ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ބޭނުންކުރުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ފަށައިގެން މި އެޕްތައް ޑައުންވިިއިރު، ފޭސްބުކް އާއި މެސެންޖާގައި ފޮޓޯ ލޯޑް ނުވާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ފޭސްބުުކްގެ ބައެއް ޕޯސްޓްތައް ލޯޑް ނުވާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ.
We’re aware that some people are having trouble uploading or sending images, videos and other files on our apps. We're sorry for the trouble and are working to get things back to normal as quickly as possible. #facebookdown
— Meta (@Meta) July 3, 2019
ވަޓްސްއެޕް އިން މެސެޖްއާއި ފޮޓޯތައް ނުފޮނުވޭ މައްސަލަ ކުރިމަތިލާން ޖެހިފައިވާއިރު، އެ އެޕް އިންވެސް ފޮޓޯ ވީޑީއޯ އަދި ވޮއިސް މެސެޖްތައް ނުހުޅުވޭ ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އިންސްޓަގްރާމްގައި ވެސް ފޮޓޯ ލޯޑް ނުވާ މައްސަލަ ވަނީ ބޮޑުވެފައެވެ.
We’re aware that some people are having trouble uploading or sending images and videos on Instagram. We're sorry for the trouble and are working to get things back to normal as quickly as possible. #instagramdown
— Instagram (@instagram) July 3, 2019
މިކަމާއި ގުޅިގެން މި އެޕްތައް ބޭނުން ކުރަމުންދާ އެތައް ބަޔަކު ރުޅިގަދަވެ އެކަން މީސް މީޑިއާގެ ސަމާލުކަމަށް ދަނީ ގެންނަމުންނެވެ.
މިއީ ކިހިނެއް ވެގެން ދިމާވި މައްސަލައެއްކަން އަދި އެއްވެސް ފަރާތަކުން ކަށަވަރުކޮށް ނުދެއެވެ. އަދި ފޭސްބުކް އިން މިކަމާއި ގުޅޭގޮތުން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.
ފަހަކަށް އައިސް ފޭސްބުކާއި، އިންސްޓަގްރާމް އަދި ވަޓްސްއެޕް ޑައުން ވުމުގެ މައްސަލަތައް ވަނީ ވަރަށް އާއްމު ކަމަކަށް ވެފައެވެ. އާއްމުކޮށް މިމައްސަލަ ދިމާވަމުން ދާއިރު ވެސް މިކަމާއި ބެހޭގޮތުން ފޭސްބުކް އިން އެއްވެސް ވާހަކައެއް ނުދައްކައެވެ. މައްސަލަ ހައްލު ކުރަން ކުރަމުން ގެންދާ މަސައްކަތެއް ވެސް ފޭސްބުކް އިން ހާމައެއް ނުކުރެއެވެ. އިންސްޓަގްރާމާއި ވަޓްސްއެޕް އަކީ ފޭސްބުކް އިން ހިންގަމުން ގެންދާ އެޕްލިކޭޝަންތަކެކެވެ.
افسوس ساتھی مالدیپ?
ކޯޗެކޭ ތިޔަ ބުނީ
Sorry Maldives