އީރާނުގެ ގުދުސް ފޯސްގެ ކޮމާންޑަރު، ޖެނެރަލް ޣާސީމް ސުލައިމާނީ އަވަހާރަކޮށްލި ހަމަލާގެ ބަދަލު އެމެރިކާގެ ކިބައިން ހިފާނެ ކަމަށް، ސުލައިމާނީގެ މަރަށްފަހު އެ މަގާމާ ހަވާލުވެވެޑައިގަތް އިސްމާއިލް ގާނީ ވައުދުވެވަޑައިގެންފިއެވެ.
އަލްޖަޒީރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިސްމާއިލ ގާނީ އެކަން އިއުލާން ކުރެއްވީ އެމަގާމް އޭނާއާ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
"އެމެރިކާއިން ސުލައިމާނީއަށް ހަމަލާ ދިނީ ރަހުމުކުޑަގޮތަކަށް. ﷲގެ ރަހުމަތްފުޅާއި އިރާދަފުޅުން، ސުލައިމާނީގެ މަރުގެ ބަދަލު ހިފަން ބޭނުންވާ އެންމެހާ ފަރާތްތަކުގެ އެއްބާރުލުމާއެކު ސުލައިމާނީގެ ދުޝްމިނުންގެ ކިބައިން ފިރިހެންވަންތަ ވަރުގަދަ ބަދަލެއް ހިފާނަން،" ގާނީ ވިދާޅުވިއެވެ.
މިމަހުގެ ތިން ވަނަ ދުވަހު އެމެރިކާއިން އިރާގުގެ ބަޣްދާދަށް ދިން ޑްރޯން ހަމަލާއެއްގައި ސުލައިމާނީ އަވަހާރަވުމާ ގުޅިގެން އެމެރިކާއާއި އީރާނާ ދެމެދ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ. ނަމަވެސް ޖެނުއަރީ 8 ވަނަ ދުވަހު އީރާނުން އިރާގުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާތަކަށްފަހު މަޑު މަޑުން އެ ސަރަަހައްދުގެ މަސްރަހު އޮތީ ފިނިވާން ފަށާފައެވެ. އަދި އެއަށްފަހު އީރާނުގެ ރޫހާނީ ލީޑަރު، އަލީ ހުސައިން ޚަމީނީ ވަނީ މެދު އިރުމަތީގެ ގައުމުތަކުން އެމެރިކާ ސިފައިން ބޭލުމަށް ގޮވާލައި އިންޒާރުވެސް ދީފައެވެ.
ގުދުސް ފޯސް އަކީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ)ގެ އެއް ބައެވެ. ގުދުސް ފޯސް އަކީ އެގައުމުގެ ލީޑަރު ޚަމީނީގެ ސީދާ ބެލުމުގެ ދަށުން އަދި އެމަނިކުފާނުގެ ސީދާ އަމުރުތަކަށް މަސައްކަތް ކުރާ އަސްކަރިއްޔާ އެކެވެ. ސުލައިމާނީގެ ދައުރުގައި އޭނާ ވަނީ ގުދުސް ފޯސް މެދުވެރިކޮށް މެދު އިރުމަތީ ގައުމުތަކުގައި އީރާނުގެ ބާރު ގަދަކޮށްފައެވެ.
މެދު އިރުމަތީ ގައުމުތަކުގެ ތެރެއިން ސީރިއާއާއި އިރާގުގައި ތިބި އައިއެސް ޖަމާއަތުގެ ނިރުބަވެރިން އެ ސަރަހައްދުން ނައްތާލުމަށް ހަތިޔާރު އެޅި އެކި ޖަމާއަތްތަކަށް ތަމްރީނުކޮށް ހެދީވެސް ގުދުސް ފޯސްގެ މޭސްތިރިކަމުގެ ދަށުންނެވެ.
ސާބަސް ތިފަދަ ބަހެއް ބުނެލާނެ ހިތްވަރު ހުރިމީހެއް ވެސް މަދުވާނެ އަށްސަރިބަހާ ސާބަސް އަވަސް ހަމަލާތަކެއްދީ އެމެރިކާ ކަކޫ މައްޗައް ތިރިއަރުވާލާ
ހުސް ހޮޅި ވާހަކަ. އަބަދު ކަރާ ފެޅުން
ކަރާފެޅުމޭ މާތް ކަލާކޯ.. ނުފެނޭތަ އީރާނުނުގެ މިސައިލް ހަމަލާ އެމަރިކާ ގެ 2 ބޭ ހައް އަރުވާލިގޮތް..އެވެސް އެންމެ އާދައިގެ މިސައިލް ތަކުން.. ހަމަލާ ދޭނަމޭކިޔާފަ ދީފަ އެ އޮތީ.. ކޮބާ ޓްރަމްޕު ބުނި ހަމަލާ؟ 52 ތަން؟ ކާކު ކަރާ ފަޅަނީ؟ ކިޔާ ދީބަލަ؟؟؟؟؟؟؟؟؟؟
އެމެރިކާއާ ދެކޮޅަށްމިފަދަ ބަސްތަކެއްބުނަން މިޒަމާނުގައި ކެރޭބަޔަކުދައްކަބަލަ ކަރާފެޅޭނީވެސް ފެޅޭވަރުގެ މީހުންނަށް އެފަދަބަސްތައް އެއީ ނިއުކުލިޔަ ބޮންފަދަ ބަސްތަކަކަށްވާނެ ޓްރަންޕަށް
ކަލޭދާންވީނު ރަށުގޮނޑުދަށުން ބޮލިހިލަން
އެމެރިކާއާ ދެކޮޅަށްމިފަދަ ބަސްތަކެއްބުނަން މިޒަމާނުގައި ކެރޭބަޔަކުދައްކަބަލަ ކަރާފެޅޭނީވެސް ފެޅޭވަރުގެ މީހުންނަށް އެފަދަބަސްތައް އެއީ ނިއުކުލިޔަ ބޮންފަދަ ބަސްތަކަކަށްވާނެ ޓްރަންޕަށް
ކަލޭދާންވީނު ރަށުގޮނޑުދަށުން ބޮލިހިލަން ލޮލް
މުސްލިމުންގެ ބަހެއްނޫން ތިބުނަނީ.. އެކަކުވެސް މަރަށް ބުނާކަށްނުވާނެ...
މުސްލިމުންގެ ދީނުގައި އޮތީ މަރަންޖެހޭ މީހުން މެރުމަށާއި ކުށެއްނެތް ނަފްސަކަށް އަނިޔާ އެއްނުދިނުމަށްކަމަށް އަހަރެންނަށް އެނގިފައޮތީ....
ވިސްނާ! އެއީ ހޮޅިވާހަކައެއް ނޫން! ކިތަންމެ ބާރުގަދަޔަސް ކިތަންމެ ހަތިޔާރެއް ހުރެފައި ކިތަންމެ ޖެހިލުން ކުޑަޔަސް ހަމަހުރެފައި ހަމަލާތަކެއް ފޮނުވައި ނުލާނެ! ދުނިޔޭގައި މިހާާރު އޮތް އެންމެ ބާރުގަދަ ޤައުމަކީ އެމެރިކާއެވެ އެކަމަކު އެމެރިކާ ދުވަހަކުވެސް އެކަނި ގޮސް ޤައުމަކަށް ހަމަލާ ދީފައެއް ނެތެވެ. މިހާރުވެސް މެދުއިރުމަތީގެ 13 ޤައުމެއްގައި އެމެރިކާގެ މިލިޓަރީ ބޭސްތައް އެބަ ހުއްޓެވެ. އީރާނުން އެކަނި ހަނގުރާމަ ފަށައިފިއްޔާ އެ 13 ދިމާލުން ހަމަލާ އައުމުގެ އިތުރުން އިޒްރާއީލު، ސައުދިއެރޭބިޔާ، އިނގިރޭސީން، އޮސްޓްރޭލިޔާ އަދިވެސް އެތައްޤައުމެއްގެ ހަމަލާ އީރާނަށް އަމާޒު ވުމަކީ ދުރުކަމެއް ނޫނެވެ. އެމެރިކާ ގޮސް ޞައްދާމް ޙުސޭނާ ދިމާ ކޮށްލީ 33 ޤައުމު ގޮވައިގެން ގޮހެވެ. އިރާޤަކީ އީރާނަށްވުރެ 3 ގުނަ ކުޑަ ޤައުމެކެވެ. ﷲ އިރާދަ ކުރެއްވިއްޔާ އީރާނު އެވަނީ ހަނގުރާމަ ފަށައިފައެވެ. އެ ހަނގުރާމައިގެ ފުރަތަމަ މަރުހަލާ އަކަށް ވާނީ އެމެރިކާގެ ބާރުތައް ބޭލުމާ، ކައިރީގައިވާ ޤައުމުތަކުގެ އެއްބާރުލުން ހޯދުމެވެ. ﷲ އިރާދަކުރެއްބިއްޔާ އެމެރިކާ ބަލިވާނީ ފާރިސީންގެ އަތުންކަން އެގެން އެބައޮތެވެ. ވަﷲ އަޢްލަމް!
އެހެން ވީއިރު ކީއްކުރަން ދޭ ބޭކާރު އިންޒާރު ތަކެއް
އީރާނު މީހުން ފަޅަން ދައްނާނީ ކަރާ.
އެއީ ހަމައެކެނި ގަދަބަސް ބުނެފަ އިންޒާރު ދޭން ދައްނަބައެއް.