ބަންގްލަދޭޝްގެ ވެރިކަން ކުރާ ސިޓީ ޑާކާގައި ހުރި މިސްކިތެއްގެ ކައިރީގައި ގޭސް ޕައިޕްލައިންގެ މަސައްކަތް ކުރަމުން ދިޔަ ތަނަކުން، ގޭސް ޕައިޕްލައިންއެއް ގޮވާ މިސްކިތުގައި ނަމާދުކުރަން ތިބި 16 މީހަކު ނިޔާވެ، އެތައް ބަޔަކަށް އަނިޔާވެއްޖެއެވެ.
ބައެއް ހަބަރުތައް ބުނާގޮތުގައި، މި ހާދިސާގައި ނަމާދު ކުރަން ތިބި މީހުންގެ ތެރެއިން ނިޔާވެފައި ވަނީ 16 މީހުންނެވެ. މިކަން ހިނގާފައިވަނީ އިއްޔެގެ މަޣްރިބް ނަމާދު ވަގުތުގައި ކަމަށް އެ ގައުމުގެ އޮފިޝަލުން މިއަދު ބުނެފައިވެއެވެ.
އެ ގައުމުގެ ފުލުހުންގެ ޗީފް ޒަޔަދުލް އަލާމް ވިދާޅުުވެފައި ވަނީ މިކަން ހިގާފައިވަނީ ނަރަޔަންގަޖުގެ މިސްކިތެއްކަމަށްވާ ބައިތަސް ސަލާތު ޖާމް މިސްކިތުގައި ހުކުރު ދުވަހުގެ މަޣްރިބް ނަމާދު ކުރަން މީހުން ތިއްބާ ކަމަށެވެ.
މި ޕައިޕްލައިން ގޮވުމުގެ ސަބަބުން ފިހިގެން 16 މީހަކު ނިޔާވިއިރު، އޭގެ ތެރޭގައި ހަތް އަހަރުގެ ކުޑަ ފިރިހެން ކުއްޖަކުވެސް ހިމެނޭ ކަމަށް އަލްޖަޒީރާއިން ބުނެފައި ވެއެވެ.
އަދި ފިހިގެން ފަރުވާދޭ 37 މީހެއްގެ ތެރެއިން ބައެއް މީހުންގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެކަމުގެ ސަބަބުން މި ހާދިސާގައި މަރުވާ މީހުންގެ އަދަދު މިއަށްވުރެ އިތުރު ވެދާނެކަމަށް ވެސް ލަފާކުރެވޭކަމަށް އޮފިޝަލުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
އެ ގައުމުގެ ބައެއް ޓީވީ ސްޓޭޝަނުން ބުނެފައިވާ ގޮތުގައި ޕައިޕްލައިން ގޮވުމުގެ ސަބަބުން މިސްކިތުގައި ހުރި 6 އޭސީއެއް ވެސް ގޮވާފައިވެއެވެ.
އަލިފާން ނިއްވުމުގެ ހަރަކާތްތެރިވާ މީހުން ދަނީ މި ހާދިސާ ތަހުގީގު ކުރަމުންނެވެ.
ބަގްލަދޭޝްގައި ކޮންމެ އަހަރަކުވެސް 168 މިލިއަން މީހުންނަށް އަލިފާނުގެ ހާދިސާއިން އަސަރުކުރެއެވެ. ބަގްލަދޭޝްގެ ޑާކާގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު މުސްކުޅި އިމާރާތެއްގައި ރޯވެ 78 މީހުން ވަނީ މަރުވެފައެވެ.
160މިލިއަން އެއީ ބަނގުލަދޭސްގެ އާބާދީ، އެހެންވީމަ އަލިފާނުގެ އަސަރު ހުރިހާ މީހުންނަށް ކުރަނީ ދޯ
އިންޑިޔާގެ ފައް ޅިގަ ރޯވި ދުވަހު ހާދަ އުފަލެއް ދިވެހިން ކުރިޔޭ
ނުސްލިޔާމިހުން ވަރަށް މޮޅު...
ބަންގާލުން ވީމަ އެކަކު ވެސް އަޅަނުލާ.ފަލަސްތީނު ކަސްމީ ރު ނަމަ ފޯ ރި ފަށެއް ހުއްނަާނެ
މިސްކިތް ތަކަކީ ހިމާޔަށް ކުރެވިފައިވާ ތަންތަން. ތިކަން ހިނގުމުގެ އަޑީގަިއި ޝައިތާނާގެ ރޯލެއް ވާނެ
އަސްލުވެސް ދޯ