00:27

ހަމަލާގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލައިފި. އައިއެސް އިން ހަމަލާގެ ޒިންމާ އުފުލާފައި ވަނީ ޓެލެގްރާމް ގްރޫޕެއްގައި.

00:22

އެމެރިކާގެ ޖެނެރަލް ކެނެތު: ހަމަލާގައި ޠާލިބާނުންގެ ބައިވެރިވުމެއް އޮވެދާނެ ކަމަކަށް ގަބޫލެއް ނުކުރަން.

00:16

އެމެރިކާގެ ޖެނެރަލް ކެނެތު: އަދިވެސް އައިއެސް ޖަމާއަތުން އިތުރު ހަމަލާތަކެއް ދިނުމުގެ ނުރައްކާ އެބައޮތް. އަފްޣާނިސްތާންގައި ތިބި އެމެރިކާ ރައްޔިތުން އަމިއްލައަށް އެއާޕޯޓަށް ނުދިއުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން.

00:13

އެމެރިކާގެ ޖެނެރަލް ކެނެތު: އަދިވެސް އެމެރިކާގެ ހާހެއްހާ މީހުން އަފްޣާނިސްތާންގައި އެބަތިބި. އޮގަސްޓް މަހުގެ 14 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އެމެރިކާ އިން ވަނީ 104000 މީހުން އަފްޣާނިސްތާނުން ބޭރަށް ގެންގޮސްދީފައި. އޭގެތެރޭގައި ހިމެނެނީ އެމެރިކާގެ 66000 މީހުންނާއި އެހެން ގައުމުތަކުގެ 37000 މީހުން.

00:08

އެމެރިކާގެ މޭޖަރ ޖެނެރަލް ވިލިއަމް ޓޭލާ: ދެވަނަ ބޮން ގޮއްވާލުމަށްފަހު ޓެރަރިސްޓުން ވަނީ ސިފައިންނާއި އާއްމުންގެ ގަޔަށް ބަޑި ވެސް ޖަހާފައި. މިހަމަލާ ދީފައި ވަނީ އައިއެސް ޖަމާއަތުން.

00:05

ކާބުލް އެއާޕޯޓްގައި ދިން ހަމަލާގައި އެމެރިކާގެ 12 ސިފައިން މަރުވެ އިތުރު 15 ސިފައިން ޒަހަމްވެފައިވާކަން ޕެންޓަގަން އިން ކަށަވަރު ކޮށްދީފި.

00:01

ކާބުލް އެއާޕޯޓްގައި ދިން ބޮމުގެ ދެހަމަލާގައި މަރުވި މީހުންގެ އަދަދު 60 އަށް އަރާކަމަށް އަފްޣާނިސްތާންގެ ހެލްތު މިނިސްޓްރީން ބުނެފި.

23:44

އދ.ގެ ސަލާމަތީ މަޖިލީހުގައި ތިބި ވީޓޯގެ ބާރު ލިބިފައިވާ ގައުމުތަކުން އަފްޣާނިސްތާންގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭއްވުމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރެސް ގޮވާލައްވައިފި. އދ.ގެ ސަލާމަތީ މަޖިލީހުގައި ވީޓޯ ކުރުމުގެ ބާރު ލިބިފައި ވަނީ އެމެރިކާ، ޗައިނާ، ރަޝިއާ، އިނގިރޭސިވިލާތް އަދި ފްރާންސަށް.

23:40

ކާބުލް އެއާޕޯޓްގައި ދިން ހަމަލާގައި އެމެރިކާގެ 12 ސިފައިން މަރުވެފައިވާ ކަމަށް އޭޕީ ނޫސްއެޖެންސީ އިން ބުނެފި. އޭޕީ އިން ބުނާ ގޮތުގައި ބޮމުގެ ހަމަލާގައި އެމެރިކާގެ 12 ސިފައިން މަރުވިކަން އެމެރިކާގެ ދެއޮފިޝަލަކު ވަނީ އެޖެންސީ އަށް ކަށަވަރު ކޮށްދީފައި. އޭގެތެރޭގައި ހިމެނެނީ 11 މެރިންސް އާއި ނޭވީ މެޑިކްގެ ސިފައިނެއް ކަމަށް އޭޕީ އިން ބުނޭ.

23:36

އަފްޣާނިސްތާންގެ ހާލަތު ހައުސްގެ ރައީސް ނެންސީ އަށާއި ސެނެޓްގެ މެޖޯރިޓީ ލީޑަރު ޗުކް ޝޫމާއަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ލޯޑް އޮސްޓިން ދެންމެ ދެއްވައިފި. ދެބޭފުޅުންނަށް އަފްޣާނިސްތާންގެ ހާލަތު އޮޅުންފިލުވައިދެއްވީ ޑިފެންސް ސެކްރެޓަރީ އެބޭފުޅުންނަށް ފޯނުން ގުޅުއްވައިގެން ކަމަށް އެމެރިކާގެ މީޑިއާތަކުން ބުނޭ.

23:34

އަފްޣާނިސްތާން އަންހެނަކަށް އެއްމާބަނޑު ހަތަރު ކުދިން ލިބިއްޖެ.

23:30

ކާބުލްގެ އެއާޕޯޓްގައި ބޮމުގެ ހަމަލާތަކެއް ދިން ނަމަވެސް އަފްޣާނިސްތާންގައި ތިބި އިނގިރޭސިވިލާތުގެ ރައްޔިތުން އަފްޣާނިސްތާނުން ބޭލުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ހުއްޓައި ނުލާ ކުރިއަށް ގެންދާނެ ކަމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެ.

23:28

ކާބުލްގެ އެއާޕޯޓް ކައިރީގައި ދެބޮމެއް ގޮއްވާލައިގެން ދިން ހަމަލާގައި މަދުވެގެން އެމެރިކާގެ ދިހަ ސިފައިން މަރުވެފައިވާ ކަމަށް ރޮއިޓާސް އިން ބުނެފި.

23:03

ބޮމުގެ ދެހަމަލާގައި އަފްޣާނިސްތާންގެ 60 އަށްވުރެ ގިނަ އާއްމު ރައްޔިތުން މަރުވެ 150 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ވޯލް ސްޓްރީޓް ޖާނަލް އިން ބުނެފި.

22:39

ބޮމުގެ ހަމަލާގައި ޒަހަމްވި މީހުން އިތުރު ފަރުވާއަށް ޖަރުމަންވިލާތައް ގެންދިއުމަށް ޖަރުމަންވިލާތުގެ ފްލައިޓެއް ކާބުލްގެ އެއާޕޯޓްގައި ތައްޔާރީ ހާލަތުގައި އެބައޮތް. މިއީ ހޮސްޕިޓަލަކުން ލިބޭނެ ހިދުމަތްތައް ދެވޭ ގޮތައް އޮންނަ ފްލައިޓެއް.

22:37

ކާބުލްގެ އެއާޕޯޓްގައި ދިން ބޮމުގެ ހަމަލާގައި އެމެރިކާ ސިފައިންގެ ހަތަރު މީހަކު މަރުވިކަން މިހާރު ވަނީ ކަށަވަރުވެފައި. މަރުވި އެމެރިކާ ސިފައިންގެ އަދަދު އިތުރުވުން އެކަށީގެންވާ ކަމަށް ޕެންޓަގަންގެ އޮފިޝަލުން މައުލޫމާތުދޭ.

21:51

ބޮމުގެ ހަމަލާތަކުގައި މަދުވެގެން 13 މީހުން މަރުވެފައިވާ ކަމަށް ޠާލިބާނުންނާއި ހަވާލާދީ އަލްޖަޒީރާ އިން ބުނެފި.

21:38

11/9 ހަމަލާގެ ފަހަތުގައި ހުރީ އުސާމާ ބިންލާދިން ކަމުގެ ހެއްކެއް ނެތް - ޠާލިބާން

21:15

އަފްޣާނިސްތާންގެ ހާލަތާއި ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ކުރިއަށް އޮތް ގަޑިއެއްހާއިރު ތެރޭގައި އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅޭ އިސްވެރިންނާއި މަޝްވަރާ ކުރައްވާނެ ކަމަށް ވައިޓްހައުސް އިން ބުނެފި.

21:12

އެއާޕޯޓް ކައިރީގައި ދެބޮމެއް ގޮއްވާލުމުން ޒަހަމްވި މީހުންގެ އަދަދު 52 އަށް އަރާކަމަށް ޠާލިބާނުން ބުނެފި. ނަމަވެސް ހަމަލާގައި މަރުވި މީހުންގެ އަދަދު އަދި ޠާލިބާނުން ވެސް ހާމައެއް ނުކުރޭ.

20:27

ކާބުލް އެއާޕޯޓްގެ ބޭރުގެ ދެވަނަ ގޮވުމެއް ގޮވާފައިވާކަން ޕެންޓަގަން އިން ކަށަވަރުކޮށްދީފި. އެކަން ހާމަކޮށްފައި ވަނީ ތަރުޖަމާން މީސް މީޑިއާގައި އާއްމު ކުރި ޕޯސްޓެއްގައި

"އަޅުގަނޑުމެން ކަށަވަރުކޮށްދެން އިތުރު ގޮވުމެއް ގޮވާފައިވާކަން ބާރަން ހޮޓެލް ކައިރިން، އެއީ އަބޭ ގޭޓް އާ ވަރަށް ކައިރި. އަޅުގަނޑުމެން އަޕްޑޭޓެއް ދޭނަން". ޖޯން ކިރްބީ ޓްވިޓާގައި ލިޔެފައި ވެއެވެ.

19:54

ހަމަލާ ދިން ސަރަހައްދުގައި އާއްމުން
ހަމަލާގައި ޒަހަމްވި ބައެއް މީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްތަކަށް ގެންދިއުމަށް އެމްބިއުލާންސް ތައްޔާރުވެފައި
ހަމަލާގައި ޒަހަމްވި މީހަކު ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލާންސަށް އަރުވަނީ

19:52

ހަމަލާގައި ޒަހަމްވި މީހުން ބަރޯގައި ގެންދަނީ
ހަމަލާގައި ޒަހަމްވި މީހުން ބަރޯގައި ގެންދަނީ
ހަމަލާގައި ޒަހަމްވި މީހުން ބަރޯގައި ގެންދަނީ

19:51

ހަމަލާ އަމާޒުވި ސަރަހައްދު

19:48

އެމެރިކާގެ ޕެންޓަގަން އިން ބުނީ، ހަމަލާތަކުގައި މަރުވި އަދި ޒަހަމްވި އަދަދު ބުނަން ނޭނގޭ ކަމަށް.

19:48

ހަމަލާގައި އެމެރިކާގެ ސިފައިމް މަރުވެފައިވާ ކަމަށް ސްކައި ނިއުސް އިން ބުނެފި. ނަމަވެސް އަދި މުޅިން ކަށަވަރު ނުވާ ކަމަށްވެސް ސްކައި ނިއުސް އިން ބުނޭ.

19:47

އެމެރިކާގެ ރައީސް ބައިޑެން އިންނެވީ ކުއްލި ބައްދަލުވުމެއްގައި.

19:46

އެމެރިކާގެ ސިފައިން ކަރުނަ ގޭސް ބޭނުން ކުރަމުންދާކަމަށް މަންޒަރު ދުށް ބައެއް މީހުން ބުނަމުންދޭ

19:46

އިތުރު ހަމަލާއެއް ދީފައިވާ ކަމަށް އިނގިރޭސިވިލާތުން ބުނެފި

19:39

އަފްޣާނިސްތާންގެ ވެރިވަރަށް ކާބުލްގެ އެއާޕޯޓް ބޭރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ގިނަބަޔަކު މަރުވެއްޖެ

19:35

ބޮމުގެ ހަމަލާގައި ތާލިބާނުންގެ ސިފައިންގެ ގިނަބަޔަކު ޒަހަމްވެއްޖެ

19:34

ތުރުކީ: އަފްޣާނިސްތާން އެއާޕޯޓް ބޭރުގައި ބޮމުގެ ދެ ހަމަލާއެއް ވަނީ ދީފައި

19:31

އިނގިރޭސިވިލާތް: ފުރަތަމަ އިސްކަން ދެނީ އިނގިރޭސިވިލާތާއި އަފްޣާނިސްތާންގެ ރައްޔިތުންގެ ރައްކާތެރިކަމަށް. ހަމަލާއަށް ފަހު އަޅާނެ ފިޔަވަޅުތަކާއި މެދު އެމެރިކާ އާއި ނަޓޯގެ ގައުމުތަކާއި މި ދަނީ މަޝްވަރާ ކުރަމުން.

19:30

ސްކައި ނިއުސް: ހަމަލާގައި އެމެރިކާގެ ބައެއް ސިފައިންނަށް ވަނީ އަނިޔާވެފައި. ހަމަލާގައި ބަޔަކު މަރުވިކަން އަދި ސާފެއް ނުވޭ

19:29

ބޮމުގެ ހަމަލާގެ މައުލޫމާތު މިހާރު ވަނީ އެމެރިކާގެ ރައީސަށް އަރުވާފައި.

19:26

ހަމަލާދީފައި ވަނީ ޖާނުންފިދާވެގެން ކަމަށް އެމެރިކާއިން ބުނެފި. މި ހަމަލާގައި މީހުންނަށް ލިބުނު އެއްވެސް މައުލޫމާތެއް އަދި ނުލިބޭ

19:23

އެއާޕޯޓް ސަރަހައްދުގައި ބަޑީގެ ހަމަލާތައްވެސް ދަނީ ބަދަލު ކުރަމުން.

19:22

ބޮން ގޮއްވާލި އިރު އެއާޕޯޓް އޮތީ ފުރަން ތިބި މީހުންނާއެކު ތޮށްޖެހިފައި. ހަމަލާދިންއިރު އެއާޕޯޓްގެ ބޭރާއި އެތެރޭގައި ތިބި މީހުންގެ އަދަދު 10،000 އަށް އަރާ.

19:21

ހަމަލާދީފައި ވަނީ އެއާޕޯޓްގެ ބޭރުގައި މީހުން ޖަމާވެފައި އޮތް ސަރަހައްދަކަށް ކަމަށް އަފްޣާނިސްތާންގެ މީޑީއާތަކުން ބުނޭ

ތާލިބާނުންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެއާޕޯޓަށް ބޮމުގެ ހަމަލާއެއް ދީފިއެވެ.

މި ހަމަލާ ދީފައި ވަނީ އެމެރިކާގެ ސިފައިންނާއި، އިނގިރޭސިވިލާތުގެ ސިފައިންގެ އިތުރުން ތާލިބާނުންގެ ސިފައިން އެއާޕޯޓްގެ ސެކިއުރިޓީ ބަލަހައްޓަމުން ދަނިކޮށެވެ.

މި ހަމަލާދިނީ ކޮން ބައެއްކަން އަދި ނޭނގުނަސް އައިއެސް އިން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަމުން ދާކަން ފާހަގަކޮށްލަން ޖެހެއެެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. 😶

    ކީކޭ ދޯ ބުނާނީ
    ﷲ އާ ވަކީލް

  2. އަޖައިބެއްނު

    އަހަރުމެން ދަންނަބަޔެކޭ ތި އެމަރިކާ އަކީ. ތާލިބާނުން ބޮލުގައި އަޅުވަން ވެގެން އަމިއްލައަށް ވެސް ތި ހަމަލާ ދީފާނެ...އެއިރުން އަފްޣާނިސްތާން ރައްޔިތުން މެދުގައި ބިރުވެރިކަން އުފެދި ގައުމު ދޫކޮށް ކިޔަވައިގެން ތިބޭ މީހުން ފުރާނެތާ...

    9
    7
    • 🤦‍♂️

      ތޯލިބާން ބޮލުގަތަ އެޅުވީ
      އެމީހުނެއް ނޫނެއްނު

      1
      1
  3. އައުޓް

    ޢެމެރިކާ އަފްއާނުން ފައިބަންވީއޭ އެމެރިކާ،އައުޓް އެމެރިކާ،އައުޓް އިންޑިއާ އައުޓް އެމެރިކާ އައުޓް އިންޑިއާ،އައުޓް އެމެރިކާ އައުޓް އިންޑިއާއައުޓް

    12
    5
  4. ރައްކާވޭ

    ތިޔާއީ ސީދާ އެމެރިކާ އަޑީގައި އޮވެގެން އިންޑިއާގެ ގޭންގްސް ތައް ލައްވާ ކުރުވާ ކަމެކޭ އެމެރިކާ ރައްކާ ވާންވީއޭ އަފްއާނިސްތާނުން އެމެރިކާ ރައްކާވޭ ރައްކާވޭ ރައްކާވޭ ރައްކާވޭ..