ރާއްޖޭގެ ހޮންޑާ ބްރޭންޑްގެ ހަމައެކަނި އޮތޮރައިޒް ޑިސްޓްރިބިއުޓާ ޝީޝާ އިން ކޮންމެ ރަމަޟާން މަހާ ދިމާކޮށް ކުރިއަށްގެންދާ "ރޯދަ ރޯޅި"ގެ މި އަހަރުގެ ޕްރޮމޯޝަން މި މަހުގެ ނިޔަަލަށް ދަންމާލަން އެ ކުންފުނިން ނިންމައިފިއެވެ.

ބޮޑެތި ޑިސްކައުންޓްތައް ލިބޭ ގޮތަށް، ޝީޝާއިން ވަރަށް ކާމިޔާބު ކަމާއެކު ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ މި ޕްރޮމޯޝަނަށް މި އަހަރު މާ ބޮޑަށް ތަރުހީބު ލިބިގެން ދިޔައެވެ.

އެ ކުންފުނީގެ އޮފިޝަލަކު "ވަގުތު"އަށް މައުލޫމާތުދިންގޮތުގައި، ޕްރޮމޯޝަންގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައި ވަނީ ޕްރޮމޯޝަނަށް ލިބެމުންދާ ތަރުހީބަށް ބެލުމަށް ފަހުގައެވެ.

މި ޕްރޮމޯޝަންގައި ހިމެނޭ ކަންކަމަށް ބަލާއިރު، އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ހޮންޑާ ސައިކަލެއް ގަނެގެން އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެން ދިއުން ހިމެނެއެވެ. އޭގެ އިތުރުން ޝީޝާ އިން ވިއްކާ ހޮންޑާގެ ހުރިހާ މޮޑެލްތަކުން 6،000ރ އިން ފެށިގެން 15،000ރ. އާ ހަމައަށް ޑިސްކައުންޓް ލިބިގެންދާއިރު، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޝީޝާގެ ހުރިހާ މޮޑެލްތަަކަށް ހާއްސަ ފްލެކްސިބަލް އިންސްޓޯލްމެންޓް ޕެކޭޖްތަކަށް ހާއްސަ ތައާރަފް ކޮށްފައި ވެއެވެ. އަދި ވަކިން ހާއްސަ ޒީރޯ ފައިނޭންސް ޕެކޭޖެއްގެ ތެރެއިން އެއާބްލޭޑް 160 ސްޕެޝަލް އެޑިޝަން، އެއާބްލޭޑް 125 ބްލެކް އެޑިޝަން އަދި ވިޝަން 110 އަށް ޑައުންޕޭމެންޓްގެ ގޮތުގައި %50 ދެއްކުމަށްފަހު ބާކީ 12 މަސް ދުވަހަށް އެއްވެސް ޗާޖެއް ނާރާ ގޮތަށް ބަހާލެވޭނެއެވެ.

ޝީޝާ މެދުވެރިކޮށް މޯލްޑިވްސް އިސްލާމިކް ބޭންކް ފައިނޭންސިންގ މެދުވެރިކޮށް ވެސް ސައިކަލު ނެގޭނެެއެވެ.

ޝީޝާގެ ހުރިހާ އައުޓްލެޓެއްގައި މި ޕްރޮމޯޝަން ކުރިއަށްދާއިރު، އެ ކުންފުނީގެ އައުޓްލެޓްތައް މާލެ އާއި ހުޅުމާލޭގެ އިތުރުން، ފުވައްމުލައް ސިޓީ، އަައްޑޫ ސިޓީ، ލ. ގަމާއި، ގއ. ވިލިނގިލީގެ އިތުރުން ކުޅުދުއްފުށި ސިޓީގައިވެސް ހުންނާނެއެވެ.

ޝީޝާއަކި ރާއްޖޭގައި ހޮންޑާ ސައިކަލު އަދި ޕަވާ ޕްރޮޑަކްޓްސް ސީދާ ހޮންޑާ ފެކްޓަރީން ރާއްޖެ އެތެރެކޮށް ވިއްކަމުގެ ހުއްދަ އޮންނަ ހަމައެކަނި ކުންފުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޢަލީ

    ފުރަތަމަ ރަޖިސްޓްރީ ނުކޮށްދެވިހުރި ސައިކަލްތައް ރަޖިސްޓްރީ ކޮށްދީބަލަ އޭގެފަހުން ޕްރޮމޯޝަންގަ ސައިކަލްވިއްކަބަލަ އެއްމަސް ދެމަސް ވާއިރުވެސް ރަޖިސްޓްރީ ނުކޮށްދެވޭ ޕޭމަންޓް ނުދޭހާއިރު ބުނާނެ 7 ނުވަތަ 14 ދުވަސްތެރޭ ސައިކަލް ލިބޭނެކަމަށް ޕޭމަންޓް ނިންމީމަ ސައިކަލް ލިބުން ލަސްވެވެން ދިޔާމަ ޖަވާބުދާރީ ވާކައްނުކެރޭ މޮޅު ނަންނަމުގައި ޕްރޮމޯޝަން ހެދުމުގެ ބޭނުމެއްނެތް ކުންފުނީގެ އަގު ވެއްޓިއްޖެ ވ ސަލާމް

    18
    1
  2. ޘ×

    ދެން އީދު ރޯޅިއޭކިޔާފަ ކޮންމެވެސް އެއްޗެއްލާ އަވަހަށް، އަގަކަށް އެއްވެސް ބަދަލެއް ނާދޭ