ވޮޝިންޓަން ޕޯސްޓްއަށް ލިޔަމުން ދިޔަ، ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ޖަމާލް އަހުމަދު ޚާޝޮގީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ތުރުކީގެ އޮފިޝަލުން ހާމަކޮށްފިއެވެ.
ތުރުކީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓްއަށް ދިޔަ ފަހުން ވީނުވީއެއް ނޭނގި ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމަށް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން އިއްޔެވަނީ ސައުދީގައި ހުންނަ ސައުދީގެ ކޮންސިއުލޭޓަށް ގޮސް 9 ގަޑިއިރުގެ ވަންދެން އެތަން ބަލާފާސްކޮށްފައެވެ.
މިތަން ބަލާ ފާސްކުރުމުގައި ހަރަކާތްތެރިވި އިސް އޮފިސަރަކު ބޭރުގެ މީޑިޔާތަކަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ ނޫސްވެރިޔާ ސައުދީ ކޮންސިއުލޭޓްގައި މަރާލާފައިވާ ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ. ނަމަވެސް ހޯދިފައިވަނީ ކޮން ކަހަލަ ހެއްކެއް ކަމެއް އޮފިޝަލް ހާމަކޮށްފައިއެއް ނުވެއެވެ.
ތުރުކީއިން މިމައްސަލައިގައި ސައުދީއިން ނޫސްވެރިޔާ މަރާލާފައިވާ ކަމުގެ ތުހުމަތު ތަކެއް ކޮށްފައިވީނަމަވެސް، ސައުދީއިންވަނީ މިކަން ދޮގުކޮށްފައެވެ. އަދި ތުރުކީގެ ރައީސް މީގެ ކުރިން ބުނެފައިވަނީ ސައުދީގެ ކޮންސިއުލޭޓް ތެރޭގައި ގޮތް ނޭނގޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ.
ޖަމާލް އަހުމަދު ޚާޝޮގީ އަކީ އަމިއްލައަށް ތުރުކީއަށް އަރުވާލެވިގެން ހުރި މީހެކެވެ. މިމީހާ އެމެރިކާއަށް ދިރިއުޅުން ބަދަލުކޮށްފައިވަނީ ސައުދީގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒުކޮށް އޭނާ ލިޔަމުން ގެންދިޔަ ނޫސް ހުއްޓުވާލުމަށް ފަހު އޭނާއާއެކު މަސައްކަތް ކުރި މީހުން ޖަލަށް ލުމާއި ގުޅިގެންނެވެ.
މި ނޫސްވެރިޔާއަކީ ސައުދީ އަރަބިއްޔާގެ ވަލީ އަހްދަށާއި ސައުދީގެ ސަރުކާރަށް ވަރަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުކޮށް ލިޔެފައިވާ ނޫސްވެރިއެކެވެ. އަދި އޭނާ ސައުދީ ކޮންސިއުލޭޓަށް ދިޔައީ އޭނާ ކުރިން ކައިވެނިކުރި ސައުދީ އަންހެން މީހާގެ ވަރީގެ ސެޓްފިކެޓް ހޯދާށެވެ. ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުން އޭނާވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.
ރޭގަ ތިގައުމައް ހިނގައްޖެ މީހަކު. ޢެމީހާވެސް ކޮންސިއުލޭޓަކައް ގެންގޮސްބަލަ. އަދި ފިއްލަވާލަބަލަ
ކޮބާ އަދިވެސް ބުނޭ ރާއްޖެއޮތީ ސައުދީއާ އެކުގައޭ.
މި ވާނީ ރާފިޟީ ދައުލަތަށް ބައިއަތު ހިފައިގެން އުޅޭ އިޚްވާނީ ގަތަރާ ތުރުކީ ގުޅިގެން ސައޫދީ އަށް ދެކޮޅަށް ރޭވި މަކަރަކަށް. ސައުދީއަކާ ނުކުޅެވޭނެ ﷲ ގެ އިރާދަފުޅުން، އެތަނުގެ އެތެރެ އާ ބޭރުން ކާފަރުންނާ މުނާފިޤުންތައް ހަމަ ރެޔާދުވާލު މަސައްކަތް ކުރަނީ
މޮޔަ ސައުދީން .ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ
ޢަނެއްކާ އައްނި ސަލާމަތްވާނެބާ
ސައޫދީ އަކީ ވަރަށް ނުބައި ގައުމެކެވެ.
އޭނަވެސް ދިޔައީ އެކަމިވެރި މައިންގެ ފުލެޓައްލާ ފޯމައް ވަރީގެ ސެޓުފިކެޓް ހަމަކުރާން. ކަންދިމާވިގޮތުން އޭނާއައް އެކަން ވާގޮތެއް ނުވި.
ސައޫދީގައި މަހާރު ރަސްކަން ކުރާ ޝާހީ އާއިލާ އަކީ މިއުއްމަތުގެ ހަލާކު.
މަބުނިިި ކޮބަަ ތަ ޕޮޓޯ!!!!!