ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރިސޯޓް ކަމަށްވާ ވައްކަރު ރިސޯޓުން އަލަށް ތައާރަފް ކުރި "ބޫސްޓަރ ޝޮޓަށް" ދުނިޔޭގެ ސަމާލުކަން ލިބި ބައިނަލްއަޤުވާމީ މީޑިއާތަކުން ވެސް އެޚަބަރު ގެނެސްދޭން ފަށައިފިއެވެ. ވައްކަރު ރިސޯޓުން ފުރަތަމަ ތައާރަފް ކުރީ ކޮކްޓެއިލް އަށް ހާއްސަ ބޫސްޓަރ ޝޮޓެކެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިންގެ ބޫސްޓަރ ޑޯޒެއް ޖަހާ ވާހަކަ އެންމެން ދައްކަމުން ދަނިކޮށް ވައްކަރު ރިސޯޓްގައި ބުސްޓަރ ޝޮޓް ތައާރަފް ކުރީ ވެސް ކޮވިޑް-19 އާއި ގުޅޭ ގޮތަކަށެވެ. މިބުއިން ސާވް ކޮށްދޭއިރު ތަށި ވެސް ޑިޒައިން ކޮށްފައި ވަނީ ކޮރޯނާ ވައިރަސް އާއި ދާދި އެއްގޮތަކަށެވެ. އަދި ބޯން ބޭނުންވާ ތަކެތި އައިވީ ފުޅިއެއްގައި ހުންނަ ގޮތަށާއި ސިރިންޖަކުން ތައްޓަކަށް އަޅާ ގޮތައް ވަނީ ހަމަޖައްސާފައެވެ.
ރިސޯޓްގެ އޮފިޝަލަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި މިބުއިމަށް ލިބުނު ސަމާލުކަން ބޮޑުކަމުން ކޮކްޓޭލް ފިޔަވައި އެހެނިހެން ބުއިންތައް ވެސް މިގޮތައް ސާވް ކޮށްދިނުމަށް މިހާރު ވަނީ ނިންމާފައެވެ.
ޓްއަރިޒަމް ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާ ގޮތުގައި ރާއްޖެ އަކީ ކޮވިޑްގެ ހާލަތުން އަރައި ގަތުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަ އެއް ގައުމެވެ. ރާއްޖެ އިން މީގެ ކުރިން ވަނީ ފަތުރުވެރިންނަށް ކޮވިޑް ވެކްސިން ދޭނެ ކަން ވެސް އިއުލާން ކޮށްފައި ކަން ބައިނަލްއަޤުވާމީ މީޑިއާތަކުން ފާހަގަ ކުރެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ޓްއަރިޒަމް މިނިސްޓަރ އަހްމަދު މައުސޫމް ވަނީ ނޮވެމްބަރ މަހު ފަތުރުވެރިންނަށް ކޮވިޑް ވެކްސިން ދޭން ފަށާނެ ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް މައުސޫމް ވިދާޅުވި މުއްދަތު ފަހަނައަޅައި އިތުރަށް ދެމަސް ދުވަސް ފާއިތުވެގެން ދިޔައިރު ވެސް ފަތުރުވެރިންނަށް ވެކްސިން ދޭން ފަށާފައެއް ނުވެއެވެ.
ވައްކަރު ރިސޯޓްގެ "ބޫސްޓަރ ޝޮޓަށް" ދުނިޔޭގެ ސަމާލުކަން ލިބުނު އިރު ކޮވިޑް ފެށުނު ފަހުން ރާއްޖޭގެ ބައެއް ރިސޯޓްތަކުން ތައާރަފް ކުރި ޗުއްޓީ ޕެކޭޖްތަކަށް ވެސް ދުނިޔޭގެ ސަމާލުކަން ލިބިގެން ގޮސްފައި ވެއެވެ.
ބަނގުރާ އިސްތިހާރެއްތަ
ހާދަ ބޮޑު އިސްރާފެެއް
ވައުދުވާން ވަރަށް ފޯރި ހުންނާނެ. ފަހުން ހަނދާންނެތޭނެ. އެވާހަކަ ގޮވަންފެށީމާ ބުނާނެ އަންނަ މަހުއޭ އެބުނާ އަންނަ މަހެއް އަަންނަ ތަނެއް ނުފެންނާނެ.
މީގަހުރި އިންގްރެޑިއެންޓްސް ވެސް ބަލައިނުލާ އިޝްތިހާރުކޮށްލީ؟ އަންތަރީސް
ބުއްދި ފިލީމަ ސާރވް ކުރެވޭނީވެސް ތިހެން. ސޮޓްގެ އަސަރު ކޮއްފަ ހުރީ ބުއްދިއަަށް