އިންޑިއާގެ މުސްލިމް ސްޓޫޑެންޓްސް ފްރޮންޓް (އެމްއެސްއެފް) ގެ ދަރިވަރުންތަކެއް ޕާކިސްތާނު ދިދަ އާއި ވައްތަރު ދިދައެއް ސްކޫލް ކެމްޕަސް ތެރޭގައި ވިހުރުވި މައްސަލައެއް އެޤައުމުގެ ފުލުހުން ބަލަން ފަށައިފިއެވެ.

ކެރެލާގެ ޕެރަމްބްރާގައި ހުންނަ ސިލްވާ ކޮލެޖްގެ ކެމްޕަސް ތެރޭގައި 30 އެއްހައި މުސްލިމް ދަރިވަރުން، ޕާކިސްތާނު ދިދަ އާއި އެއްގޮތް ދިދައެއް ވިހުރުވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުންދާއިރު، މިއީ މައްސަލައެއްގެ ގޮތުގައި އިންޑިއާ ފުލުހުން އެކަން ބަލަމުން ދަނީ، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ނުތަނަވަސްވުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާއިގުޅިގެން އެ ހަރަކާތުގައި ބައިވެރިވި ކުދިންނާއި ދެކޮޅަށް މައްސަލަ ބަލަމުންދާކަން އިންޑިއާގެ ފުލުހުންވެސް ހާމަކޮށްފައިވާއިރު، އެކަމާއި ގުޅިގެން މައްސަލަ ބަލަން ޖެހޭ ސަބަބެއް ފުލުހުން ބަޔާންކޮށްފައެއް ނުވެއެވެ. މިހާރު ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ހަރަކާތެއްގެ ތެރެއިން ދަރިވަރުންތަކެއް އެއް ތަނެއްގައި ތިބެ ސުލްޙަވެރިކަމާއެކު ދިދަ ވިހުރުވާ މަންޒަރެވެ.

މި މައްސަލަ ފުލުހުން ބަލަން ފެށުމާއި ގުޅިގެން އެމްއެސްއެފް އިން ބުނެފައިވަނީ، ވީޑިއޯގައި ފެންނަނީ އެމްއެސްއެފްގެ ދިދަ ކަމަށެވެ. އަދި އެ ދިދަ އަކީ ޕާކިސްތާނުގެ ޤައުމީ ދިދަ އާއި ވައްތަރު ދިދައެއް ކަމުގައި އާއި، ފުލުހުންނަށް "އޮޅިފައި" ވާކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ހަރަކާތުގައި ބައިވެރިވި ކުދިންގެ މައުލޫމާތު ހޯދުމުގެ މަސައްކަތް އިންޑިއާގެ ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ކޯޅުން ބޮޑުވެފައިވަނީ ކަޝްމީރުގެ މައްސަލައިގައެވެ. ކަޝްމީރުގެ ހާލަތު ގޯސްވެފައި ވަނީ އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގަައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމުމުންނެވެ.

ކަޝްމީރުން މުސްލިމުންގެ އަޣުލަބިއްޔަތު ނައްތާލުމަކީ އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީގެ ކެމްޕޭން ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

 1. ދޮގުތެދުބެލުން ވާޖިބު

  2050 އަށްދާން ވާއިރަށް ދިވެހި ދިދައެއް ކީއްކުރަންތޯ ދިވެހި ދިދައާއި ވައްތަރު ދިދައެއް، ވިހުރުވިޔަސް އެމީހަކު ނުވަތަ އެކުއްޖަކު އިންޑިއާއިން ހޯދާ ހުކުމްޖަހާފަ ދޫކޮއްލާނީ. މިޕުލޭނު އެބައޮތް. އަގުދީފާ ރުވައިބިޟާއިންގެ ސައްލާކުރާގެ 100 މިލިއަނަށްވުރެ ބޮޑު އަދަދަކުން ގަނެލާފައިވަނީ މިބޭނުމުގަ އެފައިސާ ދޫކޮއްފައިވަނީ 1971 ވަނައަހަރު އެމީހުންގެ މަހަލްދީބް ޕުރަދޭޝްގައި ހުޅުވާފަހުންނަ ބޭންކަކުން ކަމަށްވަނީ،، މިހާރު މަހަލްދީބް ޕުރަދޭޝްގެ މަރުކަޒީ ބޭންކުން މިފައިސާ ދިއްލީ ސަރުކާރަށް ދައްކާފައިވަނީ، މިމައްސަލަ ރުވައިބިޟާއިންގެ ސައްލާކުރާގެއިން، އެއީ މިފައިސާޚަރަދުކުރީ އެގެ ގަތުމަށްކަމަށްވާތީ.

  3
  1
  • ސަބަބު

   މިމައްސަލަ ރުވައިބިޟާއިންގެ ސައްލާކުރާގެއިން، (ނުބަލާ އެހެން މައްސަލަތައް ބަލަނީ) އެއީ މިފައިސާޚަރަދުކުރީ އެގެ ގަތުމަށްކަމަށްވާތީ.