ބޭންކް އޮފް މޮލްޑިވްސް (ބީއެމްއެލް)ގެ ކާޑު ތަކުން ބޭރުގައި މުއާމަލާތް ކުރެވޭ މިންވަރު 25 ޑޮލަރަށް ކުޑަކުރަން ބީއެމްއެލްއިން ތައްޔާރުވަމުންދާ ކަން އެނގިއްޖެއެވެ.

ބީއެމްއެލްއިން ކާޑު ލިމިޓް 25 ޑޮލަރަށް ކުޑަ ކުރުމަށް ތައްޔާރުވަމުން އަންނައިރު، މިހާރު ބީއެމްއެލްގެ ޑެބިޓް ކާޑުން މަހެއްގެ މައްޗަށް 250 ޑޮލަރު އަދި ކްރެޑިޓް ކާޑުން 750 ޑޮލަރު ބޭނުން ކުރެވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން ބީއެމްއެލްއަށް ޑޮލަރުގެ ތާށިކަން ވަރަށް ބޮޑުވެ، ކާޑުން މުއާމަލާތް ކުރެވޭ ވަރު މަހެއްގެ މައްޗަށް 25 ޑޮލަރަށް ކުޑަ ކުރަން ބޭންކުން ވަނީ ނިންމާފައެވެ. އަދި ޑޮލަރު ލިބުމުގެ މައްސަލަ ހައްލު ނުވެއްޖެނަމަ، މި ނިންމުން ވަރަށް އަވަހަށް ބޭންކުން އިއުލާނު ކުރަން އެބޭންކުން ވަނީ ނިންމާފައެވެ.

ނަމަވެސް ބީއެމްއެލްގެ ނިންމުން އިއުލާނު ކުރާނެ ވަކި ތާރީހެއް އެނގިފައެއް ނުވެއެވެ.

ޑޮލަރު ލިމިޓް 25 ޑޮލަރަށް ކުޑަކުރަން ނިންމާފައިވޭތޯ ސުވާލު ކުރުމުން ބީއެމްއެލްއިން އެކަން ދޮގު ކޮށްފައެއް ނުވެއެވެ. އަދި ދޮގު ނުކުރަނީ އެގޮތަށް ނިންމާފައި ވުމުންތޯ ސުވާލު ކުރުމުން ބޭންކުން އެކަމާއި ބެހޭ ގޮތުން ވަކި ކޮމެންޓެއް ދީފައެއް ނުވެއެވެ.

ބީއެމްއެލްއިން ހަމަ އެކަނި ވިދާޅުވީ، "ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރުގެ ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް" ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. 10 ކިލޯ

    ލަދުވެތި. މިސަރުކާރުން 24 ގަޑި އިރު މަސައްކަތްކުރަމުންދާއިދު މަހަކު 25 ޑޮލަރަށް ތިރިވީމަ، މި ސަރުކާރު ބަދަލުވާންޖެހޭ. ގާބިލް ނޫން ފަރާތްތައް ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަކީ ދިވެހި ރާއްޖޭގެ ގައުމޫ ސަލާމަތައްހުރި ނުރައްކަލެއް.

    12
    16
    • ރިޔާ

      މި ސަރުކާރަށް އަދިވީ 3 މަސް. ގައުމުގެ ހާލަތުގެ ޒިންމާ ނަގަންޖެހޭނީ މިދިޔަ 5 އަހަރު އިންޑިޔާގެ އެންގުމަށް ގައުމު ދަރުވާލި އެމްޑީޕީއިން. ވޯޓުން ބަލިވާން އުޅޭކަން އެނގުނީއްސުރެ އެމީހުން ގަސްތުގަ ސަރުކާރު ނުހިންގޭވަރުކުރި. އެމްޑީޕީ ސަރުކާރުގަ:
      1. މިދިޔަ ހުރިހާ ރައީސުންގެ ދަރަންޏައްވުރެ ގިނަ ދަރަނި ނެގި
      2. ރިޔާސީ ވޯޓަށް ފަހު މުއިއްޒު ސަރުކާރަށް ޖެއްސުން ކުރަން 4 ބިލިއަންގެ ރިސޯޓު ކުލި މާފު ކުރި
      3. ގައުމަށް ގެއްލުންވާގޮތަށް ނުއަގުގަ އިންޑިޔާއާއިއެކު އެތަށް ކޮންޓްރެކްޓެއްގަ ސޮއިކުރި

      އަދި ގާބިލު މީހުންގެ ވާހަކަ ދައްކާއިރު އިބޫއާކީ އޯލެވެލް ފާސް ނުވެގެން ބަނގުރާ ވިއްކަން އުޅެނިކޮށް އަރުވާލި މީހެއްކަން ހަނދާން ކޮއްދެން.
      އެމްޑީޕީ އަހަރުމެންނަށް މި ޖެއްސި ހާލަތުން އަހަރުމެން އަދި އަރައިގަންނާން އިންޝާﷲ

      8
      4
    • ޙައްގުބަސް

      ބަންގަޅިންނަށް ދޫކުރާ ކާޑުންވެސް ދިވެހިންނެކޭ އެއްގޮތަށް 250 ޑޮލަރު އެބަނެގޭ!! މިކަންކަން ހަރުދަނާ ކޮށްލިޔަސް ޑޮލަރުގެ ކަންކަމަށް ޙައްލެއް އަންނާނެ!!

    • މިޔަރު

      ދަރިޔާ ހުޅު ޖަހަން ވަރަށް ފަސޭހަ ވާނެ. ހުޅު ނިއްވާ މީހުނަށް އުނދަގޫ ވާނީ. އެމްޑީޕީ މިދިޔަ ވެރިކަމުގަ ގައުމުގެ ކްރެޑިޓް ރޭޓިންގް ދައްވެގެން ވޯލްޑު ބޭންކުން އިންޒާރު ދޭ ހިސާބަށް ދިޔައީ އަމީރުމެންގެ ގާބިލު ކަމުންބާ

  2. ސަގަރު

    25 ކީއްކުރަން ދެނީ. އެއްކޮއް ކަޑާލާ

    20
    1
  3. ކޫ ލް

    ކިހާ ބޮޑު ކަމެއް

    8
    4
  4. އަބްސީ ރަސީދު

    25 ޑޮލަރު ތީ ޖެއްސުންކުރުން. ބޭރުގަ ސިއްހީ ފަރުވާއަށް ގޮސްއުޅޭ ީހުންވެސް އިމަޖެންސީވެގެން ލާރި ނަގަންބަލާއިރު 25 ޑޮލަރަކީ ކޮންއެއްޗެއްތޯ؟ ކޮންމެ ޓްރާންސްއެކްޝަނަކަށް އެތައް ރުފިޔާއެއް ކަނާއިރު ގިނައިން ޓްރާންސްއެކްޝަން ހަދަން މަޖްބޫރުކޮށް ފެލާލުން މަގްސްސަދަކީ. އެއް ޑޮލަރު ހަދަންވީ ނޫންތޯ ލިމިޓަކަށް؟؟

    11
    3
  5. ސާބަސް

    އަދި ދުވާލަކު 500،000 ޓުއަރިސްޓުން ގެނޭ. އެެއިރުން 10 ޑޮލަރަށް ލިމިޓް ވާނެ. ލޮލް

    14
    2
  6. ތިމަންނަ

    ހީވާގޮތުން ޑޮލަރު ލިމިޓް އޮންނަނީ ހަމައެކަނި ނިކަމެތި ދިވެހިންނަށް ، ބަންގާޅީންނަށާ "އިއްޒަތްތެރިން" ނަށް ނޯ ލިމިޓް

    18
    2
  7. ރިދަން

    މިކަމުގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީ. މިދިޔަ ވެރިކަމުގަ ގައުމު ހާލާކުކޮށްފަ އެދިޔައީ

    18
    11
    • ވަގު ފާތުމަ

      އެހެންވެ ބަދަލުކުރީ ވެރިކަން، މި އުޅެނީ ހިންގަންނޭގިގެން ޒިންމާ ނަގަންޖެހޭނީ މި ސަރުކާރުން ކީއްކުރަން ހަވާލުވީ

  8. ނިކަމެތި

    ލިމިޓެއް އޮވެގެން ނުވާނެ. 25 ޑޮލަރަކީ ފީއަކާ ނުލާ ނެގޭ ވަރަށް ހަދާފަ، 250 އަކީ 10 ޑޮލަރު ފީއެއް ނާގާ ގޮތަށް 1000 އިން 100 ޑޮލަރު ފީ އެއް ނަގާގޮތަށް ހަދާބަލަ. އޭރުން ވެސް ކުރަން ބޭނުންވާކަމެއް ކުރެވޭނެ ދޯ. ތިއުޅެނީ ދެން މަސައްކަތް ހުއްޓުވަން. ބޭރު މީހަކު ބޮޑަކަށް ލައިގެން އޭނާ ބުނާގޮތެއް ހެދީމާ ނިކަމެތިންނަށް ވާނެ ގޮތެއް ނުވިސްނޭ ދޯ؟

    13
    2
  9. ޙެއު

    ިތިނަގާފަ ބެންކަދީ

    3
    1
  10. ނާނަނާނާ

    ސާބަހޭ މި ބީއެމްއެލް މީހުންގެ ގައިން ބައެއް ގެއްލެނީހެން ހީވަނީ ލިމިޓެއް އޮވެގެން

    7
    2
  11. ނުބައިކާ

    ލޭޑިސް އެން ޑެންޓަލްމެން ރިކޯޑު މުގުރާފަ އަސޭމިރުސް ދުން އަރުވާލީ

  12. Anonymous

    އަދިވެސް ބީއެމްއެލް މަގޭ ބެންކު ވެގެން ދިވެއްސަކަށް ވީތީ ދިވެހިބެންކަށް ސަނާކިޔަންވީ

  13. ޒުވާރި ޒަރީރު

    ރަގަޅު ކަމެއް، އެއްވެސް ޓެކްސް ފައިސާ އެއް ނުދައްކާ އަލީ އެކްސްޕްރެސް އިން މުދާ ގެނެސް ވިއްކާނީ، އަނެއްމީހާ މިޖެހެނީ ޑޮލަރު ކަޅުބާޒާރުން ގަނެގެން މުދާ ގެނެސް ކަސްޓަމްސް ޑިއުޓީ ދައްކައިގެން ހަމަ އަލީ އެކްސްޕްރެސް މީހާ ގެނައި މީހާ އާ ކޮމްޕީޓް ކުރަން،،، ވ ރަގަޅު ނިންމުމެއް ބީއެމް އެލް ތިޔަ ނިންމީ!!

  14. ކެކެ

    ބީއެމްއެލް ގަ ހުރި ހުރިހާ ލާރިއެއް ނަގާ އެންމެން ބޭންކު ބަދަލު ކުރަންވީ. ޢަހަރެމެން ސޭވް ކުރަންލާ ފައިސާއިން ލޯނުދީގެން ބޮޑު ފައިދާއެއް މަގަމުން ގޮސް އަދި ނުވިތާކައް ކަރައް ފައިން އަރަން ލަދު ކޮބާ.