ރާއްޖޭގެ ރިސޯޓަކަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިންނަށް ރިސޯޓްގެ އިތުރުން ސަފާރީއާއި ގެސްޓް ހައުސްއަށް ދެވޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޓްވީޓެއްގައި ވަނީ ސްޕްލިޓް ސްޓޭ ގަވާއިދުގެ ތެރެއިން ކުރިން ރާއްޖެ އަންނަ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރެވެނީ ޗުއްޓީ ހޭދަކުރާ ރިސޯޓްގެ އިތުރުން އެހެން ރިސޯޓްތަކުގައި ކަމުގައި ވިޔަސް، މިހާރު ޓޫރިޒަމް މިނިސްޓްރީއިން ދެވޭ ހުއްދައިގެ ދަށުން ސަފާރީ ބޯޓުތަކުގައާއި ގެސްޓް ހައުސްތަކާއި ހޮޓެލްތަކުގައި މަޑުކުރެވޭނެ ކަމަށެވެ.
ސްޕްލިޓް ސްޓޭ ގަވާއިދުގެ ދަށުން ރާއްޖެ އަންނަ ފަތުރުވެރިންނަށް މި ހުއްދަ ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވެސް ޓޫރިޒަމް މިނިސްޓްރީއަށް ހުއްދަ ދީފައިވާ ކަމަށް އެ މިނިސްޓްރީގެ ޓްވީޓްގައިވެއެވެ.
Split Stay allowed at ALL types of tourist accommodation facilities in #Maldives:
Tourists can now split their stay between resort, hotels, guest houses and live aboard boats, with prior approval as per split-stay procedure/ guideline by Ministry of Tourism.#VisitMaldivesNow
— Ministry of Tourism (@MoTmv) October 23, 2020
ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖެގެ ބޯޑަރުތައް ބަންދު ކުރުމަށް ފަހު، މިދިޔަ ޖުލައި މަހު އަލުން ބޯޑަރުތައް ހުޅުވި ފަހުން މިހާތަނަށް 119 ސަފާރީއަކަށް އޮޕަރޭޓް ކުރަން ޓޫރިޒަމް މިނިސްޓްރީޏް ހުއްދަ ދީފައިވެއެވެ. އަދި ނުވަ ރަށެއްގައި ހުރި 29 ގެސްޓް ހައުސްއަށް ހުއްދަ ދީފައިވައެވެ.
ބޯޑަރު ހުޅުވާލި ފަހުން މި މަހުގެ 21 ގެ ނިޔަލަށް ހިނގާ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 32،000 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ޓޫރިޒަމް ސިނާއަތަށް އައިސްފައިވާ ހިނާވަރު ކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ދަށްވެ ވަކިވަކި އާންމު ފަރުދުންނައި ވިޔަފާރިތަކުގެ މާލީ ހާލަތު ވެސް ވަރަށް ބޮޑަށް ދަށްވެގެން ދިޔައެވެ. ދައުލަތުގެ ޖުމުލަ އާމްދަނީއާއި އިްތިސާދުގެ ޖުމުލަ އާމްދަނީ ވެސް ވަރަށް ބޮޑަށް ދަށް ވެގެން ދިޔައެވެ.
ޢަތޮޅުތެރެއިން މާލެ އައިސް ކަރަންޓީނު ވާން ނުޖެހޭ ނަމަވެސް މާލެއިން އަތޮޅު ތެރެއަށް ގޮސް ކަރަންޓީނު ވާންޖެހޭ ރާއްޖެއިން ބޭރުން އަންނަ ދޮންމީހުން ކަރަންޓީނު ވާން ނުޖެހޭ ސަފާރީއަށް ދެވޭ އަތޮޅުގެ ރައްތަކަ ދެވޭ ދިވެހިންގެ އަގެއް ނެތް ކަން މީގެން އެގެނީ
ރިސޯޓު ތަކުގައި މަސަކައް ކުރާ މުއަޒިފުން ކަރަންޓީނު ނުވެ ރަށަ ދެވޭގޮތެނުވޭ އެޗުޕީއޯއިން ނުހަދަނީ ކިހިނެވެބާ ރަތަކަ ގެސްޓުންނަ ދެވޭ މުއަޒިފުނަ ނުދެވެނީ ރިސޯޓުގައި ކޭސް ނެތީޔާ ދެވެންވާނެދޯ
ރިސޯޓު ތަކުގައި މަސަކައް ކުރާ މުއަޒިފުން ކަރަންޓީނު ނުވެ ރަށަ ދެވޭގޮތެނުވޭ އެޗުޕީއޯއިން ނުހަދަނީ ކިހިނެވެބާ ރަތަކަ ގެސްޓުންނަ ދެވޭ މުއަޒިފުނަ ނުދެވެނީ ރިސޯޓުގައި ކޭސް ނެތީޔާ ދެވެންވާނެދޯ
ރެސޯޓްގައި ވަޒީފާ އަދާކުރާމީހުން އޮފްޑޭގައި ރަށައްއައިސް ކަރަންޓީން ވާންޖެހޭ ޓުވަރިސްޓުން ރައްތަކަށް ދިއުން އޯކޭ ..
ލޯކަލްޓުވަރިސްޓުންނަށް ހިދުމަތްދޭން އުލޭ މުއަސްޒަފުން އެމީހުންކައިރީގައި އުޅެފައި އައިސް ގޭގައި އަބިދަރިންނާއި ކާފަ މާމަ ކައިރީ އުޅުން އޯކޭ ..
އެމީހުން އުޅޭގައުމުތަކުގަ ކިތަންމެވަރަކަށް ކޮވިޑް 19 އޮތަސް އޯކޭ ..
ގެސްޓް ހައުސް ތަކުގެ ވެރިންނަށް ޑޮލަރު ރައްޔިތުން އަމިއްލަޔަށް މާސްކް ގަނެގެން އަޅައިގެން ރަށުބަންދުގަ ތިބުން އޯކޭ ...
ރާއްޖޭގެ ދިރިއުޅުމުގެ ވައްޓަފާޅި ނޭގޭ ބަޔަކާ ގައުމު ހަވާލު ކޮށްގެންތިބޭތާ މިހާރު 8 މަސް ތަފާތެއްދެކެން ބޭނުން
ބަލަހިސާނޫ... ރިސޯޓް މުވައްޒަފުން ބަންދުކުރަން ޖެއްސެވި ސްޓަންޓް ރިސޯޓް ބޯއިސްއައް ވަރައްރަގަޅައް އެނގޭ.. ސަރުކާރުން ޒައްރެއްގެ މިންވަރުވެސް ހޭދަނުކުރާ ރިސޯޓް މުވައްޒަފުން ކަރުވާ ޖަހައިގެން ގެންގުޅޭ ޑޯގްތަކެއްހެން ބަންދުކޮއް ދައުލަަތައް ބޭނުންވާ ޑޮލަރު ހޯދަން ތިމަސައްކަތް ކުރަނީ ހިޔަޅު ބުއްދި ބޭނުންކޮއްގެން ނޫންތޯ...ކޮބާތޯ ހަގީގީ ފުރޮންޓލައިން އަކީ..ކޮބާތޯ އިންސާފަކީ؟؟ އިސްތިއުފާ ނުކިޔަވާ ގަމާރު ... އިސްތިއުފާ ޓުއަރިޒަމް މިނިސްޓަރ