ސްޕެއިންގެ ގަދަބާރު އެފްސީ ބާސެލޯނާއިން އެއް ޖިންސުން ގުޅުން ހިންގަން ތާއިދުކޮށް އެ ކުލަބުގެ މީސްމީޑިއާގައި ޕޯސްޓުތަކެއް ލުމުން ގިނަބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.
ވިއްސާރަދުނީގެ ކުލަތަށް ރަމްޒުވާގޮތަށް އެއްޖިންސުން ގުޅުން ހިންގުމަށް ތާއިދުކުރާ މީހުން ކުރިޔަށްގެންދާ ކެމްޕޭނުގައި ބައިވެރިވާކަން ބާސެލޯނާއިން ހާމަކުރިއިރު މި މައްސަލައިގައި ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ.
ދާދިފަހުން ޖަރުމަނުގެ ކެޕްޓަން އަދި ގޯލްކީޕަރު މެނުއެލް ނޯޔާ ވަނީ މި ކެމްޕެއިނުގައި ބައިވެރިވާކަން ހާމަކޮށް ވިއްސާރަދުނީގެ ކުލަތައް އެކުލެވޭ ކެޕްޓަން ބޭންޑެއް އަޅާފައެވެ. މިއީ އަހުލާގީ މައްސަލައެއް ކަމަށް ނިންމާ ޔުއެފާއިން އެ މައްސަލަ ބެލުމަށްފަހު އެކަމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމިއެވެ.
އަދި ޔޫރޯގައި މިރޭ ހަންގޭރީ އާއި ޖަރުމަނު މެޗު ކުޅޭ ވަގުތު ޖަރުމަނުގެ އެލައިންޒް އެރީނާގައި ވިއްސާރަދުނީގެ ކުލަތަކުން ދިއްލާލަން ނިންމި ނިންމުން ޔުއެފާއިން ވަނީ އަނބުރާ ގެންގޮސްފައެވެ. އެކަން އެގޮތަށް ނުކުރެވޭނެކަން ޔުއެފާއިން ވަނީ އަންގާފައެވެ.
PRIDE & RESPECT pic.twitter.com/EwTCe2oaGr
— FC Barcelona (@FCBarcelona) June 22, 2021
މިއީ އެކަމަށް ބާރުދިނުމަށް ބާސެލޯނާއިން ކުރި ކަމެކެވެ. މިކަމާއި ގުޅިގެން ބާސެލޯނާއަށް ސަޕޯޓުކުރާ ގިނަ ބަޔަކު ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި އެ ކުލަބުގެ މީސްމީޑިއާގެ ފޮލޯވަރުންވެސް ވަނީ މަޑުމަޑުން ދަށަށްދާން ފަށާފައެވެ. ހާއްސަކޮށް އެ ކުލަބަށް ސަޕޯޓުުކުރާ ގިނަ އަދަދެއްގެ މުސްލިމް ސަޕޯޓަރުން ވަނީ މިކަމާއި ގުޅިގެން އެ ކުލަބަށް ބޮޑެތި ފާޑުކިޔުންތަކެއް ކިޔަން ފަށާފައެވެ. އަދި ކުލަބަށް ކުރާ ތާއިދު އަނބުރާ ގެނައިކަން ވެސް ހާމަކޮށްފައިވެއެވެ.
މި މެސެޖު ބާސެލޯނާގެ އަރަބި ޕޭޖު ފިޔަވާ އެހެން ހުރިހާ ޕޭޖެއްގައި ވަނީ ޕޯސްޓުކޮށްފައެވެ. އަރަބި ޕޭޖުން ވަނީ ބާސެލޯނާގެ އިނގިރޭސި ޕޭޖުން ކުރި ފޭސްބުކް ޕޯސްޓް ޝެއާކޮށްފަައެވެ.
ބާސަލޯނާ މި ދޫކޮށްލީ! މިހާރު އެދެނީ އެކުލަބު ނެތިދިއުން! ހުރިހާކަމަކުންވެސް އެބައިމީހުނަށް ނާކާމިޔާބު ދެއްވާށި!އާމީން
އެމީހުން ތިހުރިހާ އެ އްޗެ އްވެސްކުޅޭނެ !!
މުސްލިމު ސަޕޯރޓަރުންނޭ.؟؟؟ ޢެބަޔަކަށް ސަޕޯރޓް ކުރާބަޔަކު ވަނީ އެބަ އެއ އްގެ ތެރެއިންނޭ
ކޮބާ ދުނިޔޭގެ އެހެން ކުލަބްތައް؟؟ ވ ގިނަ ކުލަބްތަކުން ވަނީ ތިކަމުގައި ބައިވެރިވެފަ.. ހިތާމަހުރި..
ތިކަމަށް ތާއިދު ނުކުރާ އެއްވެސް ކްލަބެއް ޔޫރަޕްގައި ނޯންނާނެ. އަދި އެކަމަށް ހިށްވަރުދެނީ ފުޓްބާޅައިގެ ބެލެހެއްޓުމާއި ހަވަާލު ވެފައިފައިވާ ގަވަރނިން ބޮޑީތަށް. އެހެންވެ މިޙަބަރު މާބޮޑުކޮއްލުމުގެ ބޭނުމެއްނެތް. މުސްލިމް ޓީމެއް ތިގޮތަށް ތާއިދު ކޮށްފިއްޔާ ބޮޑު ކޮއްލެވިދާނެ. ސަބަބަކީ އެއީ މުސްލިމުންގެ ބިލީފަޢި ވެލުއިސް ތަކާ ކަޑައެޅިގެން ފުށުއަރާ ކަމަކަށް ވާތިީ.
އެހެން ވިއްުޔާ ޔޫރަޕުގެ އެހެން ޓީމު ތަކުން ވެބުސައިޓުގަ އެއްޗެއް އަޕް ނުކުރީ ކީއްވެޔޯ !!! ނުކުރާހާ ހިނދަކު ބަލަންޖެހޭނީ އެއީ އެކަމަށް ތާއީދު ނުކުރަނީކަމަށް..
ޕްރިމިއަރ ލީގް ޓިމްތަށް ވަކި ދުވަސްވަރެއްގައި ބޭނުން ކުރާ ކެޕްޓަންބޭންޑްތަށް ދެކުނިންތޯ؟ މިދައްކަނީ އިސްލާމްނޫންބަޔެއް ފަންޑް ކުރާ ބޮޑެތި ކްލަބްތަކެއްގެ ވާހަކަ. އެކްލަބްތަކުން މިގޮތަށް ކަންތަން ކުރީމަ އަހަރަމެންނެއް ހައިރާނެއް ނުވޭ އެއްވެސް ވަރަކަށް