ފާނައިގެ ގިނަ ބާވަތްތަކަކީ ދުނިޔެއިން ނެތި ފަނާވެގެންދާނެ ކަމުގެ ބިރު ހީވެފައިވާ ބާވަތްތަކެކެވެ. މީގެތެރެއިން ކަސް ފާނަ ނުވަތަ އެންމެ ބޮޑު ވައްތަރުގެ ގޮލައެތް ފާނަ އަކީ މަދުން ނޫނީ ނުފެންނަ ވައްތަރުގެ އެންމެ ބޮޑެތި ފާނައެވެ. މި ވައްތަރުގެ ފާނައިގެ މަސްވެރިކަން ކުރުމަކީ މަނާ ކަމެކެވެ.
މީސް މީޑިއާގައި ދާދިފަހުން ފެނިގެންދިޔައީ ޗެލްސީ އަދި އެމެރިކާ ގައުމީ ޓީމުގެ މިޑްފީލްޑަރ ކްރިސްޓިއަން ޕުލިސިޗް ޗުއްޓީ ހޭދަކުރަން އުޅުމުގެ ތެރޭގައި އޭނާއަށް ކުރިމަތިވި ކަމެކެވެ.
އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ ކުޑަ ލޯންޗެއްގެ ތެރޭގައި ބޯޅަ "ޖަގަލް" ކުރަމުންދިޔަ އިރު، ލޯންޗާއި ގާތު މޫދުގައި ކަސްފާނަ އޮތްއިރު ޕުލިސިޗް އިނީ ބާނާފައި އޮތް ކަމަށް ބެލެވޭ ފާނައާއި ދިމާލަށް މޫދަށް ދެފައި ބޭރުކޮށްގެން ބޯޅަ "ޖަގަލް" ކުރާށެވެ.
ޕުލިސިޗް ބޯޅަ ކުޅެން އުޅެނިކޮށް ބޯޅައިގެ ކޮންޓްރޯލް ގެއްލި އިސާހިތަކު އޭނާ މޫދަށް، ކަސްފާނަ މައްޗަށް ވެއްޓޭތަން އެ ވީޑިއޯއިން ފެނިގެންދެއެވެ. އެއާއެކު ކަނޑުގެ ދިރުންތައް ހިމާޔަތްކުރަން މަސައްކަތްކުރާ ބައެއް ޖަމާއަތްތަކުން ވަނީ ޕުލިސިޗް އަށް ފާޑުކިޔަން ފަށާފައެވެ. އަދި ހިމާޔަތްކޮށްފައިވާ މަހެއް ބޭނުމުން އެކަމަށްވެސް ފާޑުކިޔާފައިވެއެވެ.
ޗެލްސީއަށް މިދިޔަ ސީޒަނުގައި 43 މެޗު ކުޅެދީ ހަ ގޯލު ޖަހާފައިވާ ޕުލިސިޗް އަށް ފާޑުކިޔާ މަޝްހޫރު ބްލޫ ޕްލެނެޓް ސޮސައިޓީން ވަނީ ޓްވީޓުވެސް ކޮށްފައެވެ. އެ ސޮސައިޓީން ވަނީ މިއީ ވަރަށް ދަށު ދަރަޖައިގެ އަމަލެއްގެ ގޮތުގައި ސިފަކޮށްފައެވެ.
Abusing a threatened goliath grouper for a social media video is a new low. https://t.co/Km1qUi1tmp
— Blue Planet Society (@Seasaver) July 4, 2021
ކަސްފާނަ އަކީ ރާއްޖޭގައިވެސް ހިމާޔަތްކޮށްފައިވާ މަހުގެ ބާވަތެކެވެ.
މީދެން ފާޑުކިޔާވަރުކަމެއްތަ؟