އެމެރިކާއަށް އީރާނާއި ދެކޮޅަށް ހަނގުރާމައެއް ނުކުރެވޭނެ ކަމަށާއި، އެޤައުމާއެކު ސުލްޙައިގެ އެއްބަސްވުމަކަށް ވެސް ނާދެވޭނެ ކަމަށް އީރާންގެ ލީޑަރު، ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
ރޫހާނީ މިގޮތަށް ވިދާޅުވީ، އެމެރިކާ އާއި އީރާނުގެ ގުޅުން ގޯސްވެ ދެޤައުމުގެ ކޯޅުން ބޮޑުވުމާއެކު ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ދަނޑިވަޅެއްގައި އެކަމަށް އިޝާރާތްކުރައްވައި ދެއްކެވި ވާހަކަފުޅެއްގައެވެ.
ރޫހާނީ ވދާޅުވީ، ކުރިޔަށް އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބަށްފަހު ޓްރަމްޕްގެ ވެރިކަން ނިމުމަކަށް އައިސް، ދެން ވެރިކަމާއި ޙަވާލުވާ ސަރުކާރަކަށް ވެސް އީރާނާއި ދެކޮޅަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށެވެ. އަދި "އެމެރިކާއިން ޖެހޭނީ އަމާން ދޭން" ކަމަށް ވެސް ރޫހާނީ ވަނީ ވިދާޅުވެފައެވެ.
ދުވަސްވީ ދެ ހަތުރުންގެ ގޮތުގައި އޮތް އީރާނާއި އެމެރިކާގެ ގުޅުން ރަނގަޅު ކުރުމަށް އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ވަނީ އީރާނަށް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. މިގޮތުން އޭނާ ބޭނުންވާ ގޮތަކަށް ކަންތައް ކުރުމުން ނޫނީ ސުލްޙަވާން ބޭނުން ނުވާކަމަށް ބުނެ، އީރާނުގެ މައްޗަށް އެމެރިކާގެ ބާރު ފޯރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައި ވެއެވެ.
ޓްރަމްޕްގެ ހުށަހެޅުމުގައި ބުނެފައިވަނީ، އީރާނާއި ސުލްހަވާން ބޭނުންވަނީ އެޤައުމުން ހިންގަމުންދާ ނިއުކްލިއާ ޕްރޮގްރާމުތައް ހުއްޓާލައި މިސައިލް އުފެއްދުންވެސް މަޑުޖައްސާލުމަށް އެއްބަސްވުމުން ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް އޭނާ އެދެނީ މެދުއިރުމަތީގެ ހަމަޖެހުން ޤާއިމްކުރުމަށް ކަމަށް ވެސް ޓްރަމްޕް ބުނެއެވެ.
ޓްރަމްޕް މިގޮތަށް ހުށަހަޅާފައި ވަނީ، އީރާނަކީ އެމެރިކާއިން އެންމެ ޖެހިލުންވާ ޤައުމަށް ވެފައި، އެމެރިކާއިން މެދުއިރުމަތީގައި ކުރިޔަށް ގެންދަން ބޭނުންވާ ހަރަކާތްތަކަށް އީރާން ހުރަހަކަށް ވާތީ ކަމަށް ބައެއް އިސް ސިޔާސީ އޮފިޝަލުން ވިދާޅުވެއެވެ. އެމެރިކާ އަކީ އިސްރާއިލްގެ ބާރު މެދުއިރުމަތީގައި ގަދަ ކުރުމަށްވެސް އެންމެ ބޮޑަށް އެހީތެރިވާ ޤައުމެވެ.
އީރާނުން ޓްރަމްޕްގެ ހުށަހެޅުން ޤަބޫލުނުކުރާކަން ހާމަކުރުމުން މިދިޔަ އަންގާރަ ދުވަހު ޓްރަމްޕް ވަނީ އީރާނާއި ދެކޮޅަށް އެޅެން ހުރި ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އަދި މީގެ ކުރިން އީރާނާއި މެދު އަޅާފައިވާ ފިޔަވަޅުތައްވެސް އަލުން އިޔާދަކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.
މި މައްސަލަ އާއި ގުޅިގެން ފްރާންސްގެ ރައީސް، އެމަނުއެލް މެކްރޯން އދ. ގެ ޖެނެރަލް އެސެމްބްރީގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، މިހާތަނަށް އެމެރިކާއިން އީރާނަށް ޕްރެޝަރުކުރުމުގެ ނިޔަތުގައި އެޅި އެއްވެސް ފިޔަވަޅަކުން، އެމެރިކާއިން އެދޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި އީރާނަށް ދަތި ކުރމަށް އެމެރިކާއިން ކުރަމުން އަންނަ މަސައްކަތް ނާކާމިޔާބު ވެފައިވާ ކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.
ގަދަ
ޝީއީ ރާފިޟީންނަކީ ގަދަބަސްބުނާ ދެއުޅިއެއްނުވާ ބައެކެވެ.
މިބައި މީހުންނަކީ އިސްލާމުންކަމުގައިހެދިގެން އުޅޭ قرأن އާއި ނަބިޔާ محمد صلى الله عليه وسلمގެ ރަސޫލުކަން ޤަބޫލުނުކުރާ ބައެކެވެ.
ޥަހާބީންނަށް ހީވާ ކަހަލަ ހުރިހާ ޟިޢިން ނަކީ މުސްލިމުންނެއް ނޫނޭ.. އެވެސް މުސްލިމުން.. .. އިޒްރެއިލް އިން ބޭނުން ވާ ގޮތަށް މުސްލިމް ވެރިން ވައްޓަން ދުވަނީ މި ނުރަކާތެރި ފިކުރުގެ މީހުން
ތީ ބިރުވެރި އީރާނޭ ކޮޔާ...އީރާނާ ކުޅިނުކުޅެވޭނެ.
ދުނިޔޭގައި އޮތް އެންމެ ބޮޑު އެޔަރ ފޯސް އެމަރިކާ އަތުގައި
އޮތޭ ކިޔާފައި ކޮންކަމެއްކުރާނީ؟ އީރާނައް ބޮންއަޅަން އީރާނުގެ މަތިން ޖެޓުތައް ސަލާމަތުން އަނބުރާ ދެވިދާނެބާ؟؟ އެމަރިކާގެ ނޭވީ ފަނާކޮށް ލުމުގެ ބާރު އީރާނުގެ މިސައިލްތަކުގައިވޭ...
އީރާންގެ ޖެނަރަލް ސަލާމީ އެމަރިކާގެ ޕައިލެޓުންނަށް ބުނެފައިއޮވޭ..ހަދާންކުރާށޭ އީރާނައް ހަމަލާދޭން ކަލޭމެން
ޖެޓުތަކުން އައިސްފިކަމުގައިވާނަމަ..މަންމަ ބައްޕަ އަދި އަންހެނުންނާއި ދަރިން ކައިރިއަށް އަނބުރާ ނުދެވޭނެ...
އެބަހީ ކަލޭމެން ދުނިޔެއިން ފެންނާނެ އެންމެ ފަހު ފަހަރު..އީރާންގެ ބިން ކަލޭމެންގެ ކައްވަޅަކަށްވާނީ