ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުވައްޒަފުންނަށް ކެންސަރު ސްކްރީނިންގ ޕްރޮގްރާމެއް މިއަދު ބާއްވައިފިއެވެ.

ބީއެމްއެލްއިން ބުނީ، މުވައްޒަފުންނަށް ބާއްވާފައިވަނީ އުރަމަތީގެ ކެންސަރާއި އަނގައިގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް ކަމަށެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އާ ގުޅިގެން ބޭއްވުނު މި ސްކްރީނިންގައި 100 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މި ޕާރޓްނާޝިޕް ގެ ދަށުން ސީއެސްއެމް އާއެކު ބޭންކުން ވަނީ މި ނޮވެންބަރު މަހު ކެންސަރަށް ސްކްރީން ކުރުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުމަށް ނ. އަތޮޅުގެ ރަށްތަކުގައި ޕްރޮގްރާމްތަކެއް ހިންގާފައެވެ.

2016 ވަނަ އަހަރުން ފެށިގެން ކެންސަރަށް މީހުން ހޭލުންތެރިކުރުވުމަށާއި ބަލިން ރައްކާތެރިވުމަށް ދުރާލާ ޓެސްޓު ކުރުމަށް ބާރުއެޅުމަށް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ ޕިންކް ރިބަން ރަން-ވޯކް އަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ

ބީއެމްއެލްއިން އަންނަނީ ގަވައިދުން އެބޭންކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ކެންސަރ ސްކްރީން ޕްރޮގްރާމް ބާއްވައި، ބަލިން ރައްކާތެރިވުމަށް ޓެސްޓު ކުރުމާއި ބަލި ޖެހުމުގެ ކުރިން ދެނެގަތުގެ މުހިންމުކަން މުވައްޒަފުންނަށް ކިޔާދީ ބާރުއަޅަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސްވައު34

    މީވަރަށް ރަންގަޅު ކަމެއް ސަރުކާރުގެ އޮފީސްތަކުންވެސް މުވައްޒަފުންނަށް މިޕްރޮގުރާމް ސެންސަރ ސޮސައިޓީއާއި ގުލިގެން ހިގުން މުހިންމު މިޕްރޮގުރާމް ހިންގިދާނެބާ؟