޓްސް ކުލަބް ކުރީގައި އޮވެގެންނެވެ. މި ހާފުގައި އަޔާ ކާމިިޔާބުކުރި ދެ ލަނޑުގައިވެސް އޭނާގެ އިންޑިވިޖުއަލް ހުނަރު ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އެވެ.
ދެވަނަ ހާފުވެސް ވަރުގަދަކޮށް ފެށީ މަސްއޮޑި ސްޕޯޓްސް ކުލަބެވެ. ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް އެ ކުޅުން މަސްއޮޑި ސްޕޯޓްސް ކުލަބަށް މާގިނައިރަކު ހިފަހައްޓައެއް ނުލެވުނެވެ. ނަތީޖާއެއްގެ ގޮތުން މަސްއޮޑި ޓައިޓަންސް އިން ފުރަތަމަ ލަނޑު ޖެހިއެވެ. އަރިމަތިން އޮންލީ ކައިރިން ކަޓުވާލުމަށްފަހު ދަނޑުގެ މެދަކާއި ހިސާބަށް އައިސް ގޯލުގެ ކަނަށް ތިރިތިރިން ފޮނުވާލި ބޯޅައިން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް ރިމާހު އެވެ.
މި ލަނޑަށްފަހު މަސްއޮޑި ސްޕޯޓްސް ކުލަބުގެ ކުޅުން ވަރަށް ބޮޑުތަން ދަށްވިއެވެ. ފުރަތަމަ ހާފުގައި ފެނިގެންދިޔަ ފަދަ ކުޅުމެއް މި ހާފުގައި އެ ޓީމަކަށް ނުދެއްކުނެވެ. ނަތީޖާއެއްގެ ގޮތުން މަސްއޮޑި ޓައިޓަންސް އިން ލިބޭ ބޯޅަތަކުގެ ބޭނުން ހިފައި ނަތީޖާ އަނބުރާލަން މަސައްކަތް ކުރުމެވެ. އެ މަސައްކަތްތަކާއި އެކު ޓައިޓަންސް ޓީމުގެ ދެވަނަ ކާމިޔާބުކޮށްދިނީ އަހުނަފު ރަޝީދު އެވެ. މިއީ މަސްއޮޑި ސްޕޯޓްސް ކުލަބުގެ ކުޅުންތެރިން އަތުން ގެއްލުނު ބޯޅައާއެކު ކުރިޔަށް އެރި ދަނޑިވަޅު ކީޕަރު ތާޑޭ އޭރިއާ ބޭރުގައި ހުރި ވަގުތު ތިރިތިރިން ގޯލުގެ ކަނަށް އަމާޒުކޮށް ފޮނުވާލި ބޯލައިން ކާމިޔާބުކުރި ލަނޑެވެ.
މަސްއޮޑި ޓައިޓަންސް އިން ނަތީޖާ ހަމަހަމަކުރި ލަނޑު ޖަހާފައިވަނީ އެ ޓީމުން ދެވަނަ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީހެވެ. މިއީ ކީޕަރު ތާޑޭ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން މަސްއޮޑި ޓައިޓަންސް އިން ކާމިޔާބުކުރި ލަނޑެކެވެ. މެޗުން މަސްއޮޑި ޓައިޓަންސް މޮޅުވި ލަނޑު ޖަހާފައިވަނީ މެޗު ނިމެން ގާތްވެފައިވަނިކޮށެވެ. މި ލަނޑު ކާމިޔާބުކުރީ އިބްރާހިމް ސިމާހު އެވެ.
މުބާރާތުގެ ފައިނަލް މެޗު ނިމުމުން ވަނަވަނައަށް ހޮވުނު ޓީމުތަކާއި ކުޅުންތެރިންނަށް ޓްރޮފީއާއި ހަނދާނީ ލިޔުން ދީފައިވެއެވެ. އަދި މުބާރާތަށް އެކިގޮތްގޮތުން އެހީތެރިވި ފަރާތްތަކާއި ސްޕޮންސަރުންނަށް ވަނީ ހަނދާނީލިޔުން ދީފައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 25000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ރަނަރަޕް ޓީމަށް 8000 ރުފިޔާ ވަނީ ދިނުމަށް ނިންމާފައިވެއެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް ދީފައިވަނީ 15000 ރުފިޔާގެ އަގުހުރި ޓްރޮފީއެކެވެ. މީގެއިތުރުން މުބާރާތުގެ އެކި ވަނަވަނައަށް ދިޔަ ކުޅުންތެރިންވެސް ހޮވާފައިވެއެވެ.
މުބާރާތުގެ ކިންގް އޮފް ދަ ޓޯނަމަންޓް - އަޔާޒް އަހުމަދު (މަސްއޮޑި ސްޕޯޓްސް ކުލަބް)
މުބާރާތުގެ ޓޮޕް ސްކޯރާ - އަޔާޒް އަހުމަދު (މަސްއޮޑި ސްޕޯޓްސް ކުލަބް)
މުބާރާތުގެ އެންމެ މޮޅު ކޯޗު - އަބްދުﷲ ޝައްފާން (ޝާކާ) - މަސްއޮޑި ޓައިޓަންސް
މުބާރާތުގެ 21 އަހަރުންދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ - އަހުނަފު ރަޝީދު - މަސްއޮޑި ޓައިޓަންސް
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިން
- އަޔާޒް އަހުމަދު - މަސްއޮޑި ސްޕޯޓްސް ކުލަބް
- ހުސެއިން ޝަރީފް (އޮންލީ) - މަސްއޮޑި ސްޕޯޓްސް ކުލަބް
- މުހައްމަދު ވިލްފް - މަސްއޮޑި ޓައިޓަންސް
- މިންހާޖް - މަސްއޮޑި ޓައިޓަންސް
- އިބްރާހިމް ރިމާހު - މަސްއޮޑި ޓައިޓަންސް
ވަނަވަނައަށް ދިޔަ ފަރާތްތަކަށް ޓްރޮފީ އަދި ސެޓްފިކެޓް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނުން ކަމަށްވާ ރީޖަނަލް އެއާޕޯޓްސްގެ އެމްޑީ މުހައްމަދު ރިޒްވީ އާއި މަސްއޮޑި ސްޕޯޓްސް ކުލަބުގެ ރައީސް މުމްތާޒް ހިލްމީ އާއި ކުޑަހެންވޭރު ޔުނައިޓެޑްގެ ރައީސް އިބްރާހިމް އަލީފް ރައޫފް އެވެ. މިއަހަރުގެ މުބާރާތުގެ ކާމިޔާބީއާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް މަޅި މޯލްޑިވްސްއިން ވަނީ ނިންމާފައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ބިގްމޭން ގެ "ޑުޕްރ ފިފްޓީން" އެވެ. ކޯ ސްޕޮންސަރަކީ އެސޯސިއޭޝަން ފޯ ޔޫތް އެމްޕަވަރމެންޓް އޮފް ގެމަނަފުށިއެވެ. މީގެއިތުރުން ވަން ކްލިކް މޯލްޑިވްސްއިން ހޯލްސޭލްކުރާ ލެމާރ ޖޫސްޕެކެޓާއި، ހުޅުމާލޭ ޑްރައިވަރސް އެސޯސިއޭޝަންނަކީ ވެސް ކޯ ސްޕޮންސަރުންނެވެ. ބެވެރޭޖް ޕާޓްނަރަކީ ރެޑްބުލްއެވެ.
ބޯލް ޕާޓްނަރަކީ މާކުއީ އެވެ. ސައުންޑް ޕާޓްނަރަކީ އޮފިޝަލް އިވެންޓްސް އެވެ. އަދި ޕްރިންޓިންގ ޕާޓްނަރަކީ ކުލަ މޯލްޑިވްސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ، ދެން، ވަގުތު، ފަހުމިނެޓް އަދި މޯލްޑިވްސް ފުޓްސަަލް ޕްލޭޔާރސްއެވެ. އެހެނިހެން ސްޕޮންސަރުންނަކީ އަފޫ ޕެއިންޓްސް، މެރިލައިން މޯލްޑިވްސް، ޓޮޕް ތްރީ މޯލްޑިވްސްގެ އިތުރުން ޓްރިޕަލް އޭ އެޗް އެވެ.
ވަރުގަދަ މަސްއޮޑިޔޯ... މަގުމަތީ ގުރޫޕު ޖަހާފަ ތިބެ އަންހެން ކުދިންނަށް ފޮށުމާ ހިސާބުގަނޑު މީހުނަށް ޖެއްސުންކޮށް ތެޔޮބޮއެ ނުކިޔަވާ ވަޒީފާގަނޑަކަށް ނުގޮސް ލާޗާރުބިޗާރަށް ތެޅުމާ ކުލީ ސައިކަލު ހޯދައިގެން މަވަރެއް ނެތިގެން މާލެ ތެރޭ ގޮޅިޖެހި ގަމީސްގަނޑެއް ލައިގެން އެހެން މީހަކަށް ނުބަލާ ފެލާފަ ސައިކަލު ބުރުޖަހަން ވަރުގަދައީ!!
ތީ ގޭންގްސްޓާރުން ދީނާއި ޤައުމަށް ހުރި ލަދުވެތިކަމެއް
އިދު ކޮޅު ޓީމަށް ނުކެރޭނެތާ ބޯޅާއަތުލަން ޓެކުލެއް ޗާޖެއް ކޮއްލަންވެސް. އެހެންވީމަ މަސްއޮޑިތަކަށް މަރުހަބާ
ބަލިގަބޫލު ކުރަން ނޭނގޭ ބައެއް.. ކޮން ވަރުގަދަ މަސްއޮޑިއެއް.. ގަދަ ބާރުން ތަޅާފޮޅައިގެން ހުރިހާ ކަމެއް ކުރަން އުޅޭ ފޫހި ވާނުވާ ބައިގަނޑެއް..ހިތުން މާ ވަރުގަދަ ބައެއް.. ފެނުނަސް ހޮޑުލަވާ
ޔޫސް ލެސް ހެޑްސް.
ހިތުން ވަރަށް މޮޅު ބައެއް..ކިރިޔާ ކަމެއް ވާއިރަށް ވަޅި ހިފައިގެން އަންނަ..