ތަފާތު ގިނަ އުފެއްދުންތަކެއް ވިއްކަމުން އަންނަ "ލިބޭ" އިން ކުޑަކުދިންނަށް ހާއްސަ މާސްކް ވިއްކަން ފަށައިފިއެވެ.

"ލިބޭ" ގެ އޮފިޝަލަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކޮވިޑް-19 އިން ކުޑަކުދިން ރައްކާތެރި ކުރުމަށް ބޭނުން ކުރާނެ ފެންވަރު ރަނގަޅު ފޮތި މާސްކް އެކުންފުނިން މިހާރު ވިއްކަން ފަށާފައިވާ ކަމަށެވެ.

"މިހާރު މާލެ ހުޅުވާލާފައި އޮތުމުންނާއި އަދި ސްކޫލްތައް ވެސް ހުޅުވާލަން ތައްޔާރު ވަމުންދާތީ ކުޑަކުދިންނަށް ހާއްސަ މާސްކްތަކުގެ ބޭނުން މިވަނީ ވަރަށް ބޮޑުވެފައި. ގަންނަ މާސްކަކީ އެންމެ ރައްކާތެރި ގޮތުގައި ތައްޔާރު ކުރެވިފައިވާ މާސްކެއް ކަމުގެ ޔަގީންކަން ވަރަށް ގިނަ ފަރާތްތަކުން ބޭނުން އެބަވޭ. އެހެންކަމުން އަޅުގަނޑުމެން މިވިއްކަނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވާ މިންގަނޑަށް ފެތޭ، ކުޑަކުދިންގެ ސައިޒަށް ހަދާފައި ހުރި މާސްކްތައް." އޮފިޝަލް ވިދާޅިވިއެވެ.

އޭނާ ވިދާޅުވީ "ލިބޭ" އިން ވިއްކާ ކުޑަކުދިންގެ މާސްކަކީ ވެސް ގިނަ އިރު އަޅައިގެން އުޅެން ދަތިނުވާ މެޓީރިއަލްއަކުން އުފައްދާފައިވާ، ބޭނުން ކުރަން ފަސޭހަ މާސްކެއް ކަމަށެވެ.

"އެންމެ މުހިއްމު ކަމަކީ ބަލިން ރައްކާތެރި ވެވޭފަދަ މާސްކަކަށް ވުން. އެޝަރުތު މިމާސްކްގައި ހަމަވާނެ. ދެން އެންމެ މުހިއްމު ކަމަކީ ދަތިކަމެއް ނެތި ގިނައިރު އަޅައިގެން އުޅެވޭ މާސްކަކަށް ވުން. އެޝަރުތު ވެސް މިމާސްކްގައި ހަމަވާނެ. ތިން ވަނަ ކަމަކަށް ކަސްޓަމަރުން ބޭނުން ވާނީ އަގުހެޔޮ މާސްކަކަށް ވުން. އަޅުގަނޑު ޔަގީންކޮށްދެން މިފެންވަރުގެ މާސްކެއް އެންމެ އަގުހެޔޮކޮށް ލިބެން ހުންނާނީ "ލިބޭ" އިން ކަން." އޭނާ ވިދާޅުވިއެވެ.

"ލިބޭ" އިން ގެންދަނީ ކޮވިޑް-19 ފެތުރެން ފެށުމުން ބަލިން ރައްކާތެރިވުމަށް ބޭނުން ކުރާނެ އިތުރު އުފެއްދުންތައް ވެސް ވިއްކަމުންނެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނަށް ހާއްސަ މާސްކްގެ އިތުރުން، ސެނެޓައިޒާ ވެސް ހިމެނެއެވެ.

"ލިބޭ" އިން ވިއްކަމުން ގެންދާ ސެނެޓައިޒާތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލް އުފެއްދުމަކީ އީރާ ބްރޭންޑްގެ ސެނެޓައިޒާ އެވެ. މިބާވަތުގެ ސެނެޓައިޒާ އިން ވަރަށް މީރު ވަހެއް ދުވަހެވެ.

"ލިބޭ" ގެ އުފެއްދުންތައްބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 9759452 ނަމްބަރު ފޯނަށް ގުޅުމަށް ނުވަތަ "ލިބޭ"ގެ ފޭސްބުކް ޕޭޖަށް މެސެޖެއް ކޮށްލުމަށް އެފަރާތުން އެދެއެވެ.

"ލިބޭ" އިން ވިއްކާތަކެތި އިތުރު އަގަކާއި ނުލާ މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަށް ވެސް ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް "ލިބޭ" އިން ފޯރުކޮށްދެއެވެ. ރަށްރަށަށް ފޮނުވަން ބޭނުންވާ ނަމަ ބޯޓާއި ހަމައަށް އޯޑަރު ގެންގޮސްދޭނެއެވެ.

"ލިބޭ" އިން ބުނީ އެކުންފުނިން އިތުރު އުފެއްދުންތައް ރާއްޖެ ގެނެސް، އާއްމުންނަށް ލިބޭނެ އިންތިޒާމްތައް ވެސް މިހާރު ހަމަޖައްސަމުން ގެންދާ ކަމަށެވެ.