ނިއުޒިލެންޑްގެ ކްރިސްޗާޗްގެ މިސްކިތްތަކަށް ދިން ހަމަލާއަށް މާދަމާ އެއް ހަފްތާ ވުން ފާހަގަ ކުރުމުގެ ގޮތުން އެގައުމުގެ ޓީވީތަކުންނާއި ރޭޑިއޯތަކުން މާދަމާގެ ހުކުރު ނަމާދު ލައިވް ކުރަން އެގައުމުގެ ސަރުކާރުން ނިންމާއިފިއެވެ. އަދި މުސްލިމުންނާއި އެކުގައި ތިބިކަން ދެއްކުމުގެ ގޮތުން މާދަމާ ނިއުޒިލެންޑްގެ ހުރިހާ އަންހެނުން ވެސް ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުމަށް ބޮޑުވަޒީރު ވަނީ ގޮވާލައްވާފައެވެ.
ކްރިސްޗާޗްގެ ހަގްލީ ޕާކްގައި މާދަމާ ހަމަހިމޭންކަމުގެ ސްކޫތެއް ގެނައުމަށް ވެސް ވަނީ ނިންމާފައެވެ. ހަގްލީ ޕާކަކީ ބަޑި ޖެހުމުގެ ހަމަލާ ދިން މަސްޖިދު އަލް ނޫރު މިސްކިތުގެ ކައިރީގައި އޮންނަ ޕާކެކެވެ. މި ސްކޫތުގައި ބައިވެރިވުމަށް ނިއުޒިލެންޑްގެ އެކި ސަރަހައްދުތަކުން ކްރިސްޗާޗަށް މީހުން ޖަމާވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ހަމަހިމޭންކަމުގެ ސްކޫތު ފަށާނީ މާދަމާ ނިއުޒިލެންޑްގެ ގަޑިން މެންދުރު 01:32 ގައެވެ. ނިއުޒިލެންޑްގައި ހުކުރު ކުރަން ފަށަނީ 01:30 ގައެވެ.
މާދަމާ ކްރިސްޗާޗަށް ޒިޔާރަތް ނުކުރެވޭ އަންހެނުން ވެސް ވަޒީފާ އަށް ނިކުންނައިރު ނުވަތަ މަގުމައްޗަށް ނިކުންނައިރު ބުރުގާ އަޅައިގެން ތިބުމަށް ނިއުޒިލެންޑްގެ ބޮޑުވަޒީރު އެދިވަޑައިގަންނަވައެވެ. މިހަރަކާތުގައި ބައިވެރިވާނެ ކަމަށް ވަރަށް ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި ބުނަމުންނެވެ.
ކްރިސްޗާޗްގައި ހުކުރު ދުވަހު ދިން ހަމަލާ އަށް ފަހު ނިއުޒިލެންޑްގައި އިސްލާމްދީނާއި ބެހޭ މައުލޫމާތު ހޯދާ މީހުންނާއި މިސްކިތްތަކަށް ޒިޔާރަތް ކުރާ ޣައިރު މުސްލިމުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
ކްރިސްޗާޗްގެ ދެ މިސްކިތަކަށް މިދިޔަ ހުކުރު ދުވަހު ދިން ހަމަލާގައި 50 މުސްލިމުން ޝަހީދުވިއެވެ. މިއީ ނިއުޒިލެންޑްގެ ތާރީޚްގައި ވެސް އެގައުމަށް ދިން އެންމެ ނުރައްކާތެރި ނިރުބުވެރި ހަމަލާއެވެ.
ހާދަ ރަނގަޅު ބޯޑުވަޒީރެކޭ...އަޅުގަނޑުމެންނަށްވެސް މިފަދަ ވެރިއެއްދެއްވަވާނެ ނަމަ
ސާބަސްފުޅު ހަމަ ކަމަނާ އަށް! މާތް ﷲ ކަމަނާ އާއި ކަމަނާގެ ޤައުމުގެ މީހުންނަށް ތެދުމަގު ދައްކަވާށި!
އާމީން!
މާދަމާ މެންދުރު ގެރި މޯދީއާއި ޑޮނަލްޑް ޓުރަމްޕާއި އިސްލާމްދީނާ ދެކޮޅު ހުރިހާ މީސްތަކުން ނިއުޒީލެންޑުގެ މިހަރަކާތް ހަޖަމް ކުރެއްވުމަށް ދަންނަވަން.
ޢަލްހަމްދުލިއްލާހި. ޥަރަށް ވަރަށް އުފާވެއްޖެ. ވީހާވެސް ގިނަ ބަޔަކަށް އިސްލާމް ދީނުގެ ހިދާޔަތް ދެއްވާށި.☺
ﷲ އެކަލާންގެ ދީން މަތިވެރި ކުރައްވާނެ. އެގައުމުގެ ރައްޔިތުންގެ ހިތްތަކުގައި އިސްލާމީ ނޫރު ލައްވާންދޭ!
ތިއިރުން ނިއުޒީލެންޑަކީ ޔޫރަޕްގެ އަފްގާނިސްތާނަށް ވެދާނެއެއްނު؟
ކޮންމެވެސް މީހަކު ތުއްތުއަށް ޔޫރަޕްގެ ޤައުމުތައް ދަސްކޮށްދީބަލަ..ޕްލީޒް.ނޭނގޭތީ ބުނެލަން.. އިސްލާމްދީނަކީ އަފްޣާނިސްތާނުން އައިސްފަވާ ދީނެއްނޫން..އެއީ ﷲގެ ހަޟްރަތުން ބާވައިލެއްވި ދީނެއް..
ހަމަ ރަގަޅަށް ރޮވިއްޖެ ...
ރޯ ގޯނި
ޔާ ﷲ ނިއުޒިލެންޑްގެ ރައްޔިތުންނަށް އިލާމްދީނުގެ ހިދާޔަތް ދެއްވާ އެންމެންގެ މަސައްކަތުގައި ބަރަކާތް ލައްވާށި އާމީން ހަމައެފަދައިން ރާޖޭގައި ތިބި ލާދީނީފިކުރުގެވެރިންނަށް ތެދުމަގު ދައްކަވާ ރައްޔިތުންގެ އިސްލާންކަން ގަދަކުރައްވާ ގައުމުގަތިބި އަދުއްވުން ޖާހިލުކަމުން ދުރުކުރަށްވާ އެމީހުންގެއުޅުން އިސްލާހުކުރައްވާ މީޑިޔާތަކުން ސިޔާސީ ހަރަކާތް ނައްތަވާ އިސްލާމްދީނަށް ނަޞްރު ލިބުމަށް މަސައްކަތް ކުރާވަސީލަތަކަށް ހައްދަވާންދޭވެ އާމީން
އެކަނާގެ ބޮޑުވަޒީރު ކަން މިހާރައްވުރެ ބޮޑުކޮށް ބާރުވެރިވެ އެކަމަނާދުނިޔެއަށް މުސްލިމުންނާ ދޭތެރެ ދައްކަމުން އެދާމިސާލުތަކަށް ބަރަކާޠްލެއްވުމަށް އެދި ﷲތައާލާގެ ހަޒުރަތައް ދުއާކޮށް ށުކުރުއަދާކުރުން މިވަގުތު ހުރިހާމުސްލިމުން ވެސްކުރަންޖެހޭކަމެއް
މާދަމާ އެހުރިހާ އަންހެނުން އެ ތުރުކުރާ ބުރުގާއަކީ ދެން ނުނަގާނެ ބުރުގާއެއްކަމުގައި ﷲ މިންވަރުކުރައްވާށިއެވެ. އާމީން
ލާދީނީ ކެރަފާ ނަޝީދުއާއި އޭނާގެ ބައިގަނޑު ވަރަށް ހިތްހަމަނުޖެހޭނެ މިކަމާ.