އދ. ފުށިދިއްގާއަށް ޓުއަރިޒަމް މިނިސްޓްރީ އިން ބަޔަކާއި ފުލުހުން އަރައި މައްސަލަ ބަލަމުންދާކަން ފުލުހުން ކަށަވަރުކޮށްދީފިއެވެ.
ފުލުހުންނާއި ޓުއަރިޒަމް މިނިސްޓްރީގެ ޓީމެއް އަރައި ބަލަމުން ދަނީ އެ ރަށުގައި ގަވައިދާ ހިލާފަށް ވިޔަފާރި ހިންގަމުންދާ މައްސަލައެކެވެ. ފުލުހުން ބުނި ގޮތުގައި އެރަށަށް ފުލުހުންގެ ޓީމަކާއި ޓުއަރިޒަމް މިނިސްޓްރީ އިން އަރައި މައްސަލަ ބަަލަމުން ދަނީ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަކާ ގުޅިގެން ކަމަށެވެ.
ފުށިދިއްގާ ވަނީ މީގެ ކުރީގެ ސަރުކާރުން ދެ ކުންފުންޏަަކަށް ވިއްކާލައިފައެވެ. އެ މައްސަލަ އަކީ މިހާރުވެސް ކޯޓުގައި ބަލަމުންދާ މައްސަލައެކެވެ. އެރަށް ދެކުންފުންޏަކަށް ވިއްކާލައިފައިވީނަމަވެސް އެރަށް ވަރުވާއަށް ނަގައިގެން ބޭނުންކުރަމުންދާ ފަރާތުން ވަނީ އެ ރަށުގައި ގެސްޓު ހައުސްއެއް އަޅައި ދެ ބިދޭސީންނާއެކު ގެސްޓުހައުސް ވިޔަފާރިއެއް ފަށާފައެވެ.
އެ ރަށް މީގެ ކުރިން ވިއްކާލައިފައި ވަނީ އެޗްއެމްއެޗްއައި އަދި މޯލްޑިވިއާނާ ކިޔާ ދެކުންފުންޏަކަށެވެ. އެޗްއެމްއެޗްއައި އިން ބުނެފައި ވަނީ މީގެ ކުރިން އެ ރަށް ސަރުކާރުން އެކުންފުންޏަށް ވިއްކާފައި ވަނީ ތިން މިލިއަން ޑޮލަރަށް ކަމަށާއި އޭގެ ދެބައިކުޅަ އެއްބައި ސަރުކާރަށް ދައްކާފައިވާނޭ ކަމަށެވެ. އަދި މޯލްޑިވިއާނާ އިންވެސް ބުނެފައި ވަނީ އެރަށާ ގުޅިގެން ސަރުކާރަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކަމުން ދާކަމަށެވެ.
މީގެ ކުރިން ސުޕްރީމް ކޯޓުން ވަނީ މައްސަލަ ނިމުމުގެ ކުރިން އެރަށާގުޅޭ އެއްވެސް ފައިސާގެ މުއާމަލާތެއް ނުކުރުމަށާއި، ރަށުން ފައިސާލިބޭ މަސައްކަތެއް ވެސް ނުކުރުމަށް އަމުރުކޮަށްފައެވެ.
ޒާތީ ގޮތުން ބަޔަކާ ޖައްސާނުލައި ބަދަލު ވައްކަން ކުރެވެން ނެތީތަ މާކުއްޖާ؟
ހިޔާލު ނެއގެވީ ތޯ.. ބ އަތޮޅުގެ ފިނޮޅުއާ ގުޅުން އޮތީތޯ.. ވަރަށް ހިތާމަކުރަން