މާލީގެ ރައީސް އިބްރާހިމް ބޯބަކާ ކެއިތާގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމުގައި އިސްކޮށް ތިބި ސިފައިން މިއަދު މީޑިއާ އާއި ބައްދަލުކޮށް އެމީހުން މާލީގެ ވެރިކަން ކޮންޓްރޯލް ކޮށްގެން ތިބެން ބޭނުން ނޫންކަމަށް ބުނެފިއެވެ.
ބަޣާވާތް ކުރި ސިފައިންގެ ތަރުޖަމާނެއްގެ ގޮތުގައި ކާނަލް މޭޖާ އިސްމާއިލް ވަގައޫ މިއަދު މީޑިއާ އާއި ބައްދަލުކޮށް ބުނީ ސިފައިން ބޭނުން ވަނީ "އެކަށީގެންވާ މުއްދަތެއްގައި" އިންތިޚާބެއް ބާއްވާ، އިންތިޚާބު ކުރެވޭ ސަރުކާރަކާއި ވެރިކަމުގެ ބާރުތައް ހަވާލު ކުރަން ކަމަށެވެ.
މާލީގެ ރައީސް އިބްރާހިމް އިއްޔެ މަގާމުން އިސްތިއުފާ ދިނީ ސިފައިން ސަރުކާރާއި ދެކޮޅަށް ނިކުމެ އޭނާ ހައްޔަރު ކުރުމުންނެވެ. ސިފައިންގެ ބަންދުގައި ހުރެ އިބްރާހިމް އިއްޔެ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދީފައި ވާއިރު މާލީގެ ޤާނޫނު ހަދާ މަޖިލިސް ވެސް މިހާރު ވަނީ އުވާލާފައެވެ.
މާލީގައި ބަޣާވާތް ކުރި ސިފައިން މިހާރު ވަނީ "ގައުމީ ކޮމެޓީގެ" ނަމުގައި ކޮމެޓީއެއް އުފައްދާ، ސަރުކާރުގެ ކަންކަން ކޮމެޓީގެ ބެލުމުގެ ދަށުން ހިންގަން ފަށާފައެވެ.
ސިފައިންގެ ތަރުޖަމާން ކާނަލް މޭޖާ އިސްމާއިލް ވަގައޫ މިއަދު ވިދާޅުވީ ސިފައިން އެންމެ އިސްކަން ދޭނީ މާލީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއްވެސް ކަމެއް ކުރަން ފަސް ނުޖެހޭނެ ކަމަށް ތަރުޖަމާން ވިދާޅުވިއެވެ.
މާލީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު މިހާރު މާލީގެ ބޯޑަރު ވަނީ ބަންދު ކޮށްފައެވެ. ނަމަވެސް ގައުމުގެ ހާލަތު ރަނގަޅު ކަމަށާއި އެއްވެސް ހަމަނުޖެހުމެއް ހިނގަމުން ނުދާކަމަށް ސިފައިން ބުނެއެވެ.
މާލީގަ މިތިބީ ގައުމު ދެކެ ހާދަލޯބިވާ ސިފައިން ތަކެކޭ ދޯ.
ބަގާވާތް ކުރަނީ ގައު މުދެކެ ލޯބިވާވަރުން. ހަހަހަހިހިހި........
މިގައުމުގަ ތިބި ސިފައިންނަކީވެ ސް ގައުމު ދެކެ އެހާ ލޯބިވާ ބައެއް. ސެލިއުޓް ކުރަން.
އޭނަ އަމިއްލައަށް އިސްތިއުފާދިނީ ލޭއޮހޮރުވަން ބޭނުންނޫނޭ ކިޔާފަ. މިކަން ބައާވާތަކަށްވަނީ ކިހިނެއްތަ.
ތީ ވަރައްބޮޑު ތެދެއް. އެ މީހުން ބަގާވާތެއް ނުކުރޭ. އިސްތިއުފާ ދިނީ.