ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ޖޫނިއަރ އެއްމާބަނޑު ދެ އަންހެން ކުދިންނަށް ލޯބި ހުށަހެޅި ވާހަކަ ފަޅާއަރުވައިފިއެވެ.

ނޭމާ ޖޫނިއަރ ރައްޓެހިވާން މަސައްކަތްކޮށްފައިވަނީ ބްރެޒިލްގެ ދެ ވޮލީބޯޅަ ކުޅުންތެރިންނާއިއެވެ. އުމުރުން 23 އަހަރުގެ ޒުވާން ދެ އަންހެން ކުދިންގެ ތެރެއިން މި ވާހަކަ އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް ގެނައީ ކޭޓް އަލްވޭޒްއެވެ. ކޭޓް ބުނީ ނޭމާ އެންމެ ފުރަތަމަ ލޯބި ހުށަހަޅާފައިވަނީ އޭނާގެ ދައްތަ ކޭ އަލްވޭޒްއަށް ކަމަށެވެ.

"އޭނާ ފުރަތަމަ މެސެޖްކުރީ އަހަރެންގެ ޓްވިން ދައްތައަށް. އެއީ ދައްތަ ލޯބީގެ ގޮތުން މީހަކާއި ގުޅުމުގެ ކުރިންނެވެ. ދައްތަ ރިލޭޝަންޝިޕަކަށް ދިޔަ ފަހުން ނޭމާ އޭނައަށް މެސެޖްކުރުން ހުއްޓާލި. ދެން އޭނާ ކުރި ކަމެއް އިނގޭތަ؟ ދެން އޭނާ މެސެޖްކުރީ އަހަންނަށް" ކޭޓް ބުނެފައިވެއެވެ.

އިންސްޓަގްރާމްގައި މި ވާހަކަ ހިއްސާކުރަމުން ކޭޓް ބުނެފައިވާގޮތުން ނޭމާ ވަނީ ކޭޓްއަށް މެސެޖްކުރާކަން ކޭ ކައިރީ ނުބުނުމަށް އެދިފައިއެވެ.

އެއްމާބަނޑު އެ ދެމީހުންގެ ލޯބި ހާސިލުކުރުން އެކަށީގެންވާ ކަމަށް ނޭމާ އޭނާ ގާތު ބުނެފައިވާ ކަމަށް ކޭ އިތުރަށް ހަމަވާކޮށްފައިވެއެވެ. އެހެން ނަމަވެސް އަންހެންކުދިންގެ މެދުގައި މަޤްބޫލު ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުންދާ ނޭމާގެ ހުށަހެޅުން އެ ދެ ވޮލީ ކުޅުންތެރިން ޤަބޫލެއް ނުކުރިއެވެ.

ނޭމާއެކޭ އެއްފަދައިން އަލްވޭޒް ޓްވިންސްއަކީވެސް ސޯޝަލް މީޑިއާގައި ވަރަށް ނަން ހިނގާ ދެ ތަރިންނެވެ. އިންސްޓަގްރާމްގައި އެންމެ ގިނައިން ފޮލޯކުރާ ވޮލީބޯޅަ ކުޅުންތެރިޔާގެ ގޮތުގައި 7 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން ތިބި ކޭ އަލްވޭޒް އަކީ މިހާރު "ބިގް ބްރަދާ ބްރެޒިލް"ގެ ބައިވެރިއެކެވެ.