މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން މިއަހަރުގެ ފުރަތަމަ މުބާރާތް ކަމަށްވާ 8 ބޯލް އެސޯސިއޭޝަން ކަޕުގެ ޗެމްޕިއަންކަން ހަސަން ޝާޒް މުހައްމަދު ހޯދައިފިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ޝާޒް ހޯދާފައިވަނީ ފައިނަލުގައި އިސްމާއީޅް ޖީހާން އާއި ވާދަކޮށް 6 ފްރޭމް 9 ފްރޭމުން މެޗު ކާމިޔާބުކޮށްގެންނެވެ.

ޖުމްލަ 76 ކުޅުންތެރިންނާއެކު ކުރިޔަށްދިޔަ މި މުބާރާތް ޝާޒް ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރާ ހޯދި ޕޮއިންޓުތަކުންނެވެ. ޖީހާން ވަނީ މި މެޗުގެ ކުރީކޮޅު މޮޅު ކުޅުމެއް ކުޅެފައެވެ.

މީގެއިތުރުން މި މެޗަށްފަހު ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ގައުމީ ބިލިއާޑް އަންހެން އަދި ފިރިހެން ޓީމަށް ހޮވުނު ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ހޮވާފައެވެ. އަދި އެ ކުޅުންތެރިންނާއި އޮފިޝަލުންނަށް ވަނީ ޖާރޒީ ދީފައެވެ.

ގައުމީ ފިރިހެން ބިލިއާޑް ޓީމަށް ހޮވުނު 8 ކުޅުންތެރިން

  • ހަސަން ޝާޒް މުހައްމަދު
  • ހުސެއިން ފަޔާޒް
  • މުހައްމަދު ޝަރީފް
  • ހަސަން ޝަފްރާޒް
  • އިސްމާއީލް ސުވެއިދު
  • މުހައްމަދު ސާހިލް
  • އަލީ ފަޔާޒް
  • އިސްމާއީލް ޖީހާން

މީގެއިތުރުން އޮފިޝަލުންގެ ގޮތުގައި ދެ މީހެއް ވަނީ ހިމަނާފައެވެ. އެއީ ޝާޒިން ސަމަދު އަދި ހުސެއިން ސަނީފް އެވެ.

  • ގައުމީ އަންހެން ބިލިއާޑް ޓީމަށް ހޮވުނު 4 ކުޅުންތެރިން
  • ދީނާ މުހައްމަދު
  • ފަޒްނާ މުސާ
  • އާމިނަތު އަޒުރާ
  • ދީނާ މުހައްމަދު

މި މުބާރާތުގެ ކާމިޔާބީއަށްފަހު ދެން ކުރިޔަށް އޮތީ 8 ބޯލް ޗެމްޕިއަންޝިޕް އެވެ. މި މުބާރާތް ތާވަލުކޮށްފައިވަނީ އަންނަ މަހުގައެވެ.