ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެހީގައި ޤައުމީ ކުތުބުހާނާ އަށް ބޮޑު ބަދަލެއް ގެނެސްފިއެވެ.

ގައުމީ ކުތުބުހާނާ އަށް އެ ބޭންކްގެ އެހީގައި ގެނެވުނު ޒަމާނީ ބަދަލުތައް ބައްލަވާލެއްވުމަށް ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ ކާރލް ސްޓުމްކަ މިއަދު ވަނީ ކުތުބުހާނާ އަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވިއެވެ.

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ ތަރައްގީކޮށްފައި - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އެ ބޭންކް އިން މައުލޫމާތު ދިންގޮތުގައި ބީއެމްއެލްގެ އެހީގައި އެތަނަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ފުރަތަމަ ފަހަރަށް ލައިބްރަރީގައި ޒަމާނީ ސެކިއުރިޓީ ގޭޓެއް ގާއިމު ކުރުމާއި ފޮތް ކިޔުމަށް އާންމުކޮށް ބޭނުންކުރާ ތަން ތަރައްގީ ކުރުމާއި ޒަމާނީ ވަސީލަތްތަކާ އެކު މުޅިން އަލަށް އޯޑިއޯ ރިކޯޑުކުރެވޭނެ ބޫތެއް ގާއިމް ކުރުން ހިމެނެއެވެ.

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ ތަރައްގީކޮށްފައި - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް

އޭގެ އިތުރުން، ގައުމީ ތަރިކައާ ގުޅުންހުރި ލިޔުންތަކާއި ފޮތްތައް ހުންނަ ކޮޓަރި ތަރައްގީކޮށްފައިވާއިރު، ލައިބްރަރީގައި ހުރި ފޮތްތަކާއި ލިއުންތައް ޑިޖިޓަލް ކުރުމުގެ މަސައްކަތަށް ބޭނުންވާ ހާއްސަ ސްކޭނަރެއް ބަހައްޓާފައި ވެއެވެ.

ބީއެމްއެލްގެ އެހީގައި ގައުމީ ކުތުބުހާނާ ތަރައްގީކޮށްފައި - ވަގުތު އިމޭޖްސް: އަހްމަދު ޖައިޝަމް
އަދި މަޝްވަރާތައް ކުރަން ހާއްސަކޮށްފައިވާ ބަޔާއި، ސައިލެންޓް ރީޑިން ރޫމާއި ދިރާސާތައް ކުރުމަށް ހާއްސަކޮށްފައިވާ ކޮޓަރި ބީއެމްއެލްގެ އެހީގައި ވަނީ ތަރައްގީ ކޮށްފައެވެ.
އަދި ލައިބްރަރީގެ ހިދުމަތް ހޯދާ ފަރާތްތަކުން ބޭނުންކުރާ ކޮމްޕިއުޓަރުތައް އަޕްގްރޭޑު ކޮށްފައިވާއިރު، ލައިބްރަރީގެ އިނގިރޭސިފޮތް ބަހައްޓާފައި ހުންނަ ސެކްޝަން ތަރައްގީ ކޮށްފައި ވެއެވެ.