އަފްޣާނިސްތާންގެ ވެރިވަރަށް ކާބުލްގެ އެއާޕޯޓް ބޭރުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާގައި ގިނަބަޔަކު މަރުވެއްޖެއެވެ.

މިހާރު އަފްޣާނިސްތާން ކޮންޓްރޯލް ކުރަމުންދާ ތާލިބާނުން ބުނީ، ހަމަލާގައި މަދުވެގެން 13 މީހަކު މަރުވެފައިވާ ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ތާލިބާނުން ބުނެފައި ވެއެވެ.

މި ހަމަލާއާ މާބޮޑު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. އެމެރިކާއިން ބުނީ، އެއާޕޯޓް ބޭރުގައި ދިނީ އެއް ހަމަލާ ކަމަށެވެ. ނަމަވެސް ތުރުކީން ބުނީ އެއާޕޯޓް ބޭރުގައި ދެ ބޮން ގޮއްވާލާފައިވާ ކަމަށެވެ.

އެއާޕޯޓް ބޭރުގައި ބަޑީގެ ހަމަލާތައް ބަދަލު ކުރަމުންދާ ކަމަށްވެސް އަފްޣާނިސްތާންގެ މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

މި ހަމަލާގައި އެމެެރިކާ އާއި ތާލިބާނުންގެ ސިފައިން ވަނީ ޒަހަމްވެފައެވެ.

ހަމަލާ ދިން ކަމަށް ބެލެވެނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ގްރޫޕް އައިއެސްއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަހޭ

    ކޮންކުށެއް އޮވެގެންބާ
    ހާލުގަ ޖެހިފަ ތިބި ބަޔަކު ގައިމު އެ ތިބީ

    2
    1
  2. ޖުލައި

    އެމެރިކާ އަމިއްލައަށް ވެސް ތި ހަމަލާ ދީފާނެ..
    11 9 ޓުވިންޓަވަރ މަތިން ހަނދާންވޭތަ އެވަރުގެ
    ކަމެއް އަމިއްލައަށް މަގުސަދެއް ހާސިލު ކުރަން ކެރެންޏާ ތި ބޮމުގެ ހަމަލާ ދީގެން އެމަރިކާ ސިފައިން ޒަހަމް ވިޔަސް އެމީހުންނަށް ކީ؟؟

    5
    3
  3. ދިރާސާ

    ތާލިބާން.. ޢައިއެސް، އަލްގައިދާ. މިއީ އެމެރިކާ އާއި އިނގިރޭސިވިލާތް، ޖަރުމަނު ވިލާތް އަޑީގައި އޮވެ މުސްލިމުންގެ ތެރެއިން ބަޔަކު މަގުފުރައްދައިގެން ދުނިޔޭގައި ވުޖޫދުކުރި ގުރޫޕުތައް. މިގުރޫޕުތަކަށް އެންމެ ފުރަމަތަ ރެކްރޫޓުވި މީހުން މިހާރު ދުނިޔޭގައި ނެތް. އެހެންކަމުން މި ޖަމާއަތް ތަކަށް ފަހުން ރެކްރޫޓް ވާ އެއްވެސް މީހަކަށް ނޭނގޭ ގުރޫޕުގެ ހިސްޓްރީއެއް.. މިއިން ކޮންމެ ގުރޫޕެއްގެ އިސްސަފުގައިތިބޭނީ އެމެރިކާގެ ގުރެޖުއޭޓްސް، ނޫންނަމަ އެމެރިކާގެ ކޮންމެވެސް ޖަލެއްގެ ގައިދީއެއްގެ ގޮތުގައި ތިބެފައި ވާ މީހުން. ބޭނުމަކީ މުސްލިމުންނާ ކީ ޓެރަރިސްޓުންކަމަށް މުޅި ދުނިޔެއަށް ދެއްކުން. ޢަލުން އުފަންވާ ކުދިންނަށް އެގޮތަށް ވިސްނުވައިދިނުން..

  4. ވިސްނާ މީހާ

    އަމިއްލަޔައް ވިސްނާލީމާ އިގޭނެ 110 ބުރީގެ އިމާރާތެއް ކުދިކުދިވެ ފައިބައިގެންނެއް ނުދާނެ އެހެ އައިސް މަތހިދާބޯޓެއް ޖެހިގެނެ . އޭރުގަ ރާއްޖޭގަ އުސްއިމާރާތެއް ނެތީމަ ދިވެހިންނައް ނޭގިދާނެ އެކަމަކު މިހާރު ގޮސް އެހެރި 25 ބުރީގެ އިމާރާތްތަކުގެ ތަބުތައް ބަލާ ބަލަ ހުރި ވަރުގަދަ އަދި ފަލަމިން އަދި މިޔީ 25 ބުރީ ގެ ވާހަކަ އެއި 110 ބުރި ދެން ވިސްނާލަބަލަ އެ އިމާރާތުގެ ތަބު ތަކާއި ޝީޓު ތައް ވަރުގަދަ ވާނެވަރު. އެއި ހަމަ އެމެރިކާމީހުން ރާވައިގެން އިސްލާމުން ބައިބައި ކޮއްލުމައްޓަކާ ރޭވި ވަރުގަދަ ރޭވުންގަޑެއް.