ފްރާންސާއި ކްރޮއޭޝިއާ ބައްދަލުކުރި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗް ކުޅެމުން ދަނިކޮށް ފުލުހުންގެ ޔުނީފޯމްގައި ތިބެ ދަނޑަށް އެރީ ރަޝިއާގައި ހަރަކާތްތެރިވާ ސިޔާސީ ޖަމާޢަތެއްގެ އެކްޓިވިސްޓުންތަކެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
މެޗްގެ ދެވަނަ ހާފްގެ ކުޅުން ކުރިއަށް ދަނިކޮށް 52 ވަނަ މިނެޓްގައި ހަތަރު މީހަކު ވަނީ ދަނޑަށް އަރާފައެވެ. ދަނޑައަށް އަރާފައި ވަނީ ތިން އަންހެނުންނާއި ފިރިހެނެކެވެ. އެހަތަރު މީހުން ވެސް މިހާރު ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން މޮސްކޯގެ ޕޮލިސް ސްޓޭޝަނެއްގައި ހައްޔަރުކޮށްފައި އެބަތިބި ކަން ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ކަށަވަރު ކޮށްދެއެވެ.
ދަނޑަށް އެރި މީހުން ނިސްބަތްވާ ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނީ އެމީހުން ދަނޑަށް އެރީ ސޯވިއެޓް ޔޫނިއަންގެ ނިންމުންތަކާއި ދެކޮޅު ހެދި ޅެންވެރިޔާ ޑްމިރިޓް ޕްރިގޯވް މަރުވިތާ 11 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަމަށެވެ. އިއްޔެ އަކީ ޓްމިރިޓް މަރުވިތާ 11 އަހަރު ފުރުނު ދުވަހެވެ.
ދަނޑަށް އެރި މީހުން ނިސްބަތްވާ ޖަމާޢަތަކީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންގެ ސިޔާސަތައް ވެސް ވަރަށް ބޮޑަށް ފާޑުކިޔާ ޖަމާޢަތެކެވެ. އެޖަމާޢަތުން ގެންދަނީ ރަޝިއާގެ ފުލުހުންނަށް އެކަށީގެންވާ މިންވަރަށް ވުރެ އިތުރު ބާރުތަކެއް ދީފައިވާ ކަމަށް ބުނެ އެކަމާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.
THIS. ALL THIS 🙌 pic.twitter.com/tOtCx39owk
— Men in Blazers (@MenInBlazers) July 15, 2018
ވޯލްޑްކަޕް ކުރިއަށް ދާއިރު ވެސް ސަލާމަތީ ފިޔަވަޅުތައް މާބޮޑަށް ވަރުގަދަ ކޮށްފައިވާ ކަމަށް ބުނެ އެޖަމާޢަތުން ވަނީ ކުރިން ފާޑުކިޔާފައެވެ.
ދަނޑަށް އެރި މީހުންގެ މައްޗަށް ދައުވާ ކުރުމާއި މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ޚަބަރުތައް ބުނެއެވެ. ދަނޑަށް އެރި ހަތަރު މީހުންނަށް ކުރިއަށް އޮތްތަނުގައި ފީފާ އިން އިންތިޒާމް ކުރާ އެއްވެސް މެޗެއް ބަލަން ސްޓޭޑިއަމް އަށް ވަނުމުގެ ފުރުސަތު ނުލިބޭނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމްޑީޕީ ގުންޑާއިން އުޅޭވައްތަރައް އުޅޭ ބައެއް އެއީ
ޕީޕީއެމް މީހުންގެ އަނިޔާވެރިކަން އެފެންނަނީ
މަހީކުރީ ކޮރޭޝިއާ ޓީމު ބަލާއައި ބޯޓުގެ ޕައިލެޓާ ކެބިންކުރޫ އިންކަމަށް.
ރޮޒޭނާ، މާރިޔާ، އީވާ، މަހުލޫފް ދޯ
ޕަބްލިކް ސަޓަންޓް ދޯ.
ފޯކާ ބިލަތާ ކަރަންފުލާ އެއީ