ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަންނަ ރެޑްވޭވް އިން މަޖިދީ މަގުގައި ރެޑްވޭވް ސެންޓްރަލްގެ ނަމުގައި ބޮޑު ޝޮޕިންގ ސެންޓަރެއް ހުޅުވައިފިއެވެ.

މިއީ ރެޑްވޭވް އިން މާލެ ސަރަހައްދުގައި ހުޅުވި އެ ކުންފުނީގެ 15 ވަނަ އައުޓްލެޓެވެ.

މިފަހަރު ހުޅުވި ރެޑްވޭވް ސެންޓްރަލް ހުންނާނީ ކުރިން އަގޯރާ ހިންގި އިމާރާތުގައެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި މި ޝޮޕިންގ ސެންޓަރު ހުޅުވާ ދެއްވީ ރެޑްވޭވްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް)އެވެ.

ރެޑްވޭވްގެ 15ވަނަ ފިހާރަ ހުޅުވުން. ވަގުތު އިމޭޖަސް: އަހުމަދު ޖައިސަމް

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ، ރެޑްވޭވް އިން 15 ވަނަ ފިހާރަ ހުޅުވުމުގެ ބޭނުމަކީ މިހިސާބުގަަނޑުގައި ދިރިއުޅޭ މީހުންނަށް ފަސޭހައިން ވިޔަފާރި ކޮށްލެވޭނެ ގޮތް ވުން ކަމަށެވެ. އަދި މި ތަނުންވެސް ރެޑްވޭވް އިން ވިއްކާ ހުރިހާ ބާވަތެއްގެ މުދާ ލިބެން ހުންނާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ފާހަގަކުރެއްވިގޮތުގައި، މި ފިހާރައިންވެސް އެހެން ފިހާރަތަކާއި އަގުތައް ވަރަށް ތަފާތު ވާނެ އެވެ. އެހެންކަމުން ރެޑްވޭވްގެ އެހެން ފިހާރަތަކޭ އެއްގޮތަށް މި ފިހާރައިގައިވެސް ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮ ވާނެ ކަމުގެ ޔަގީންކަން ސަލީމް ދެއްވިއެވެ.

ރެޑްވޭވްގެ 15ވަނަ ފިހާރަ ހުޅުވި ރަސްމިއްޔާތުގައި ސަލީމް ވާހަކަ ދައްކަވަނީ. ވަގުތު އިމޭޖަސް: އަހުމަދު ޖައިސަމް

މިއީ ރެޑްވޭވްއިން މާލޭގައި ހިންގާ އެންމެ ބޮޑު ފިހާރައެވެ. މި ފިހާރަ ހަތަރު ބުރިއަށް ހުންނައިރު، އެންމެ ތިރީ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކާބޯތަކެއްޗަށެވެ. ދެވަނަ ފަންގިފިލާ ރީތިވާ ސާމާނަށް ހާއްސަ ކޮށްފައިވާއިރު، ތިން ފަންގިފިލާ ހާއްސަކޮށްފައި ވަނީ ބަދިގެ ސާމާނަށެވެ. އަދި ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އަންނައުނަށެވެ.

ރެޑްވޭވް އިން މާލޭގައި ހުޅުވި ބޮޑު ފިހާރަ، މިއީ އެ ކުންފުނީގެ 15 ވަނަ ފިހާރަ - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަން

ރެޑްވޭވް އަކީ ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އަނަން ކުންފުންޏެކެވެ. އެ ކުންފުނިން އަބަދުވެސް އިސްކަންދެމުން ދަނީ ރައްޔިތުންނަށް ބޭނުންވާ މުދާ ހެޔޮ އަގެއްގައި ލިބޭނެ ގޮތް ހަމަޖެއްސުމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ މުދާ ލިބޭނެ ގޮތް ހަމަޖެއްސުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

ރެޑްވޭވް އިން މާލޭގައި ހުޅުވި ބޮޑު ފިހާރަ، މިއީ އެ ކުންފުނީގެ 15 ވަނަ ފިހާރަ - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަން

ރެޑްވޭވް އިން މާލޭގައި އަނެއްކާވެސް ބޮޑު ފިހާރައެއް ހުޅުވިއިރު، ރޯދަ މަހަށް ހާއްސަކޮށް ރެޑްވޭވް އިން ވަނީ ހާއްސަ ޕްރޮމޯޝަނެއްވެސް ފަށައިފައެވެ. އަދި ރޯދަމަހަށް ބޭނުންވާ ގިނަ ސާމާނުތަކުން ޑިސްކައުންޓް ލިބޭ ގޮތް ރެޑްވޭވް އިން ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައްޔަ

    ސާބަހޭ ސަލީމް

    30
  2. ހަސަނު

    ސަލީމުމެން ތިބީމައޭ ރައްޔިތުންނަށް ކާބޯތަކެތި އަތްފޯރާއަގުގަމިލިބެނީ...ޝުކުރިއްޔާ ސަލީމް

    16
  3. އިނާސް

    ސާބަހޭ ސަލީމް

    15
  4. އަހައްމަދޫ

    ވެލް ޑަން ސަލީމް