މިފްކޯއިން މަސް ގަންނަ އަގު 20 އަށް ތިރި ކުރަން ނިންމާފައިވާ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރުގެ ސެޕްޓެންބަރު 2023 އިން ފެށިގެން، މިފްކޯ އިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު 25ރ. އަށް ބޮޑުކުރުމަށް އެއިރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވިއެވެ. ސޯލިހް މިގޮތަށް ނިންމެވިއިރު، އެއިރު މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުން ދިޔައީ 17ރ. އަށެވެ. މިއީ ސިޔާސީ ބޭނުމެއްގައި ކުރި ކަމެއް ކަަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަމުން ދިޔައެވެ.

މިރޭ ދައުލަތުގެ މީޑިއާއިން ކުރިއަށްދިޔަ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަުން ވަޒީރު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން ދަނީ މަސްވެރިކަމުގެ ސިނާއަތް ކަަމަށެވެ. އަދި އެއީ މަސްވެރިކަމުގެ ސިނާއަތުގަައި އެއިރު ރާއްޖެ އޮތް ހާލަަތު ބަދަލު ކުރެވޭނެ ހާލަަތު އެމަނިކުފަނަށް އޮތުމުން ކަމަށްވެސް ވިދާޅުވިއެވެ.

"އަދި ރާއްޖެއަށް އާމްދަނީ އިތުރު ކުރެވޭނެ އެންމެ މުހިންމު އެއް ސިނާއަތަކީ މަސްވެރިކަމުގެ ސިނާއަތް ކަމަށް ގަބޫލުފުޅު ކުރައްވާތީއާއި އެކީގައި، ވަރަށް މުހިންމު ވަރަށް ބޮޑު މެންޑޭޓަކާއި އެކީގައި މަސްވެރިކަމުގެ ސިނާއަތުގެ އަދުގެ ކަންކަން ރަނގަޅު ކުރުމަށްޓަކައި ފިޝަރިސް މިނިސްޓްރީގައި މަސައްކަތް ފެށީ،". ވަޒީރު ވިދާޅުވިއެވެ.

މަސްވެރިންގެ ގުންޒަރު 2023 ފެށުމުގެ ރަސްމިއްޔާތު-- ވަގުތު އިމޭޖަސް: އަހުމަދު ޖައިޝަމް

އެގޮތުން ސަރުކާރާއި ހަވާލުވެވެގެން ބަލާލިއިރު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ހުރި އުނދަގޫތައް ހައްލު ކުރުމަށްޓަކައި ކުރަން ޖެހޭ ވަަރަށް ބޮޑަށް ފަރުވާ ކުޑަކުރެވިފައިވާކަން ފާހަގަކުރެވިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރި ސިނާއަތު ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ވަރަށް ގިނަ ކަންކަން އެބަ ހުރި ކަމަށެވެ.

"މިހާރު ދުނިޔޭގެ ބާޒާރުގައި މަހުގެ އަގަށް ބަލާއިރުގައި، މިފްކޯގެ ހަރަދުތައް ހިމަނައިގެން ކިލޯއަކަށް 11ރ ގެއްލުން މި ވަނީ 25ރ. އަށް މަސް ގަތީމަ، އެހެންކަމުން އަޅުގަނޑު ގަބޫލުކުރާގޮތުގައި މަހުގެ އަގު މުރާޖާ ކުރަން ޖެހޭ،". ކުރީ ސަރުކާރުން ސިޔާސީ ބޭނުމެއްގައި މަހުގެ އަގު 25ރއަށް ބޮޑުކުރިކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒުގެ ވައުފުޅާއި އެއްގޮތަށް 20ރ. އަށް ވުރެ ދަށް ނޫން އަގެއްގައި މަހުގެ އަގު ބަހައްޓަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

އައްޑޫ ސިޓީ މަރަދޫ މަސްވެރިކަން- ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

"މިހާރު މި ވަނީ 20ރ. އަށް މަހުގެ އަގު ތިރި ކުރަން ނިންމާފައި،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވި، ނަމަވެސް މިކަމަށް އަމަލު ކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި މަސް ބަންދު ކުރާ ފެސިލިޓީތަކާއި މަސް ރައްކާ ކުރާ ފެސިލިޓީތަކުގެ ކެޕޭސިޓީ އޮތީ ވަރަށް ދަށް ކޮށެވެ. އަދި އައިސްޕްލާންޓްތަކުގެ ވާހަކަވެސް އޭނާ ހިއްސާ ކުރެއްވިއެވެ. އެކަމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތަށް ވަރަށް ބޮޑަށް ގެއްލުން ލިބިގެން ގޮސްފައިވާ ކަަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް މި ސަރުކާރުން މިކަންކަން ހައްލު ކުރުމަށް އެކި މަސައްކަތްތައް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހެ ފައިސާ "ބެކްލޮގް" ފިލުވުމަށް ވީހާވެސް އަވަހަކަށް އަދި ވިހާވެސް ބޮޑަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު މިހެން ދެންނެވިޔަސް، އަދިވެސް ވަރަށް ބޮޑު އަދަދެއް އެބަ އޮތް ބެކްލޮގްގައި، އެއީ ކޮންމެ ދުވަހެއްގައިވެސް އިތުރުވަމުން އެބަދޭ.".

އަދި މި މަސް ތެރޭގައި ބެކްލޮގްގެ ވަރަށް ބޮޑު ބައި ފިލުވާލެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މަސްވެެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އިންތިޒާމް ކުރުމަށްޓަކައި ލޯން ފެސިިލިޓީއެއް ހޯދައިގެން އެ ބެކްލޮގް ހަލާސް ކުރުމަށް ނިންމާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ފާހަގަކުރެއްވިގޮތުގައި 340 މިލިއަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ވަނީ ދީފައެވެ.

އެއް ދަތުރެއްގައި 16.3 ޓަނުގެ ކަންނެލި ބާނާ ރެކޯޑް ހެދި ދޯނި - ފޮޓޯ: ބޮޑު ކަންނެލީގެ މަސްވެރިންގެ ޔުނިއަން

ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވަޑައިގަތީ 20ރ. އަށްވުރެ ދަށް ނޫން އަދަދަކަށް ދިވެހި މަސްވެރިންގެ އަތުން މަސް ގަންނާނެ ލަމުގެ ވައުދުފުޅާއި އެއްގޮތަށް ކަަމަށެވެ. އަދި މަސްކިރާތާ 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދިނުންވެސް ހިމެނޭ ކަަމަށް ވިދާޅުވިއެވެ.

"މި ވައުދުތަކާއި ހަމައަށް ވާސިލްވުމަށްޓަކައި މަސައްކަތް ކުރުމުގައި އަޅުގަނޑުމެން ރެއާއި ދުވާލު މި ހޭދަ ކުރަނީ، މިކަމުގެ ގޮންޖެހުންތައް ހުރި މިންވަރު އެނގޭނެ ރާއްޖޭގެ ދަރަނި ބަލާލީމަ،". ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދަތްނެތްކުއްޖާ

    މަސް ވެރިންނަށް ވީ ވަޢުދާއި މި ސަރުކާރުން ޙިލާފު ވެއްޖެ. ދެން މަސް ވެރިން ތިބޭ ރާކަނި މަސް ކައިގެން.

    16
    40
    • ކަމަނަ

      އެހެންނެންނުވާނީ މިދިޔަ 5 ފަސްއަހަރު މަސްވެރިންނަށް ލާރިނުދީ އެމްޑީޕީ މީހުންގެ ޖީބުތަށް ބޮޑުކުރީ ދެން މިހަޑި ފިލުވަން ވަގުތުނަގާނެ

      13
      3
    • ނަނަނަ

      އެއީ ކޮން ވައުދެއް އަނެއްކާ؟

      7
      2
    • ޢަބްދުﷲ

      ސިޔާސަތުތައް ވާން ޖެހޭނީ ދެކޮޅު ޖެހޭ ސިޔާސަތުތަކަށް... ނުފޯރާ ފޮތިން ފޫގަޅަން އުޅޭނަމަ ފެންނާނީ އައުރަ... މިކަމަށް ވިސްނައިގެން ޤައުމީ ސިޔާސަތުތައް ބައްޓަން ކުރީމަ ތިކަންކަމަށް ޙައްލު ލިބޭނެ. އ.ހ

      10
  2. ނަނަނަ

    ވަޒީރުން ފެއިލިއާރ އެއްގެ ވާހަކަ ދެއްކިއަސް މިއޮންނަނީ މުއިއްޒުއަށް ސަނާކިއުން.. ނޯތު ކޮރެއަރ ހަނދާންވަނީ..

    6
    4
  3. ސުކުންބެ

    އޭ ކޮބާ އެއްކަލަ 'ބެޔަސް-ނުބެޔަސް' ފައިސާ ދޭ ޕްރޮގޮރާމު ނިމުނީތަ؟ ނުބެޔަސް ދޭ ދިނުން ގަނޑު ސަޅި ކަމަށް ފެނޭ!

    5
    3
  4. ހަންނާނުބޭ

    މިފްކޯއަށް 25 ރުފިޔާއަށް މަސްކިލޯއެއް ނުގަނެވޭ ވާހަކަ ދައްކާއިރު މާލޭގެ މާރުކޭޓުގައި /35ރ. /45ރ. /50ރ. އަށް ޢާންމު ރައްޔިތުންނަށް މަސްކިލޯއެއް ގަންނަން ލިބެނީ. އެއީވެސް މިފްކޯގެ ބޯޓުފަހަރަށް ނުކިރާ ހުންނަ ދަށް ގްރޭޑްގެ މަސް. ދެން ކީއްވެތޯ މިފްކޯއަށް /25 ރުފިޔާއަށް މަސްކިލޯއެއް ނުގަނެވެންވީ.

    7
    6
  5. Anonymous

    މަހުގެ އަގުތިރިއެއް ނުވާނެ. މާލޭގެ މަސްމާރުކޭޓުން މަސް ވިއްކާ ހައެއްކަ މީހުންމަހުގެ އަގުކޮންޓްރޯކޮށް މުޅިމާލޭގެ ރައްޔިތުން މިތިބެނީ އެހައެއްކަމީހުންގެ އަތްދަށުވެފަ. އޮޑިފަހަރުން މަސްވިއްކަނީ އެހައެއްކަ މީހުންނައް . އަނެއްކޮޅުން މަސްކެނޑުން ވެސް އޮންނަނީ އަތްނުފޯރާހިސާބުގަ. މަސްގަންނަ އަގައްތުރެ މަސްކަނޑާދޭ އަގު ބައެއްފަހަރުބޮޑު. އަނެއްކާ މަސްކަނޑާ މީހާ ގޭގަ ރިހާކުރުކައްކަނީ މަސްކަނޑަންދާމީހާ ގަންނަ މަހުން ބައެއް މަކަރުންފެލާލާގެން. ކަނޑަންގެންދާ މަހުގެ ކަށިފައްޗައް މަހުގެ ބައެއްދުއްވާާއިގެން.ފާޅުގަ ވައްކަން.