ދިވެހި ސަރުކާރުން ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ އެހީގައި ކުރިއަށް ގެންދާ ޑިވެލޮޕްމަންޓް އޮފް ފިޝަރީޒް ސެކްޓަރ ޕްރޮޖެކްޓްގެ ދަށުން ގއ.ކޫއްޑޫ، ކ.ކަނޑުއޮތްގިރި އަދި މ.މުލަކުގައި ކޯލްޑް ސްޓޯރޭޖް އެންޑް އެސޯސިއޭޓެޑް އެންސިލަރީ ފެސިލިޓީސް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

މި މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ތިން ލޮޓަކަށް ބަހާލައިގެންނެވެ. ލޮޓް އެކެއްގައި ހިމެނޭ ގއ.ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ޕަވަރް އިމްޕްރޫވްމަޓްގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޮޓް ދޭއްގައި ހިމެނޭ ކ.ކަނޑުއޮތްގިރީގައި 200 ޓަނުގެ ކޯލްޓް ސްޓޯރޭޖް ކެޕޭސިޓީއާއި ބްލާސްޓް ފްރީޒިންގް ފެސިލިޓީގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. ލޮޓް ތިނެއްގައި މ.މުލަކުގައި 500 ޓަނުގެ ކޯލްޓް ސްޓޯރޭޖް ޑިވެލޮޕް ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ލިމިޓެޑް އިންޓަރނޭޝަނަލް ބިޑިންގ (އެލް.ސީ.ބީ) އުސޫލުގެ މަތިން، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ 'ގައިޑްލައިން ފޯ ޕްރޮކިއުމަންޓް އޮފް ގުޑްސް އެންޑް ކޮންޓްރެކްޓިންގ ފޯ ދަ އެގްސެކިއުޝަން އޮފް ވޯކްސް' އާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

މި ބީލަން ކުރިއަށްގެންދާނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާއި އެއްގޮތަށެވެ.

ލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ ޖޫން 8 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރި ކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑިންގް ޑޮކިއުމަންޓް ސޮފްޓްކޮޕީ ފޯރމެޓްގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓް އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ޕްރޮޖެކްޓްގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 މޭ 2023 ވާ ބުދަ ދުވަހުގެ 13:00 ގައި އޮންލައިންކޮށެވެ.

މިޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީ ތިރީގައި ބަޔާންކޮށްފައިވާ ޢަދަދަށް (ނުވަތަ އެއާ އެއްވަރުގެ އަދަދެއް ދިވެހި ރުފިޔާއިން) ކޮންމެ ލޮޓަކަށް ވަކިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ލޮޓް 1: 35,000.00 (ތިރީސް ފަސްހާސް) ޔޫއެސް ޑޮލަރު
ލޮޓް 2: 16,000.00 ( ސޯޅަ ހާސް) ޔޫއެސް ޑޮލަރު
ލޮޓް 3: 12,000.00 (ބާރަ ހާސް) ޔޫއެސް ޑޮލަރު

ބީލަން ހުޅުވުން އޮންނާނީ 2023 ޖޫން 12 ވާ ހޯމަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބޭ

    އަދި ތަންކޮޅެއް އަބަސް

  2. ސައުދު އަލީ

    ކޮންމެސް ފަންޑެކޭ އަބަދު ތިކިޔަނީ މީގެ 5 އަހަރު ކުރިން ބުނީ ކުވޭތު ފަންޑު އޯޕަންކިރީމާ ގދ.ތިނަދޫގައި ޓާޝަރީ ހޮސްޕޮޓަލު އަޅާނަމޭވެސް އަދިއަދަށް ދާންނެން އެފަންޑު އޯޕަންއެއް ނުކުރެވެއެވެ. ތިނަދޫ ރައްޔިތުން މިތިބީ ގުބޯމައްޗަށް ގުބޯ ހައްދާފައެވެ. 53 މިލިޔަން ޑޮލަރު ނަގައިންގެން ޒިފްލީން ތައްޔާރުވަމުންދަނީ މަޖުލިސް އިންތިހާބަށެވެ.. ދެން ބާރަށް އަތްޖަހާ ބާރަށް ބާރަށް އަތްޖަހާ. ދެން މެންމަރު މުގުނީއާއި ސަނީފުއާ ދެމީހުންވެސް ހަމަ ހީހީފާ ބާރަށް އަތްޖަހަން ވީއެވެ.

  3. ޅާމް

    ބިންތަށް އިންތިޚާބަަށް ބަހާލަނީދޯ.