މިސްރު ފުލުހުން ވަޒީފާ އަށް ނިކުންނަމަ ތުނބުޅި ބާލަން އެގައުމުގެ ކޯޓަކުން އަމުރު ކޮށްފިއެވެ.
ފުލުހުންގެ ތުނބުޅި ބާލަން ސަރުކާރުން ނިންމާފައި އޮތް މައްސަލަ ފުލުހެއްގެ ފަރާތުން ކޯޓަށް ހުށަހެޅުމުން މީގެ ކުރިން ކޯޓުން ނިންމާފައި ވަނީ ތުނބުޅި ހުންނަ ފުލުހުންނަށް ތަފާތު ކުރުމެއް ނެތި ވަޒީފާގެ ޒިންމާތައް އަދާކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.
ނަމަވެސް ދަށު ކޯޓުގެ އެއަމުރު މަތީކޯޓުން ސަސްޕެންޑްކޮށް މިހާރު ވަނީ ތުނބުޅި ހުންނަ ފުލުހުން ތުނބުޅި ބާލައިގެން ވަޒީފާ އަށް ނިކުތުމަށް އަންގާފައެވެ.
މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަތުގެ ވެރިކަމުގައި ވެސް ފުލުހުން ތުނބުޅި ބެހެއްޓުމަކީ މަނާ ކަމެކެވެ. ނަމަވެސް މުހައްމަދު މުރުސީ ވެރިކަމަށް ވަޑައިގެން ފުލުހުން ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދެއްވިއެވެ.
އޭގެ ފަހުން 2014 ވަނަ އަހަރު ބަޣާވާތަކުން މުރުސީގެ ވެރިކަން ވައްޓާލާ އަބްދުލް ފައްތާހް އަލް ސީސީ ވެރިކަމަށް ވަޑައިގެން ތުނބުޅި ބެހެއްޓުން ފުލުހުންނަށް މަނާ ކުރިއެވެ. އެއަހަރު އިންޓީިރިއާ މިނިސްޓްރީ އިން ވަނީ ތުނބުޅި ނުބާލާ ވަޒީފާ އަށް ނިކުތް ދިހަ ފުލުހަކު ވަޒީފާ އިން ވަކިވެސް ކޮށްފައެވެ.
މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް މުހައްމަދު މުރުސީ އަކީ ވަަރަށް ބޮޑަށް އިސްލާމީ އުސޫލުތައް ހިފަހައްޓަވަން ބާރު އެޅުއްވި ވެރިއެކެވެ. ނަމަވެސް މުރުސީގެ ވެރިކަން ވައްޓާލުމުގައި އިސްކޮށް ހުންނެވި މިހާރުގެ ރައީސް ސީސީ އަކީ ހުޅަނގުގެ ވިސްނުމަށް ތާއިދު ކުރައްވާ، ހުޅަނގުގެ މަދަދާއި އެކު ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ފިރްޢައުނެއްފަދަ ސީސީ
މި ޤައުމުގަ ވެސް ޔަހޫދީންގެ މަދަދާއި އެކު
ވެރިކަމަށ އަންނަން އޫޅޭ ސީސީ ބައިގަނޑެއް
އުޅޭ
ހަނދާންވަނީ މައުމޫނުގެ ހަރުކަށި 30 އަހަރުގެ މަތިން. އޭރު ހުސްނީ މުބާރަކުގެ އަނިޔާވެރި ގޮތްތައް ކޮޕީކުރެއްވި. ފިރެހެންވަންތަ ޖަހާ އެއްވެސް ސިފައިންނެއް ނޫޅޭ އޭރަކު.
ރާއްޖޭގެ ސިސީ އަކީ ކާކުބާ ރ.ނަސީދުތަ
ޔޫރަޕުން ބުނަނީ މިހާރު މިސްރުދަނީ ޑިމޮކްރަސީއާ ދިމާލަށޯ. ހަގީގތަކީ އަޅުވެތިކަމާ ދިމާލަށް ގޮސްފަ އޮތްކަން. މިއީތޯ ޔޫރަޕުން ބުނާ ޑިމޮކްރަސީއަކީ؟ ޔޫރަޕައް އަޅުވެތިނުޥާ އެއްވެސް ގައުމެއްގައި ޑިމޮކްރަސީ އޮންނަކަމަށް މި ބައިގަނޑު ގަބޫލެއްނުކުރޭ
އިސްލާމުންނޭކިޔާގެން އުޅޭ މީހުންގެ ހާލަތު ހުންނަގޮތް މިހިރީ. މަތިން ބާވާލެއްވީ ތުނބުޅި ބޭލުންތަ ނުވަތަ ދިގު ކުރުންތަ؟ ހީވަނީ ތުނބުޅި ހުންނަ މީހަކައް އެއްވެސް ކަމެއް ނުކުރެވެނީހެން އެހުރިއްޔާ. މިމީހުންގެ ހިތައް ހާދަ އަސަރެއް ކުރުވާކަމެކޭ މިއީ ހަމ އަޖައިބުވާވަރުގެ ކަމެއް