މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 މުބާރާތް އިއްޔެ ފަށައިފިއެވެ.

މި މުބާރާތް ކުރިއަށް ދާނީ 21 ނޮވެމްވަރުގެ ނިޔަލަށް މޯލްޑިވްސް ނޭޝަނަލް ޓެނިސް ސެންޓަރުގައެވެ. މިމުބާާރާތުގައި ޖުމްލަ 35 ކުޅުންތެރިން ކުޅޭނެއެވެ.

މިމުބާާރާތުގައި ރާއްޖެއިގެ އިތުރުން އޮމާން، މެލޭޝިޔާ، ބަހުރެއިން، ތައިލެންޑް، އަދި ސްރީލާނަންކާއިންވެސް ވަނީ ބައިވެރިވެފައެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 މުބާރާތް ފެށުމުގެ ރަސްމިއްޔާތު

މިމުބާރާތް ރޭ އިފްތިތާހް ކޮށްދެއްވީ ޔޫތް މިނިސްޓަރ އަހްމަދު މަޚްލޫފް އެވެ.

މޯލްޑިވްސް ޓެނިސް ޗެލެންޖް 2022 މުބާރާތް ފެށުމުގެ ރަސްމިއްޔާތު

މިއީ ރާއްޖޭގައި ދެވަނަ ފަހަރަށް ބޭއްވާ އިންޓަނެޝަނަލް ޓެނިސް މުބާރަތެކެވެ. މިމުބާރާތުގައި 12 އަހަރާއި 14 އަހަރާއި އަދި ޖޫނިއަރ ކެޓެގަރީގެ ފިރިހެން އަދި އަންހެން ކުޅުންތެރިން ފެނިގެން ދާނެއެވެ. މިމުބާރަތުގައި ތައިލެންޑްގެ މުބާރާތުން 1 ވަނަ އަދި 2 ވަނަ ރޭންކް ހޯދި ކުޅުންތެރިންގެ އިތުރުން މެލޭޝިޔާގެ 12 އަހަރުންދަށުގެ 1 ވަނަ ހޯދި ކުޅުންތެރިޔާ ވެެސް ފެނިގެން ދާނެެއެވެ.

މިއީ ޓެނިސް އެސޭސިއޭޝަނުން ވަރަށް ފުރިހަމައަށް އިންތިޒާމް ކޮށްގެން ގެންދާ މުބާރާތެކެވެ.