ވިލާ ޓްރޭޑިންގް ޕްރައިވެޓް ލިމިޓެޑް އަކީ 2021 ވަނަ އަހަރުގެ ޖެނުއަރީ 13 ގައި ގެނެރަލް ޓްރޭޑިންގް ކުންފުންޏެއްގެ ގޮތުގައި ވިލާ ގްރޫޕުގެ ދަށުން އުފެދިފައިވާ ކުންފުންޏެކެވެ. ވިލާ ޓްރޭޑިންގެ އަމާޒަކީ ރާއްޖެއިން ބޭރުގެ އެންމެ މަތީ ފަންތީގެ ތަކެތި ރަނގަޅު އަގެއްގައި ރައްޔިރުންނަށް ފޯރުކޮށްދިނުމެވެ. އެގޮތުން ވިލާ ޓްރޭޑިންގުން އެންމެ އިސްކަން ދޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ރައްޔިތުންގެ ކެއުމުގެ އާދަކާދަތަކާއި އެންމެ ގުޅުން ހުރި މީރު ތަކެތި ފޯރުކޮށްދިނުން ހިމެނެއެވެ. ވިލާ ޓްރޭޑިންގް ފެށިގެން އައީ ރީޓެއިލް ދާއިރާގެ ވިޔަފާރިންނެވެ. ނަމަވެސް އެ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެން ހޯލްސޭލް ދާއިރާގައިވެސް ވިލާ ޓްރޭޑިންގް ދަނީ ގަދަޔަށް ހަރަކާތްތެރިވަމުންނެވެ.

މިގޮތުން އެ ކުންފުނިން ރާއްޖެއަށް ތަފާތު އެތައް މަޝްހޫރު އާ ބްރޭންޑްތައް ތައާރަފް ކުރަމުންދާއިރު އޮޓިމާ އަކީ ދާދި ފަހުން ވިލާ ޓްރޭޑިންގްއަށް ތައާރަފް ކުރި ޕާސްތާ ބްރޭންޑެކެވެ. އޮޓިމާ ބްރޭންޑުން އެކި ސައިޒުތަކުގެ އަކި ވައްތަރުގެ ޕާސްތާ ލިބެން ހުންނާނެއެވެ. ކޮންމެ ދުވަހަކުވެސް ކާލަން ހިތްގައިމު އޮއްޓިމާ ޕާސްތާއަކީ އިޓަލީގައި މީގެ އެތަކެއް އަހަރުތަކެއް ކުރިން ތައްޔާކުރަމުން އަންނަ ޕާސްތާއެކެވެ.

އޮޓިމާގެ އެކި ވައްތަރުގެ ޕާސްތާގެ ތެރޭގައ ދިގު އަދި ހިމަ ޕާސްތާ، ދިގު ރިބަން ޕާސްތާ، ޓްވިސްޓް ޕާސްތާ، ޓިއުބް ޕާސްތާ ހިމެނެއެވެ. ދިގު އަދި ހިމަ ޕާސްތާ އަކީ ދިގުކޮށް ހިމަކޮށް ހުންނަ ވައްތަރުގެ ޕާސްތާ ނުވަތަ އާންމުކޮށް ސްޕެގެޓީ އޭ ކިޔާ ޕާސްތާއެވެ. އެހެނިހެން ޕާސްތާއާއިވެސް އެއްފަދައިން ހަމަ ހޫނު ފެނުގައި ކެއްކުމަށްފަހު ބޭނުންފުޅުވާ ވައްތަރުގެ ސޯސް އަދި މަހާއި އެއްކޮށްލުމުން ތައްޔާރުވީއެވެ. ރިބަން ޕާސްތާއަކީ ބަރު އަދި އަނގަޔަށް ލުއި ސޯސްތަކާއި އެކުވެސް ތައްޔާރުކޮށްލެވޭ ޕާސްތާއެކެވެ. ރިބަން ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ފެޓުޗީނި، ލަސާނިޔާ އަދި ޕައްޕާޑެލް ހިމެނެއެވެ. ޓްވިސްޓް ޕާސްތާގެ ވައްތަރުތަކުގެ ތެރޭގައި ސްޕައިރަލް އަދި ކޯކްސްކްރޫ ގޮތަށް ހުންނަ ޕާސްތާ ހިމެނެއެވެ. މިގޮތަށް ހުންނަ ޕާސްތާގެ ދޭތެރެތައް ނުވަތަ ބަޑިބަޑި ހުރުމުގެ ސަބަބުން ބޭނުންކުރާ ސޯސްއެއް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. އަދި ފުސިލީ ޕާސްތާއަކީ ބޯކޮށް ހުންނަ ސޯސްތަކަށާއި ޕާސްތާ ސެލެޑް ތަކަށް އެންމެ ބަރާބަރު ޕާސްތާއެވެ. ޓިއުބް ޕާސްތާ އަކީ ކުދިކޮށް ހޮޅިތަކެއް ގޮތަށް ހުންނަ ޕާސްތާއެކެވެ. އަދި މި ޕާސްތާ އެހެން ހުރުމުގެ ސަބަބުން ސޯސް ވަރަށް ރަނގަޅަށް ހިފަހައްޓައެވެ. މިއީ ހާއްސަކޮށް އޮލަކޮށް ހުންނަ ޗީސް ސޯސްތަކާއި ވަރަށް ގުޅޭ ޕާސްތާއެކެވެ. މި ހުރިހާ ވައްތަރުގެ ޕާސްތާވެސް ވިލާ މާޓުން ލިބިގެންދާނެއެވެ.

ބޮލޮގޮނައިޒަށް ބޭނުން ވާނެ ތަކެތި

ސަމުސާ ތެޔޮ 4

ފިޔާ ކުދިކޮށް ކޮށާފަ 1

ލޮނުމެދު ޗިސްކޮށްފަ4

ކިލޯ ބީފް ކުދިކޮށް ކޮށާފަ 1

ދަޅު ޓޮމާޓޯ 1

ދަޅު ޕީލްޑް ޓޮމާޓޯ 1

ޖޯޑު ފެން 3/1

ޕާސްތާ އަށް ބޭނުންވާ ތަކެތި

ގ އޮޓީމާ ޕާސްތާ250

މޭޒުމަތީ ސަމުސާ ފުށް 2

ސަމުސާ ތެޔޮ 2

މލ ކިރު 500

ގ އަދި 75ގ ޗެޑާރ ޗީޒް 200

ގ އަދި 75ގ މޮޒޮރެއްލާ 200

ލޮނު

އަސޭމިރުސް

ތައްޔާރު ކުރާނެ ގޮތް

ފުރަތަމަ ޕާސްތާ ތައްޔާރުކޮށްލުމަށް ތަވާއަށް ތެޔޮ، ލޮނު، އަސޭމިރުސް އެޅުމަށްފަހުއޭގެތެރެއަށް ފުށްކޮޅު އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ކިރުކޮޅު އަޅާ އެއްކޮށްލުމަށްފަހު200ގ ގެ ޗެޑާއާއި މޮޒޮރެއްލާ އަޅާ އެއްކޮށްލާށެވެ. ޗީޒްތަށް އެއްކޮށް ވިރުމުން އޭގެތެރެއަށް ޕާސްތާކޮޅު އަޅާ އެއްކޮށް މަޑުވުމުން އުނދުން މަތިން ބާލާށެވެ.

އެއަށްފަހު އެހެން ތަވާއެއްގައި ބޮލޮގޮނައިޒް ތައްޔާރުކޮށްލުމަށް ތެޔޮ ކޮޅު އަޅާ ހޫނުވުމުންފިޔާ، ލޮނުމެދު އަޅާ ފިޔާކޮޅު ރަތް ވަންދެން ކައްކާލާށެވެ. އެއަށްފަހު ބީފްކޮޅު އަޅާއެއްކޮށްރޯފިލުމުން ލޮނު، ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު ފެން އަދި ޕީލްޑް ޓޮމާޓޯ އަޅާއެއްކޮށްލާށެވެ. އެއްކޮށް ކެކިގަތުމުން ބާކީ ހުރި 75ގ ގެ މޮޒޮރެއްލާ ކޮޅު ތައްޔާރުކުރެވުނުބޮލޮގޮނައިޒް މައްޗަށް އަޅާ އެއްކޮށް ވިރުމުން ކުރިން ތައްޔާރު ކުރި ޕާސްތާ ކޮޅު އޭގެމައްޗަށް އަޅާށެވެ. އަދި އެއަށްފަހު ބަކީހުރި ޗެޑާ ޗީޒްތަށް މައްޗަށް އެޅުމަށްފަހު 15 މިނެޓްވަންދެން 220 ސެލްސިއަސްގައި އަވަނުންގައި ފިހެލުމުން ޕާސްތާ ބޮލޮގޮނައިޒް ތައްޔާރުކުރެވުނީ އެވެ.

ވިލާ މާޓުން ވިއްކާ ހުރިހާ ތަކެއްޗެއްވެސް މާލެ, ހުޅުމާލެ އަދި ދޯނިފަހަރުތަކަށް ޑެލިވާ ކޮއްދޭނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުކަމުގައި ވާނަމަ ވިލާ ޓްރޭޑިންގްގެ ހޮޓްލައިން ނަމްބަރ: 7667711 އަށް ގުޅާލައްވާ ނުވަތަ [email protected] އަށް މެއިލްއެއް ފޮނުއްވާލައްވާ.