ހުޅުމާލެ ތަރައްޤީކުރުމުގެ ތެރެއިން، އޯޕަން އެކްސެސް ނެޓްވޯކާއި ފައިބާ ކަނެކްޝަންތައް ފުޅާކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީން އެމްއޭސީއެލް އަދި ސްޓެލްކޯ އިން ތަރައްގީކޮށްފައިވާ އެޕާޓްމަންޓްތަކަށް އެފްޓީޓީއެޗް (ފައިބާ ޓު ދަ ހޯމް) ކަނެކްޝަންތައް ފޯރުކޮށްދީފި އެވެ.

އެޗްޑީސީއިން ބުނީ ހިޔާ ފްލެޓްގައި ދިރިއުޅެމުންދާ ރައްޔިތުންދަނީ އެ ނެޓްވޯކް ބޭނުންކޮށްގެން އިންޓަނެޓް އަދި ކޭބަލްޓީވީގެ ހިދުމަތް ހޯދަމުން ކަމަށެވެ.

އެ ނެޓްވޯކް އިން އާންމުންނަށާއި އަދި މި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ގިނަ ފައިދާތައް ލިބޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

"މި ކޯޕަރޭޝަނުން ގަބޫލުކުރާގޮތުގައި މި މިކްސްޑް-ރެޒިޑެންޝަލް އެޕާޓްމަންޓްތަކުގައި ފަސޭހައިން ލިބޭ އެފްޓީޓީއެޗް ކަނެކްޓިވިޓީއަކީ ރައްޔިތުން ދިރިއުޅެންފެށިހާ އަވަހަކަށް އިންޓަނެޓާއި ޓީވީ އަދި މިފަދަ ހިދުމަތްތައް އަވަހަށް ހޯދުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް." އެޗްޑީސީއިން ބުނެފައި ވެއެވެ.

އަދި އެ އެފްޓީޓީއެޗް ކަނެކްޝަންތަކުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ސްޕީޑް އަދި ސާވިސް ރޭންޖެއް ލިބިގެންދާނެ ކަމަށެވެ.

ފައިބަރ ޓު ދަ ހޯމް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކަށް ވަރަށް ގިނަ ފައިދާތަކެއް ލިބގެންދާނެ ކަމަށާއި އެގޮތުން، ފިޒިކަލް ކޭބަލިން އިންސްޓޯލް ކުރުމަށް މާގިނައިރު މަޑުކޮށްގެން ނުތިބެ ވަގުތުން ކަސްޓަމަރުންގެ ގެއަށް ކަނެކްޝަން ފޯރުކޮށްދެވޭނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އަދި އެފްޓީޓީއެޗް އާއެކު ހިދުމަތްދޭ ފަރާތްތަކަށް ކަސްޓަމަރުން އިތުރުކޮށް، ހިދުމަތް ދިނުމަށް ކުރާ ވަގުތާއި ހަރަދު ވަރަށްބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.

އެޗްޑސީއިން ބުނީ އޯޕަން އެކްސެސް ނެޓްވޯކްގެ ސަބަބުން ހިދުމަތްދޭ ފަރާތްތަކުން ރައްޔިތުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށް ދެވިގެންދާނެ ކަމަށެވެ.

އޯޕަން އެކްސެސް ނެޓްވޯކް އާއި އެފްޓީޓީއެޗް އާއި އެކު މަގުތައް ކޮނުން މަދުކުރެވި، ހިދުމަތް ފޯރުކޮށްދޭ ކޮންމެ ފަރާތަކުން އެއްނެޓްވޯކެއްގައި ގިނަބަޔަކަށް އެއްފަހަރާ ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

އަދި އިންފްރާސްޓްރަކްޗަރަށް ކުރާ ކެޕިޓަލް ހަރަދު ވަރަށް ބޮޑަށް ކުޑަކުރުމުގެ އިތުރުން، ހިދުމަތްދޭ ފަރާތްތަކަށް ނެޓްވޯކް ބެލެހެއްޓުމުގެ ހަރަދުތައް ކުޑަކުރެވިދާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

އެޗްޑީސީއިން ބުނީ އޯޕަން އެކްސެސް ނެޓްވޯކަކީ މި މުޖުތަމައު ޑިޖިޓަލްކޮށް ކުރިއަރައި ދިއުމަށްޓަކައި ވަރަށް މުހިންމު ރޯލެއް އަދާކުރާ އިންފްރާސްޓްރަކްޗާ ކޮމްޕޮނެންޓެއް ކަމަށެވެ.

ސްޓެލްކޯ ފްލެޓްތައް މިހާރު މުވައްޒަފުންނާއި ހަވާލުކޮށްފައި ވާއިރު އެމްއޭސީއެލްގެ ފްލެޓްތައް ހަވާލު ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނިޔާ

    ތި ޚިދުމަތުގެ ތަފަަތަކީ އެޗްޑީސީގެ ބެލުމުގެ ދަށުން މަގުކޮންނަކަން، ހަމަ ޝާކިރު ކޮންނަނީ. ތިޔައިގެނެތް އެހެން އާކަމެއް

  2. ޕްޓިން

    ސާކިރު ނޫން ގޮތެއް ނޯންނާނެ .. 😜