ރަޝިޔާގައި ކޮވިޑުން ދިފާއުވުމަށް ތައްޔާރު ކޮށްފައިވާ ސްޕަޓްނިކް ވީ ވެކްސިނުން އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވިފައިވާ ޑެލްޓާ ވޭރިއެންޓުން ރައްކާތެރި ކޮށްދޭ މިންވަރު އެހެން ވެކްސިންތަކާއި އަޅާ ބަލާއިރު ބޮޑު ކަމަށް ރަޝިޔަން ޑައިރެކްޓް އިންވެސްޓްމެންޓް ފަންޑް (އާރްޑީއައިއެފް) އިން ބުނެފިއެވެ.
"ސްޕަޓްނިކް ވީ ވެކްްސިނަކީ އިންޑިއާއިން އެންމެ ފުރަތަމަ ދެނެގަނެވުނު ކޮވިޑް ވޭރިއެންޓުން މިހާތަނަށް އެންމެ ބޮޑަށް ރައްކާތެރި ކޮށްދޭ ވެކްސިން. ގަމަލެޔާ ސެންޓަރުން ކޮށްފައިވާ ދިރާސާއިން ދައްކާގޮތުން މިހާތަނަށް ބޭނުންކުރަމުން އަންނަ ހުރިހާ ވައްތަރެއްގެ ވެކްސިނަކަށް ވުރެ ބޮޑަށް ސްޕަޓްނިކް ވީ ވެކްސިނުން އިންޑިއާ ވޭރިއެންޓާއި ދެކޮޅަށް މަސައްކަތްކުރާ މިންވަރު އިތުރު" ރަޝިޔާގެ ވެކްސިން ކުންފުނީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްްވީޓެއްގައި ބުނެފައިވެއެވެ. އަދި މި ވެކްސިނުގެ ސަބަބުން ޑެލްޓާ ވޭރިއެންޓުން ރައްކާތެރި ކޮށްދޭ މިންވަރު އިތުރުކަމަށް ބުނެފައިވަނީ ޑިޖިޓަލް މެޑިކަލް ރިކޯޑުގައި ހުރި ވެކްސިން ރިކޯޑުތަކުގެ މައުލޫމާތައް ބަލައިގެން ކަމަށް ބުނެފައިވެއެވެ.
BREAKING | RDIF: “#SputnikV is more efficient against the Delta variant of coronavirus, first detected in India than any other vaccine that published results on this strain so far - the Gamaleya Center study submitted for publication in an international peer-reviewed journal.” pic.twitter.com/XrwnGNhiNE
— Sputnik V (@sputnikvaccine) June 15, 2021
ޑެލްޓާ ވޭރިއެންޓް، ދުނިޔޭގެ ސިއްހަތު ޖަމުއްޔާއިން ފާހަގަ ކޮށްފައިވަނީ ނުރައްކާތެރި އަދި ހަލުވިކަމާއި އެކު ފެތުރޭ ވޭރިއެންޓެއްގެ ގޮތުގައެވެ. ޑެލްޓާ ވޭރިއެންޓް މިހާތަނަށް 85 ގައުމަކުން ފެނިފައިވާއިރު، މިއަށް ވުރެ ނުރައްކާތެރި ޑެލްޓާ ޕްލަސް ވޭރިއެންޓް އިންޑިއާއިން ވަނީ ދެނެގަނެވިފައެވެ.
ދިރާސާތަކުން ދައްކާގޮތުން ސްޕަޓްނިކް ވީ ވެކްސިނުން 92 އިންސައްތަ ކޮވިޑުން ރައްކާތެރި ކޮށްދެެެއެވެ.
ކޮވިޑުން ދިފާއުވުމަށް ގައުމުތަކުގައި ފިޔަވަޅުތައް އަޅައި، ވެކްސިން ދެމުން އަންނަ މިންވަރު އިތުރު ކޮށްފައިވާއިރު، މިހާތަނަށް ވެކްސިން ޖެހި މީހުންގެ އަދަދު 3 ބިލިއަނަށް އަރައިފިއެވެ. ދުނިޔޭގެ ނިސްބަތުން ބަލާނަމަ ވެކްސިން ފުރިހަމަ ކޮށްފައިވަނީ 10.7 އިންސައްތަ މީހުންނެވެ.
ދެންބުނޭ ކޮވިޝީލްޑް ޖެހިމީހުންވެސް މި ވެކްސިންޖަހަން ޖެހޭނެޔޭ. 1 ހަފްތާ ތެރޭގެ 2 ޑޯޒް ޖަހަންޖެހެއޭ. ނުލިބިއްޖެއްޔާ ބުނޭ 1އަހަރުން އަދި ނުޖެހިޔަސް އޯކޭވާނޭ.