އިންޑިޔާގެ ސަރަހައްދަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.

މިރޭގެ ވަގުތެއްގައި މި ބިންހެލުން އައިސްފައި ވަނީ 5.2 މެގްނެޓިއުޑް ބާރުމިނުގައެވެ.

އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޯ ސެއިސްމޮލޮޖީން ބުނީ ބިންހެލުން އައިސްފައިވަނީ 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

ބިންހެލުން އައިސްފައި ވަނީ ލައްޑަކްގެ ކާގިލް ސިޓިއާ ހުޅަނގު އުތުރުން 148 ކިލޯމީޓަރު ކައިރިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ގެއްލުންތައް ލިބުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފް ނުވެއެވެ.