ފިތުރު އީދު ފާހަގަ ކުރަން މުސްލިމުންނަށް ދައުވަތު ދީގެން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ބާއްވަން ރާވާފައިވާ ކެއުމެއް މުސްލިމުން ބޮއިކޮޓް ކޮށްފިއެވެ. މުސްލިމުން މިކެއުން ބޮއިކޮޓް ކޮށްފައި ވަނީ އިސްރާއީލުން މިހާރު ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ހުއްޓުވަން އެމެރިކާ އިން މަސައްކަތްނުކޮށް އަދި އިސްރާއީލްގެ އަނިޔާވެރިކަމަށް ތަކުރާރުކޮށް ހިތްވަރު ދެމުން ގެންދާތީއެވެ.
ވައިޓްހައުސްގައި ބާއްވަން ތާވަލް ކޮށްފައިވާ ރޭގަނޑުގެ ކެއުން އޮންނާނީ މިރޭގެ ވަގުތެއްގައެވެ. ފިތުރު އީދު ފާހަގަ ކުރަން ބާއްވާ މިކެއުން މިހާތަނަށް ބޮއިކޮޓް ކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެމެރިކާގައި ހަރަކާތްތެރިވާ "އެމެރިކަން މުސްލިމްސް ފޯ ފަލަސްތީން" ގްރޫޕާއި "އެމެރިކަން އިސްލާމިކް ރިލޭޝަންސް" ކައުންސިލް ހިމެނެއެވެ.
އެމެރިކަން މުސްލިމްސް ފޯ ފަލަސްތީނުން ނެރުނު ބަޔާނެއްގައި ބުނީ ވައިޓް ހައުސް އިން ދައުވަތު ދީފައިވާ ކެއުން ބޮއިކޮޓް ކުރަން ނިންމީ އީދުގައި ފަލަސްތީން ރައްޔިތުންނާއިއެކުގައި ތިބުމަށްޓަކައެވެ.
އިސްރާއީލުން ފަލަސްތީންގެ އެކި ސަރަހައްދުތަކަށް ހުއްޓުމެއްނެތި ހަމަލާތައް ދެމުން ދާއިރުވެސް އެމެރިކާގެ ރައީސް ޖޯ ބައިޑެން ދަނީ އިސްރާއީލަށް ހިތްވަރުދީ، އިސްރާއީލްގެ އަމަލުތައް ދިފާއު ކުރަމުންކަން އޭނާގެ ވާހަކަތަކުންނާއި އެމެރިކާ ސަރުކާރުން ހާމަކުރަމުންދާ ރަސްމީ ބަޔާންތަކުން އެނގޭ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
އެމެރިކާގެ ވެރިކަމުގައި ޑޮނަލްޑް ޓްރަމްޕް ހުރިއިރު އިސްރާއީލާއިއެކު ވަރަށް ގާތް ގުޅުމެއް ބޭއްވުމުން ބައެއް މީހުންނަށް ހީކުރެވިފައި އޮތީ ބައިޑެންގެ ވެރިކަމެއްގައި އެސިޔާސަތު ބަދަލުވާނެ ކަމަށެވެ. ނަމަވެސް އެމެރިކާ އިން އިސްރާއީލާއިއެކު ބާއްވަމުން އަންނަ ގުޅުމަކީ އެއްވެސް ސަރުކާރެއްގައި ބަދަލެއް އަންނަ ގުޅުމެއް ނޫނެވެ. އަބަދުވެސް އިސްރާއީލްގެ އަނިޔާވެރިކަމަށް އެންމެ ބޮޑަށް ހިތްވަރުދެމުން އަންނަނީ އެމެރިކާ އިންނެވެ.
އެމެރިކކާ ބޮއިކޮތް ކޮށްފަ އެހެންގައުމަކަށް ދޭބަލަ
ބަލަ އެމެރިކާ އަކީ އެމީހުންގެ ވެސް ގައުމު. ނުޖެހޭ ދާކަށް. ބޮއިކޮޓްވެސް ކުރާނެ. ކުރެވުނު ގޮތަކުން ތިބިތާކު ތިބެގެންވެސް ޖިހާދު ކުރުން އޮތީ ހަމަ
އެމެރިކާ ނޫޅޭ ނުކެވިގެނެއް
ކޮއްމެ ސަރު ކާރެއް އޮތަސް އިޒްރޭލާ ދެތެރޭ އެމެރި ކާ ގެން ގުޅެ ސިޔާސަތު ބަދަލެއް ނުވާނެތާ އިޒްރޭލު ކުރާ ހުރިހާ ނޭއްގާނީ އަމަލަ ކީ އެމެރި ކާ އަޑީގެ އޮވެގެން އިޒްރޭލު ލައްވާ ކުރުވާ ކަންތައްތައް ވިއްޔާ. އެހެން ނޫނަސް އެމެރި ކާ އިންއެ ކުލަވާ ލާފާ އޮއްނަ އެގައުމުގެ މާސްޓާ ޕްލޭނުގަ އޮއްނާނެ އިޒްރޭލު ދިފާއު ކުރަން ޖެހޭ ވާހަ ކަ.އެ ޕްލޭނަ ކީ ކޮއްމެ ވެރިޔަ ކު ހުއްޓަސް އެމީހަ ކު ބޭނުން ވިޔަސް ނުވިޔަސް އެޔަށް އަމަލު ކުރުން މަޖުބޫރު ޕްލޭނެއް.އެހެން ވީމަ ބައިޑެން ކީއް ކުރަން ކޮއްމެމީހަ ކު ހުއްޓަސް އިޒްރޭލު ދިފާއު ކުރުން
ޢެމީހަކަށް މަޖުބޫރުު ވާނެ
މި ބައިޑެން މުސްލިމުންނަށް މާހެޔޮ އެދިގެން ވޯޓުކޮޅު ލިބުނީމާ މިހާރު ސައިޒު އޮޅިއްޖެ.ހިތިގޮތަކަށް މިމީހުން ޢަޒާބު ދައްކަވާށި.ނަތަންޔާހު އޭނާ ގެ ޢައުވާނުންނަށް ހިތި ގަދަފަދަ ޢަޒާބެއް ފޮނުއްވާށި ދުނިޔޭގެ ޢިބުރަތެއް ކަމުގައި ދައްކަވާށި .
ޢެމެރިކާގެ އުފެއްދުންތަށް ބޮއިކޮޓް ކުރަންޖެހޭ