ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބެތްލެހެމް ޕްރޮވިންސަށް އިސްރާއިލު ސިފައިން އަރާ 15 އަހަރުގެ ކުޑަކުއްޖަކު ޝަހީދުކޮށްލައިފިއެވެ.
އެގޮތުން އެ ސަރަހައްދުގައި އިސްރާއިލު ސިފައިން ހިންގި އޮޕަރޭޝަނުގައި ފަލަސްތީނުގެ 11 މީހުން އިސްރާއީލްގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ޝަހީދު ކޮށްލާފައި ވަނީ ބެތްލެހެމް ޕްރޮވިންސުގެ ދެއިޝޭހް ރެފިއުޖީ ކޭމްޕުގައި ދިރިއުޅެމުން ދިޔަ ފަނަރަ އަހަރުގެ އަރްކާން ތައެރް މިޒްހަރު ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އަދި އެކުއްޖާގެ ޖަނާޒާ މިއަދުގެ ވަގުތެއްގައި ބާއްވާނެކަމުގެ މިނިސްޓްރީ އިން މައުލޫމާތު ދެއްވިއެވެ.
ފަލަސްތީނުގެ ސިކިއުރިޓީ އޮފިޝަލަކު ވަފާ ނިއުސް އެޖެންސީ އަށް މައުލޫމާތު ދިން ގޮތުގައި އިސްރާއީލުގެ ބާރުތަކުންވަނީ ރެފިއުޖީ ކޭމްޕައް ގަދަކަމުން ވަދެގަނެފައެވެ. އަދި ކޭމްޕުގެ އެކި ސަރަހައްދުތަކަށް ބަޑި ޖަހައި ކަރުނަ ގޭހާއި ސްޓަން ގްރެނޭޑްތައް އުކާފައި ވާކަމަށް އޭނާ މައުލޫމާތު ދިނެވެ.
އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި ހައްޔަރު ކޮށްފައިވަނީ އިސްރާއިލުން "ޓެރެރިސްޓުން" ކަމަށް ދެކޭ ދެ މީހުން ކަމަށެވެ. ނަމަވެސް ޝަހީދު ކޮށްލެވުނު ކުޑަކުއްޖާއާ ބެހޭގޮތުން އިސްރާއިލު ސިފައިން ބަހެއް ބުނެފައެއް ނުވެއެވެ.
ފަލަސްތީނާ ދެކޮޅަށް ލާއިންސާނީ އަމަލުތައް އިސްރާއިލުން އިސްވެ އޮވެގެން ހިންގަމުން ދާއިރު އެކަމާ ދެކޮޅައް ދުނިޔޭގޭ އެއްވެސް ތަރައްގީވެފައިވާ ގައުމަކުން އަދި ޖަމިއްޔާއަކުން ވެސް އެކަށޭނަ ފިޔަވަޅެއް އަޅާފައި ނުވާކަމީ ހިތާމަކޮށްލަން ޖެހޭ ކަމެކެވެ. އެގޮތުން އަލިފްދާލު އަދި އީޔޫ ފަދަ ޖަމިއްޔާތަކުން އިސްރާއިލުގެ މި އަމަލުތައް ކުށްވެރި ކުރިނަމަވެސް އެ ޖަމިއްޔާތަކުން ވަނީ އިސްރާއިލާ ދެކޮޅައް ފިޔަވަޅު އެޅުމަށް ނުކުޅެދިފައެވެ. އަދި ދާދި ފަހުން އެމެރިކާއިން ވަނީ އިސްރާއިލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަނެ އެމެރިކާގެ އެމްބަސީ ގުދުސް ގައި ހުޅުވާފައެވެ.
ކޮބާ އީޔޫ؟
ތަނެއް ފަސާދަކުރަން އެތަނެއްގަ އުޅޭ ބައިގަނޑަކަށް ވެއްޖެއްޔާ ތި އީޔޫ ނިކަން ގާތްވާނެ!
އީޔޫ ގައުމުތަކަށް ވުރެން ސުލްހަ ވެރި އަރަބި ގައުމުތަކެއް ދައްކަބަލަ