މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ސްރީލަންކާ ކޮޅަށް ރާއްޖޭގެ ކެޕްޓަން އަކްރަމް އަބްދުލްޢަނީ ޖެހި ލަނޑު ހާއްސަކުރީ މިދިޔަ އާދީއްތަ ދުވަހު އުފަންވި އޭނާގެ ތިންވަނަ ދަރިފުޅަށެވެ.

މި ލަނޑު އަކްރަމް ކާމިޔާބުކޮށްފައިވަނީ މެޗުގެ 8 ވަނަ މިނެޓުގައި އަލީ އަޝްފާގު (ދަގަނޑޭ) ނަގައިދިން ހުރަހެއްގައި އޭރިއާ ތެރޭގައި ހުރެ ބޮލުން ގޯލުގެ ކަނަށް އަމާޒުކޮށްގެންނެވެ.

މި ލަނޑު ކާމިޔާބުކޮށް ހުރިހާ ކުޅުންތެރިންނާއެކު އުފާފާޅުކުރި އިރު އޭނާ ވަނީ ދަރިއެއް ލިބުނުކަން ހާމަކޮށް އުފާފާޅުކޮށްފައެވެ.

ލަނޑު ޖެހުމަށްފަހު އަކްރަމް އާއި ދަގަނޑޭ އުފާފާޅުކުރަނީ-- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަކުރަމް އަށް މިދިޔަ އާދީއްތަ ދުވަހު ލިބުނީ ފިރިހެން ކުއްޖެކެވެ. މިއީ އަކްރަމްގެ ތިންވަނަ ދަރިފުޅެވެ. ރާއްޖޭގެ ކެޕްޓަން އަކްރަމް ޖެހި މި ލަނޑާއެކު އޭނާ ވަނީ ޓީމުގެ ކުޅުންތެރިންނާއެކު ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ވގ

    ލަންކާ އެއްކުޅުންތެރިޔަކު 4ލަޑު ހަދިޔާ ކުރީ އަކުރަމައް

    6
    3
  2. މޫސާ

    ކަލޭމެން ފުޓުބޯޅަ ނުކުޅެ މިސްކިދު އިމާމުކަން ކުރިއްޔާ މާރަގަޅުވާނެ.

    2
    7
  3. މުހައްމަދު

    ލަނކާގެ 1 ކުޅުންތެރިއަކު 4 ލަނޑުޖެހުމުން ހާމަވަނީ އޭނާ މާކުކޮއްގެން ކުޅެފަިވާމިންވަރު. މިއީ ރާއްޖޭގެ މީހުންގެ ދުލުގެވިހަ.ޚާއްސަކޮއް މީޑިޔާގެ ބައެއްމީހުންގެ. ކިޔަންވާނެއެއްޗިއްސާއި ނުކިޔަންވާނެ އެއްޗެތި އޮޅުންފިލާފައެއްނެތް. ކާކުބާ އެމީހާގެ މޮޅުކަމުން ދުނިޔެއަށް އައިސް އުޅެނީ.