ރަޝިއާ އާއި ޔޫކުރޭނާއި ދެމެދު ކުރެވެމުންދާ ހަނގުރާމައިގައި ޔޫކުރޭނުން ޑުރޯންގެ ބޭނުން ވަރަށް ބޮޑަށް ހިފަން ފަށާފައި ވާއިރު، އަސްކަރިއްޔާގައި ޑުރޯން ހަނގުރާމަ އަށް ހާއްސަކޮށްގެން އަސްކަރީ ޔުނިޓެއް ގައުމުގެ ރައީސް ވޮލޮޑްމީރް ޒެލެންސްކީ އުފައްދަވައިފިއެވެ.

ގައުމާއި މުހާތަބުކޮށް ދެއްވި ވީޑިއޯ މެސެޖެއް ގައި ވާހަކަ ދައްކަވަމުން ޔޫކުރޭނުގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ މިހާރު ބަދަލުވަމުން އަންނަ ހަނގުރާމައިގެ ހާލަތަށް ބަލައި، ޑްރޯން ތަކުގެ މުހިއްމު ކަމުގެ އިހްސާސް އޭނާ އަށާއި އަސްކަރިއްޔާގެ ވެރިންނަށް ކުރެވޭ ކަމަށެވެ. އެހެންކަމުން ހަނގުރާމައިގައި ޑްރޯން ތައް އިތުރަށް ބޭނުން ކުރުމަށްޓަކައި އެކަމަށް ހާއްސަ ޔުނިޓެއް އުފެއްދީ ކަމަށް ވެސް ޒެލެންސްކީ ވަނީ އެ މެސެޖުގައި ވިދާޅުވެފައެވެ.

"ޑުރޯން- މީހުންނާއި ނުލާ ދުއްވާ އަސްކަރީ އުޅަނދުތައް ވަނީ ރަޝިއާ އާއި ދެކޮޅަށް އަހަރެމެން މި ކުރަމުންދާ ހަނގުރާމައިގައި އޮއިވަރު ބަދަލުކޮށްލާ، އަހަރެމެންނަށް ނުހަނު ގިނަ ކާމިޔާބީތަކެއް ހޯދައިދީފައި. އަދި ކަޅު ކަނޑުގައި ރަޝިއާގެ ސިފައިން ބިރުން ހަނގުރާމަައިގެ މައިދާނަށް ނުކުންނަށް ނުކެރިފައި އެ ތިބެނީ އަހަރެމެންގެ ޑްރޯން ތަކުގެ ނުރައްކާ އެމީހުންނަށް އެނގޭތީ." ޔޫކުރޭނުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ރައީސް ޒެލެންސްކީ ވީޑިއޯ މެސެޖް ގައި ވިދާޅުވިއެވެ.

ދުނިޔޭގެ އެއްވެސް ގައުމެއްގެ އަސްކަރިއްޔާ ގައި ޑްރޯނަށް ހާއްސަ ޔުނިޓެއް ހަދާފައެެއް ނުހުރެއެވެ. އެމެރިކާ އާއި އިސްރާއީލުން ހަނގުރާމައިގެ މައިދާނުގައި ޑުރޯން ބޭނުން ކުރި ނަމަވެސް އެ ގައުމުތަކުގެ އަސްކަރިއްޔާ ގައި ވެސް ޑުރޯނަށް ހާއްސަ ޔުނިޓް ތަކެއް ހަދާފައެއް ނުހުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޒަރީނާ

    ކުޅޭބޭބެ

  2. ގުއި ރޮދި

    ތީގެ ދެވަނަ ޔުނިޓް ހަދާނީ މާލްދީވްސްގަ ބަލަންތިބޭތި!

  3. ކަކުނިބޯ

    ތީގެ ޔުނިޓެއް ރާއްޖޭގައިހަދަންޖެހޭ.