ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި އައިސްލޭންޑު އަތުން އެއްވަރު ވުމަކީ ބަދުނާމެއް ކަމަށާއި އެމެޗުގައި ކުޅުނު ގޮތަށް ކުޅެގެން އާޖެންޓީނާ ކޯޗު ސަމްޕައޯލީ ގައުމަށް ނާރުވާނެ ކަމުގެ އިންޒާރު އެގައުމުގެ ލެޖެންޑު މެރެޑޯނާ ދީފިއެވެ.
ސްޕާޓަކް ސްޓޭޑިއަމްގައި ކުޅުނު މިމެޗު ބަލަން މެރެޑޯނާ ހުރި އިރު މިހާރު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ވަނީ މެޗުން މޮޅުވާން ލިބުނު ޕެނަލްޓީގެ ފުރުސަތު ގެއްލުވާލާފައެވެ. މެޗުގެ 19 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑު ސާޖިއޯ އަގުއޭރޯ އެޓީމަށް ކުރި ހޯދައިދިން ނަމަވެސް ހަތަރު މިނެޓު ފަހުން އައިސް ލޭންޑުން ވަނީ އެޓީމުގެ ފުރަތަމަ ވޯލްޑް ކަޕު ލަނޑު ކާމިޔާބު ކޮށް ނަތީޖާ އެއްވަރު ކޮށްފައެވެ.
" އައިސްލޭންޑުގެ ކުޅުންތެރިންނަކީ 1.90 މީޓަރު ދިގު ކުޅުންތެރިންކަން އެނގި ތިބެ މެޗަށް ވާންޖެހޭ ވަރަށް ތައްޔާރު ނުވުމަކީ ބޮޑު ލަދެއް، ކުރަންޖެހޭ ވަރަށް މަސައްކަތް ނުކުރެވުނު ނަމަވެސް ކުޅުންތެރިން ބަދުނާމު ނުކުރާނަން، މެސީ އަށް ބަލާއިރު މެސީ އަށް ކުރެވުނު ހުރިހާ ކަމެއް ކުރި. " 1986ގެ ވޯލްޑް ކަޕު ކާމިޔާބު ކުރި މެރެޑޯނާ ބުންޏެވެ.
މެޗުގެ 63 ވަނަ މިނެޓުގައި ލިއޮނެލް މެސީ އަށް ލިބުނު ޕެނަލްޓީ އައިސްލޭންޑުގެ ކީޕަރު ހޭންސް ހަލްޑޯސަން ދިފާއު ކުރުމުން މެސީ އަށް ވަނީ ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައެވެ. "އަހަރެންގެ އަތުން 5 ޕެނަލްޓީ ކާމިޔާބު ނުވެ ދިޔަ، ނަމަވެސް މިހާރުވެސް އަހަރެންގެ ނަމަކީ ޑިއެގޯ މެރެޑޯނާ، އަހަރެން ގަބޫލެއް ނުކުރަން އާޖެންޓީނާ އަތުން 2 ޕޮއިންޓު ގެއްލުނީ މެސީ ޕެނަލްޓީ ނުވެއްދުމުން ކަމަށް" މެރެޑޯނާ ބުންޏެވެ.
ގުރޫޕް ސްޓޭޖުގެ ދެވަނަ މެޗު އާޖެންޓީނާ ކުޅޭނީ ޖޫން 21 ވަނަ ދުވަހު ސެއިންޓް ޕީޓާސްބާގް ގައި ކްރޮއޭޝިޔާ އާއި ދެކޮޅަށެވެ.
މީހާދަ މޮޅު މީހެއް އަނެއްކާ ތީމޮޅުމީހެއްނޫން
އަންހެން އައިނެއް އެޅުނީމަ ހާދަ ފޮނިވެފަ!
ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެ
އެންމެ ފުރަތަމަ އާޖެންޓީނާ އިން މަރަޑޯނާ ބަލައިގަނޭތަ؟ ތިހާ މޮޅުމީހަކަު ހުއްޓާ ގައުމުން ބޭރު ކޯޗެއްލައިގެން އެކުޅެނީވެސް... ކުޅުންތެރިއެއްގެ ގޮތުން މޮޅަސް ކޯޗެއްގެ ގޮތުގައި މަރޭ އަކި ފެއިލިއާއެއް
އަނގަފޭނުކުރޭ. ތިޔައީ އަތުން ގޯލްޖަހާމީހެއް. އެހެންނޫނަސް ތިޔަހާމޮޅުމީހެއްނަމަ ކޯޗަކަށް ހުންނާނީ ކަލޭ. އިސްކޮޅަށްވުރެބޮޑެތިވާހަކަ ނުދައްކާ! ކޯޗް ގައުމަށްވެސް އަރުވާނަން. ވޯލްޑްކަޕަށް ކިރިޔާ ކޮލިފައިވިޓީމު ފުރަތަމަބުރުން ކަޓަންވެސް ކަޓާނެ. ހައްހައްހައްހައްހައްހައްހައްހާހާހާހާ!
ކޯޗު ފަހަތުން މެސީވެސް އަރުވައިގެން ނުވާނެ! ޕެނަލްޓީ ނަގާލީ މެސީ. ކޯޗެއްނޫން!
ކަލޭގެ އެކަނި ޤައުމެއްތަތީ؟
ޚކަލެމެނަކާކި
މެރެޑޯނާ އަކީ، އިންސާފެއް ނެތް، ނުބައިނުލަފާ މީހެއްކަން ވަރަށް ރަނގަޅަށް ހާމަވެއްޖެ އެވެ.
ކޯޗު އާންދޭ ރާއްްޖެ