ސައުދީ އަރަބިއްޔާގެ މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތް މަސްޖިދުލް ނަބަވީގައި މުޒާހަރާ ކުރި ބަޔަކު ހައްޔަރުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި މަސްޖިދުލް ނަބަވީގައި މުޒާހަރާ ކުރީ ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އެ މިސްކިތަށް ޒިޔާރަތް ކުރެއްވި ގަޑިއާ ދިމާކޮށެވެ. މުޒާހަރާ ކުރީ ޕާކިސްތާން ބައެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބޮޑުވަޒީރާ ދެކޮޅަށް ކުރި މުޒާހަރާގައި ބައިވެރިި މީހުން ސައުދީން ހައްޔަރު ކުރީ މިސްކިތުގެ ހުރުމަތް ކަނޑާލާއި އަޑުގަދަ ކުރުމާ ގުޅިގެންނެވެ.

ޕާކިސްތާންގެ މީޑިއާތަކުން ބުނީ މިސްކިތުގައި އަޑުގަދަކޮށް ބޮޑުވަޒީރާ ދެކޮޅަށް އަޑު އުފުލީ ޕާކިސްތާންގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާންގެ ޕާޓީ އަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް މަސްޖިދުލް ނަބަވީ އަށް ކުރެއްވި ޒިޔާރަތާއި ގުޅިގެން ބަޔަކު މުޒާހަރާ ކުރި ނަމަވެސް އޭނާ ވަނީ މިސްކިތައް ވަޑައިގެން މިސްކިތުގައި މިއަދު ހުކުރު ނަމާދު ވެސް ކުރައްވާފައެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒްގެ އަރިހުގައި ޕާކިސްތާންގެ ބައެއް ވަޒީރުން ވެސް މިއަދު މަސްޖިދުން ނަބަވީއަށް ވަޑައިގެންނެވިއެވެ.

ޕާކިސްތާންގެ ބޮޑުވަޒީރު ޝެހެބާޒް މިހާރު ސައުދީ އަރަބިއްޔާ އަށް ވަޑައިގެން އުޅުއްވަނީ ސައުދީ އަރަބިއްޔާގެ ސަރުކާރުން ދެއްވި ދައުވަތަކަށެވެ. ތިން ދުވަހުގެ ރަސްމީ ދަތުރުފުޅަކީ މިމަހު ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި ޝެހެބާޒް ޕާކިސްތާންގެ ބޮޑުވަޒީރުގެ ހައިސިއްޔަތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލިބެޔާ

    ތި ވަނީ ޕީޕީއެމް ކުދިން ކޮޅަކަށް ޔާމީނު ބުނެގެން މުޒާހަރާ ކުރަން ދިޔަ ބަޔަކަށް.

    2
    8
  2. މޭވާ

    ސުބުހާބަﷲ ގެފުޅުގެ ހުރުމަތް ކެޑޭ ގޮތަށް މީހުން ބަދުނާމު ވާގޮތަށް ކޮމެންޓު ކުރުމަކީ ތިމާގެ ގަދަރާ ޝަރަފު އުފުލޭނެ ކަމެއް ނޫން

    2
    3
    • ާއަލިބެއްޔާ

      އަހަރެން މިހެން މިބުނީ މީހެއްގެ އަގުވައްޓާލާކަށެއް ނޫން
      ޔާމީނުގެ ވެރިކަމުގަ މާލޭގަ މުޒާހަރާ ކުރީމަ ޔާމީނު އެކަން މަނާކޮށް ގޮވާލީ މުޒާހަރާ ކުރަންޔާ ހައްޖަށް ދާށޯ

  3. ބީރުބޮލު ވަޒީރު.

    މިހާރު މިއެނގުނީ ޢިމްރާންހާން ވައްޓާލީ ސައުދީގެ ރޭވުމަކުންކަން. ފަންޑުކުރީވެސް ސައުދީން.